ފަލަސްތީނުގައި ތިން އަހަރަށް ފަހު ޑޮމެސްޓިކް ފުޓްބޯޅަ ކުޅެން ފަށަނީ

Aug 14, 2026, 1:34 PM
ފަލަސްތީނުގައި ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން: ގިނަ ޓީމުތަކަކާ އެކު ފަލަސްތީނުގެ ޑޮމެސްޓިކް ފުޓްބޯޅަ ވަނީ ފަށަން ތައްޔާރުވެފައި.

ފަލަސްތީނުގައި ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން: ގިނަ ޓީމުތަކަކާ އެކު ފަލަސްތީނުގެ ޑޮމެސްޓިކް ފުޓްބޯޅަ ވަނީ ފަށަން ތައްޔާރުވެފައި.

ގާޒާ، ފަލަސްތީން (އޮގަސްޓް 14) - ތިން އަހަރަށް ފަހު ފަލަސްތީނުގައި ޑޮމެސްޓިކް ފުޓްބޯޅައިގެ ހަރަކާތްތައް އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ކަމަށް ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުލާނުކޮށްފި އެވެ. 

ރާމަﷲ ނިއުސް އަށް ދިން އިންޓަވިއުއެއްގައި ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް، ޖިބްރީލް ރަޖޫބް ވިދާޅުވީ، އަންނަ މަހު ހަތަރު ވަނަ ދުުވަހު ފުޓްބޯލް އެސޯސިއޭޝަން ލީގާއި ފުޓްބޯޅައިގެ ޑޮމެސްޓިކް އެހެން ހަރަކާތްތައް ފަށަން ތާވަލުކުރެވިފައިވާ ކަމަށެވެ. 

ފަލަސްތީންގެ ފުޓްބޯޅަ ހަރަކާތްތައް ހުއްޓުނީ، އޮކްޓޫބަރު 7، 2023 ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނަށް ދެމުން އައި ހަމަލާތައް ވަރުގަދަކޮށް، ލާއިންސާނީ އަމަލުތައް ފެތުރުން އިންތިހާ އަށް އިތުރުކުރުމާ ގުޅިގެންނެވެ. 

އަލުން ފުޓްބޯޅަ ހަރަކާތްތައް ފަށާއިރު، ފަލަސްތީން ފުޓްބޯލް އެސޯސިއޭޝަނުން ކުރިއަށްގެންދާ ފުރަތަމަ މުބާރާތަކީ، "ތައުސަން މާޓީރްސް ކަޕް" އެވެ. މިއީ، އިޒްރޭލްގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރެކޯޑްކުރެވިފައިވާ، 1014 އެތުލީޓުންގެ ހަނދާން އާ ކުރުމުގެ ގޮތުން ދީފައިވާ ނަމެއް ކަމަށް ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. 

ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، 200 އަށް ވުރެން ގިނަ ކްލަބް މި މުބާރާތުގައި ކުޅޭނެ އެވެ. އޭގެ ތެރޭގައި، އިޒްރޭލުން އަރައިގަނެފައިވާ ފަލަސްތީންގެ ސަރަހަައްދުތަކަށް ނިސްބަތްވާ 146 ޓީމެއް ހިމެނެ އެވެ. އޭގެ އިތުރުން، ގާޒާ އިން 44 ޓީމާއި ލުބުނާނުގައި ހުރި ފަލަސްތީންގެ ރެފިއުޖީ ކޭމްޕްތަކުން 36 ޓީމެވެ. 

މިހާރު ރޭވިފައިވާ ގޮތުން، ފުރަތަމަ މުބާރާތުގެ މެޗުތައް ކުޅޭނީ ތިން ސަރަހައްދެއްގަ އެވެ. 

ރަޖޫބް ވިދާޅުވީ، އިޒްރޭލުގެ މި ހަނގުރާމަ އާއި ހަރަކާތްތަކުގެ ސަބަބުން، ފަލަސްތީންގެ ފުޓްބޯޅަ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި، އުންމީދަކީ އަލުން ފުޓްބޯޅައިގެ ހަރަކާތްތައް ފެށި، އެ ގައުމުގައި މި ކުޅިވަރަށް އޮތް ލޯބީގެ ތެރެއިން، މީހުންގެ މޫނުމަތިން ހިތްހަމަޖެހުމެއް ފެނިގެންދިއުން ކަމަށް ރަޖޫބް ޗަނީ ވިދާޅުވެފަ އެވެ. 

ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަނާއި ކްލަބްތަކަށް މާލީ ގޮތުން ދަތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ރަޖޫބްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ތިން ވަނަ ދައުރަކަށް ފީފާގެ ރައީސްކަން ކުރައްވަމުން އަންނަ، ޖިއާނީ އިންފަންޓީނޯ އަށް މަގާމުގައި ދެމިހުރުމަށްޓަކައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ ވިއްކާލަން އުޅުނު ޑީލުގެ ސަބަބުންނެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ހިއްސާ އޮތް ތުރައިވް އެޓާނަލް އަށް ވޯލްޑް ކަޕްގެ ހިއްސާ ހިމެނޭ މި ޑީލް ދިނުން ހުއްޓުވީ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާގެ އިސް ނެގުމާ އެކު، އެ އަށް އުތުރު/ސެންޓްރަލް އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންކަކަފް އަދި އޭޝިއާގެ ފުޓްބޯޅަ އިދާރާ، އޭއެފްސީން ބާރު އަޅައިގެންނެވެ. 

ޔުއެފާ އިން މިހާރު އަންނަނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އަދި، އެފްއެފްއީގެ ތަހުގީގެއް ކުރުމަށްޓަކައި ވެސް ޔުއެފާ އިން އިސްނަގާފައިވާއިރު، މި ހުރިހާ ކަމެއްގެ މައިގަނޑު ބޭނުމަކަށް އޮތީ، އަންނަ އަހަރުގެ މާޗް މަހުގައި އޮތް ފީފާގެ އިންތިހާބުގައި، އިންފަންޓީނޯ ނޫން ފަރާތަކަށް ފީފާގެ ރައީސްކަން ދިނުމަށެވެ. 

ފީފާގެ ލީޑަޝިޕަށް މިހާރު ދިމާވެފައި އޮތް ހާލަތާ ގުޅޭގޮތުން، ފަލަސްތީން އެފްއޭ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. 

ފަލަސްތީން އެފްއޭގެ ބަޔާނުގައި ބުނެފައިވަނީ، ފީފާ އިން މާލީ ގޮތުން ކުރަމުން އަންނަ ކަންތައްތަކާ ގުޅޭގޮތުން، ކަންބޮޑުވުން ފާޅުކޮށް ގައުމުތަކުން ފާހަގަކުރަމުން އަންނަނީ ހައްގު އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކަމަށެެވެ. އެކަމަކު، އަބަދުވެސް ފަލަސްތީނުން ދައްކަން ޖެހިފައި އޮތީ އެއް ވާހަކައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

"ފީފާގެ ކިބަޔަކު ނެތް އެ މީހުންނަށް ލިބިފައި އޮތް ގާނޫނީ ބާރުގެ ބޭނުންކޮށްގެން ސިޔާސީ ކަމެއްގައި ނުޖެހި އެންމެންނަށް ހައްގު ހޯދައިދިނުމުގެ ހިތްވަރެއް. އަހަރެމެންގެ ކަންބޮޑުވުން އޮތީ ފީފާ ލީޑުކުރަނީ ކާކުތޯ އެއް ނޫން. އަަހަރެމެން ބޭނުމީ ލިބެންޖެހޭ އިންސާފު ނުލިބުން،" ބަޔާނުގައި ލިޔެފައިވެ އެވެ. 

ފީފާ އަށް މިހާރު އައި ލީޑަޝިޕް 2016 ވަނަ އަހަރު އައި ފަހުން، ދެ ފަހަރެއްގެ މަތިން، ފަލަސްތީންގެ ހައްގު ހޯދައިދީ، އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލި ނަމަވެސް އެ އަށް އެކަށީގެންވާ އިޖާބައެއް ނުލިބުނުކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. ފީފާ އިން ކަންކަން ކުރަމުން އަންނަ އެކި މަރުހަލާތައް ވިސްނޭ ކަމަށާއި އެކަމަކު އިންސާފުގެ މަގުން ކަންކަން ނުހިނގާ  ކަމަށް ފަލަސްތީން އެފްއޭ އިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox