މިއަދު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ: މެޓް

ވިއްސާރަ ދުވަހެއްގައި މާލެ ސިޓީ މަގުމަތި: ބުދަ ދުވަހާ ހިސާބަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރޭ -- ފޮޓޯ: އަދަދު ފައިލް

ވިއްސާރަ ދުވަހެއްގައި މާލެ ސިޓީ މަގުމަތި: ބުދަ ދުވަހާ ހިސާބަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރޭ -- ފޮޓޯ: އަދަދު ފައިލް

މިއަދު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ. 

އަދަދު އާ ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ އޮފިޝަލަކު ބުނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

"މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ. ބައެއް ރަށްތަކަށް ގުގުރުމާއެކު ވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ. ވައިވެސް މާދަމާއިން ފެށިގެން ގަދަވަމުންދާނެ،" މެޓުން ބުންޏެވެ. 

ދެކުނަށް ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި މިއަދު ވައި ޖެހެމުންދާއިރު، މެދު ރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް އަށް މޭލާއި 18 މޭލާ ދެމެދުގެ ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އޭގެއިތުރުން މެޓުން ލަފާކުރާ ގޮތުގައި ކޮޅިގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވެގެންދާނެ އެވެ. 

މެޓުން ލަފާކުރާ ގޮތުގައި އުތުރާއި މެދުރާއްޖެ ތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަކޮށް ހުރިއިރު، ދެކުނުގެ ރަށްތަކުގެ ކަނޑުތައް މިވަގުތު މަޑެވެ. ނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވެގެންދާނެ ކަމަށް މެޓުން ބުންޏެވެ. 

ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ނެރުނީ މެންދުރު 14:00 ޖެހުމާ ހަމައަށެވެ. 

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މެޓުން ބުންޏެވެ. އެ އޮފީހުން ބުނީ މިވަގުތު ރާއްޖެ ސަރަހައްދުގައި އާދަޔާހިލާފު ކޮޅިގަނޑެއް އުފެދިފައި ނުވާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox