ޕީއެސްޖީން ޖަޕާނުގެ ކީޕަރު ސުޒުކީ ގަންނަނީ

Aug 11, 2026, 5:21 PM
ޖަޕާންގެ ގޯލްކީޕަރު ޒިއޯން ސުޒޫކީ.

ޖަޕާންގެ ގޯލްކީޕަރު ޒިއޯން ސުޒޫކީ.

ޕެރިސް (އޮގަސްޓް 11) - އިޓާލިއަން ލީގުގެ ޕާމާ އަށް ކުޅެމުން އަންނަ ޖަޕާން ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު، ޒިއޯން ސުޒުކީ، ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އަށް ސޮއިކުރުމާ ގާތުގައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 23 އަަހަރުގެ ސުޒުކީ އަކީ މި ވަގުތު ޔޫރަޕްގެ ފުޓްބޯޅައިގަައި ޑިމާންޑް ބޮޑު ގޯލްކީޕަރެކެވެ. މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި ޕާމާ އަށް 20 މެޗު ކުޅެދިން، ސުޒުކީ ކޮޅަށް ވަނީ 28 ގޯލެވެ. އަދި، މިދިޔަ ސީޒަނުގައި ލީގުގައި އޭނާ ވަނީ ފަސް ކްލީން ޝީޓް ފުރިހަމަކޮށްފަ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ޖޫން/ޖުލައިގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސުޒުކީ ވަނީ ޖަޕާނުން ކުޅުނު ހަތަރު މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ބްރެޒިލް އަތުން ގަދަ 32 ޓީމުގެ ބުރުގައި ކެޓި ޖަޕާން ކޮޅަށް ވޯލްޑް ކަޕްގައި ފަސް ގޯލު ވަނެވެ. 

ސުޒުކީގެ ސޮއި ހޯދަން ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީން ޖުމްލަ އެކު 45 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ، އެންމެ ފުރަތަމަ 35 މިލިއަން ޑޮލަރު ދީފައި، ބާކީ ފަހުން ބަހާލައިގެން، ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ ދޭ ގޮތަށެވެ. 

ޕީއެސްޖީން ސުޒުކީ ގަންނަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ، އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ގޯލްކީޕަރު، ލޫކަސް ޝެވަަލިއޭ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، އިޓާލިއަން ލީގުގެ ޔުވެންޓަސް އަށް ބަދަލުވުމަށާ މަސައްކަތް ކުރަމުން އަންނާތީ އެެވެ. އެ ގޮތުން، ޔުވެންޓަސް އިން ޝެވަލިއޭ ގެންދަނީ، ލޯން ޑީލެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލިލް އިން މިދިޔަަ އަހަރު ޝެވަލިއޭ ގަންނަން ޕީއެސްޖީން، 60 މިލިއަން ޑޮލަރު ހަރަދުކުރި އެވެ. އެކަމަކު، އޭނާ އަށް ޕީއެސްޖީ ފުރަތަމަ އެގާރައިން ޖާގަ ގެއްލުނީ، ރަޝިއާގެ ކީޕަރު، މަޓްވެއި ސަފޯނޯވްގެ ފޯމު ރަނގަޅުވުމުންނެވެ. 

އެކަމަކު، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ، ސުޒުކީ ގެންނަން ބާރު އަޅަމުން އަންނަ ސަބަބަކީ، ފާސިންއާ ކަންކަމަށް ބަލާއިރު، ކޮލިޓީ ރަނގަޅުވުމުންނެވެ. 

ޕާމާ އިން މީގެ ދެ އަހަރު ކުރިން، ސުޒުކީ ގަތީ ފަސް މިލިއަން ޑޮލަަރަށް ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ، ބެލްޖިއަމް ޕްރޯ ލީގުގައި، ސިން ޓްރޫޑެންގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭގެ ކުރިން، ސުޒުކީ ވަނީ ޖޭ ލީގުގެ ގަދަބާރު، އުރާވާ ރެޑް ޑައިމަންޑްސް އަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox