ފެރާން، ޕީއެސްޖީ އަށް ވިއްކާލަން ބާސެލޯނާ އިން އެއްބަސްވެއްޖެ

Aug 14, 2026, 2:13 PM
ސްޕެއިނުގެ ހުނަރުވެރި ފޯވާޑް ފެރާން ޓޮރޭސް.

ސްޕެއިނުގެ ހުނަރުވެރި ފޯވާޑް ފެރާން ޓޮރޭސް.

ޕެރިސް (އޮގަސްޓް 14) - ސްޕެއިނުގެ ހުނަރުވެރި ފޯވާޑް، ފެރާން ޓޮރޭސް، ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ އަށް ވިއްކާލުމަށް ބާސެލޯނާ އިން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނަށް ހޯދައިދިން ގޯލު ޖަހައިދިން ފޯވާޑް، ފެރާން، ބާސެލޯނާގައި މަޑުކުރުވުމަށްޓަކައި، އާ ކޮންޓްރެކްޓެއް ދޭން އެ ކްލަބުން މަސައްކަތް ފެށި އެވެ. އެކަމަކު، އެކަން ކާމިޔާބުނުވީ، ފެރާން، ކެރިއަރުގައި އާ ޗެލެންޖެއް ނަގަން ބޭނުންވުމުންނެވެ. 

އުމުރުން 26 އަހަރުގެ ފެރާން މި ވަގުތު ބާސެލޯނާއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ޕީއެސްޖީން ފެރާން ގަންނަން ބާސެލޯނާ އަށް ޖުމްލަ އެކު، 55 މިލިއަން ޑޮލަރު ދައްކާނެ އެވެ. 

ސިޓީން ބާސެލޯނާ އަށް ފެރާން ވިއްކާލީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވި ޑީލެއްގަ އެވެ. އެއީ، އެ ވަގުތު 60 މިލިއަން ޑޮލަރު ދެއްކުމަށް ފަހު، ފަހުން އިތުރު 10 މިލިއަން ޑޮލަރު ދޭ ގޮތަށެވެ.  

ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާގައި އެންމެ ގެންނަން ބޭނުންވި އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އެވެ. އެކަަމަކު، އަލްވަރޭޒް ދޫކުރަން، އޭނާގެ ކްލަބް، އެތުލެޓިކޯ މެޑްރިޑުން ވަނީ ދެކޮޅު ހަދައިފަ އެވެ. ބާސެލޯނާ އިން ވަނީ، ފެރާން ހިމެނޭ ޑީލެއްގައި އަލްވަރޭޒް ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ ޑީލުގައި ހިމެނެން ފެރާން ވެސް ދެކޮޅު ހެދި އެވެ. 

މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ބާސެލޯނާ އަށް 49 މެޗުން ޖުމްލަ އެކު، 21 ގޯލު ޖަހައިދިން ފެރާން، ޕީއެސްޖީ އަށް ގެންނަން އެންމެ މަސައްކަތްކުރީ އެ ޓީމުގެ ކޯޗަކަށް ހުރި ސްޕެއިނުގެ ލުއިސް އެންރީކޭ އެވެ. އެންރީކޭގެ ކޯޗުކަމުގައި ސްޕެއިނަށް ވެސް ކުޅެފައިވާ ފެރާން ވަނީ ސްޕެއިން ގައުމީ ޓީމަށް ކުޅުނު 65 މެޗުން 25 ލަނޑު ޖަހައިފަ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox