އިންފަންޓީނޯ އަށް ފާޑުކީ ފީފާގެ އިސްވެރިއަކު ވަޒީފާ އިން ވަކިކޮށްފި

Aug 18, 2026, 12:24 PM
ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުން ވަކިކުރި ލަމޯ.

ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުން ވަކިކުރި ލަމޯ.

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 18) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ  އަށް ފާޑުކީ އެ ފެޑެރޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރު، ކެވިން ލަމޯ މަގާމުން ވަކިކޮށްފި އެެވެ. 

ލަމޯ، މަގާމުން ވަކިކޮށްފައި މި ވަނީ ފީފާގެ ރައީސް އިންފަންޓީނޯ އިސްވެހުންނަވައި، ފީފާގެ މުބާރާތްތައް، ވޯލްޑް ކަޕް ހިމެނޭހެން ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކާލުމަށްޓަކައި ފަށާ ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) އަށް ފާޑުކީތާ ތިން ހަފްތާ އަށް ވުރެން ކުރު މުއްދަތެއްގެ ތެރޭގަ އެެވެ. 

ފީފާ އިން ނެރުނު ކުރު ބަޔާނެއްގަައި ބުނެފައިވަނީ، ފިފާ އާއި ލަމޯއާ މެދުގައި ވެވިފައިވާ މަސައްކަތުގެ އެއްބަސްވުން 17 އޮގަސްޓް 2026 ވަަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އަދި، ފީފާ އިން ވަނީ މިދިޔަ ދެ އަހަރު، ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނަވައި، ލަމޯ ކުރެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ. 

ލަމޯ މަގާމުން ވަކިވިކަން އަންގައި، ފީފާގެ މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯ އެއްގައި އެ ފެޑެރޭޝަނުގެ ޖެނެރަލް ސެކްރެޓަރީ، މަޓިއަސް ގްރާފްސްޓްރޮމް ވިދާޅުވީ، ލަމޯ ވަކިވީ ދެ ފަރާތުން ވާހަކަ ދެކެވި އެއްބަސްވުމަކަށް އަތުވުމަށް ފަހު ކަމަށެެވެ. 

އެހެން ނަމަވެސް، ޔޫރަޕްގެ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާޅުކަން ބޮޑު ގޮތެއްގައި، އެފްއެފްއީ އަށް ލަމޯ ފާޑުކިޔާފައިވާތީވެ، އަދި އެ ނިންމުމާ ގުޅިގެން އިންފަންޓީނޯ އަށް ރައްދުވާ ގޮތަށް ވެސް ދައްކާފައިވާ ވާހަކަތަކާ ހެދި ލަމޯ އަށް ސީނިއާ ފަރާތްތަކެއްގެ ނުރުހުން އަމާޒުވި އެވެ. 

އެ ގޮތުން، މިދިޔަ މަހު އެފްއެފްއީއާ ބެހޭގޮތުން ލަމޯ ބުނެފައިވަނީ އެއީ އެންމެ މީހެއްގެ މައްޗަށް އޮތް ޕްރޮޖެކްޓެއް ގޮތަށް ސިފަކުރެވޭ ކަމަށާއި ފުޓްބޯޅަ ހިންގަން ތިބޭ ފަރާތްތަކުން ކަންކަން ނިންމަނީ ހަމައެކަނި އަމިއްލަ ނަފްސާ ސުވާލުކޮށް، އަމިއްލަ އަށް ވިސްނޭ ރަނގަޅު ގޮތަށް ކަމަށެވެ. އަދި، ލަމޯ ވަނީ ފީފާގެ އެޑްމިނިސްޓްރޭޝަނުން އެފްއެފްއީއާ ބެހޭ ފުރިހަމަ މައުލޫމާތު އެއްވެސް ވަރަކަށް ހިއްސާ ނުކުރާ ކަމަށް ވެސް ބުނެފަ އެވެ. 

އެފްއެފްއީއާ ގުޅިގެން ފީފާ ލީޑަޝިޕާ އެކު، އިންފަންޓީނޯ ވަނީ މި މަހު ކުރީކޮޅުގައި މޮރޮކޯގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ލަމޯ އަށް ދައުވަތުދީފައިނުވެ އެވެ. 

ލަމޯ، ފީފާއާ ގުޅުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މީގެ ކުރިން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯއާ ގާތް ގުޅުމެއް ބޭއްވި ލަމޯ ވަނީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox