މެސީ، ޕީއެސްޖީގައި ހޭދަކުރީ އުފާވެރި ދެ އަހަރެއް ނޫން

Aug 11, 2026, 8:54 AM
ޕީއެސްޖީގެ މެޗެއްގެ ތެރެއިން މެސީ.

ޕީއެސްޖީގެ މެޗެއްގެ ތެރެއިން މެސީ.

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 11) - ކެރިއަރުގެ ބޮޑުބައި ހޭދަކުރި ބާސެލޯނާ ދޫކޮށްލުމަށް ފަހު، ޕީއެސްޖީ އަށް ކުޅުނު ދެ އަހަރަކީ އުފާވެރިކޮށް ދިޔަ ދުވަސްތަކެއް ނޫން ކަމަށް އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ. 

އުމުރުން 39 އަހަރުގެ މެސީ ވަނީ، 2021 އިން 2023 އަށް ޕީއެސްޖީ އަށް ކުޅެފަ އެވެ. އެ މުއްދަތުގައި އޭނާއާ އެއް ޓީމަށް ޕީއެސްޖީގައި ކުޅުނު ކުޅުންތެރިންނަށް ބަލާއިރު، ބްރެޒިލްގެ ނޭމާ، ފްރާންސްގެ ކީލިއަން އެމްބާޕޭ އަދި ސްޕެއިނުގެ ސާޖިއޯ ރާމޯސް ހިމެނެ އެވެ. 

ދެ ސީޒަން ޕީއެސްޖީ އަށް ކުޅުމަށް ފަހު، 2023 ވަނަ އަހަރުގެ ޖޫން މަހު، މެސީ ވަނީ އެމެރިކާ ލީގު، މޭޖަ ލީގު ސޮކާގެ އިންޓަ މިއާމީ އަށް ބަދަލުވެފަ އެވެ. ބާސެލޯނާގައި 22 އަހަރު ހޭދަކުރި މެސީ، އިންޓަ މިއާމީ އަށް ބަދަލުވުމަށް ފަަހު، ކެރިއަރުގެ ކުރީކޮޅާއި އެންމެ ރަނގަޅު އަހަރުތަކާ ބެހޭގޮތުން ވަނީ އެކި ފަހަރު މަތިން ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، ޕީއެސްޖީގައި ހޭދަކުރި ދެ ސީޒަނުގެ ވާހަކަތައް ހިއްސާކުރާ ކޮންމެ ފަހަރަކު، ނުތަނަވަސްކަން ފެނެ އެވެ. 

"ބާސެލޯނާ ދޫކޮށްލަން ޖެހުނީ ވެސް ދެރަކޮށް، ދެން، އަހަރެން ޕެރިހުގައި ދެ އަހަރު ހޭދަކުރީ. އަހަރެން އެހާ ބޮޑަށް ގަޔާވި ނޫނީ އުފާކުރި ކަމެއް ވެސް ނޫން އެއީ. ދުވަހުން ދުވަހަށް ބަަލާނަމަ އަހަރެން ހުރީ އުފަލަކުންނެއް ވެސް ނޫން. މެޗުތައް ވެސް، ޓްރެއިނިން ވެސް ވީ ވަރަށް އުނދަގޫ ކަމަކަށް އަހަރެން އެ މާހައުލަށް ހޭނެން،" މެސީ ބުންޏެވެ. 

މަޝްހޫރު ތަރި، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީގެ ކެޕްޓަންކަން މިހާރު ކުރަމުން އަންނަ މެސީ، ޕީއެސްޖީގައި ހޭދަކުރި ދެ އަހަރު ވަނީ، 75 މެޗުން 32 ލަނޑު ޖަހައި، 35 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި، ފްރެންޗް ލީގުގެ ޗެމްޕިއަންކަން ދެ ސީޒަނުގައި ވެސް ހޯދި މެސީ ވަނީ ފްރެންޗް ސުޕަ ކަޕް ތަށި ވެސް އުފުލާލައިފަ އެވެ.

އާޖެންޓީނާއާ އެކު، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ވެސް ކުޅުނު މެސީ މި ވަގުތު ކުޅުމާ ދުރުގައި ހުރީ، އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެެވެ. ދާދި ފަހުން މެސީގެ ބައްޕަ، ޖޯޖް މެސީ ވަނީ އުމުރުން 68 އަހަރުގައި މަރުވެފަ އެވެ. އެއީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox