ހޫނުގަދަވެ ޖަޕާނުގެ ޒުލަކުން ތިން ސިންގާ މަރުވެއްޖެ

Aug 4, 2026, 1:08 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޓޯކިޔޯގެ ޒުލެއްގައި އުޅޭ އަންހެން ތިން ސިންގާއެއް އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކެއްގައި މަރުވެއްޖެ އެވެ.

ހުޅަނގު ޓޯކިޔޯގައި ހުންނަ "ޓަމާ ޒޫލޮޖިކަލް ޕާކް" ގައި އުޅޭ މި ތިން ސިންގާ މަރުވީ އެއް ހަފުތާ ތެރޭގަ އެވެ. އެ ޒުލުން ބުނި ގޮތުގައި، އުމުރުން ތިން އަހަރާއި 15 އަހަރާ ދެމެދުގެ މި ސިންގާތަކުގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި، މަރުވީ ހަށިގަނޑުން ފެން މަދުވުމާއި ގުނަވަންތައް ފެއިލްވުމުގެ ސަބަބުންނެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ޖަޕާނުގެ ހޫނުމިން އަހަރަކަށް ވުރެ އަހަރަކަށް އިތުރުވެ، ނުރައްކާތެރި މިންވަރަކަށް ވަނީ އުފުލިފަ އެވެ. ބައެއް ސިޓީތަކުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ "އާދަޔާ ހިލާފަށް ހޫނު" ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

Advertisement

ޒުލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އިތުރު ތިން ސިންގާއެއް (ދެ ފިރިހެން ސިންގާ އަދި އެއް އަންހެން ސިންގާ) އަދިވެސް ބަލިކޮށް އުޅޭ ކަމަށާއި، އެ ތަކެއްޗަށް ނުތެދުވެވޭ ކަމަށެވެ. އެ ސިންގާތަކަށް މިހާރު ދަނީ ދިޔާ ތަކެއްޗާއި، ބޭހާއި ވިޓަމިން ދީގެން ފަރުވާ ދެމުންނެވެ.

މީގެ އިތުރުން، ހަތަރު ސިންގާއެއްގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، ހަ ސިންގާއެއްގެ ސިއްހަތު ފެށުނީއްސުރެ ރަނގަޅު ކަމަށް ބުންޏެވެ. މި ސިންގާތައް މިހާރު ވަނީ އޭސީ އާއި ފަންކާ ހަރުކޮށްފައިވާ ހާއްސަ ގޮޅިތަކަކަށް ބަދަލުކޮށްފަ އެވެ.

ޓަމާ ޒޫގައި ގާތްގަނޑަކަށް 260 ބާވަތުގެ ޖަނަވާރު ގެންގުޅެ އެވެ. އެތަނުގައި 1964 ވަނަ އަހަރުން ފެށިގެން ސިންގާ ގެންގުޅެމުން އަންނައިރު، މިއީ ޒިޔާރަތްކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ބައެކެވެ. އެ ޒުލުގައި ސަފާރީ ބަހެއްގައި ގޮސް ސިންގާތައް ބަލާލުމުގެ ފުރުސަތު އާންމުންނަށް އޮވެ އެވެ.

ނަމަވެސް، ކުއްލިއަކަށް ކުރިމަތިވި ހޫނު ރާޅުގެ ސަބަބުން ސިންގާތައް ބަލިވަމުންދާތީ، ސިންގާ ދައްކާލުމާއި ސަފާރީ ބަހުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް މިދިޔަ މަހު ވަނީ އިއުލާންކޮށްފަ އެވެ.

މި ހޫނު މޫސުމުގައި އެކަނިވެސް، ހޫނުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގައި ޖަޕާނުގެ އެކި ކަންކޮޅުތަކުން 43،000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox