ލޯން ޑީލެއްގައި ބާސެލޯނާގެ އަަރައުހޯ ލިވަޕޫލަށް

Aug 8, 2026, 9:07 AM
ބާސެލޯނާގެ މެޗެއްގެ ތެެރެއިން އަރައުހޯ: އަންނަ ސީޒަނުގައި އޭނާ ލިވަޕޫލުން ފެނުމުގެ ފުރުސަތު ބޮޑު.

ބާސެލޯނާގެ މެޗެއްގެ ތެެރެއިން އަރައުހޯ: އަންނަ ސީޒަނުގައި އޭނާ ލިވަޕޫލުން ފެނުމުގެ ފުރުސަތު ބޮޑު.

ބާސެލޯނާ (އޮގަސްޓް 8) - ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އުރުގުއޭ ޑިފެންޑަރު، ރޮނާލްޑް އަރައުހޯ، އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 27 އަހަރުގެ އަރައުހޯ ލިވަޕޫލަށް ދޫކޮށްލާ ލޯން ޑީލުގައި، ކުރިއަށް އޮތް ސީޒަން ނިމުމުން، އެއްބަސްވުން ދާއިމީ ކުރެވޭނެ މާއްދާއެއް ހިމަނަން ވެސް ބާސެލޯނާ އިން ބޭނުންވެ އެވެ. 

ފާއިތުވި ހަތަރު ސީޒަނުގެ ތެރެއިން ތިން ސީޒަނުގައި ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އަރައުހޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި ބާސެލޯނާގެ ކެޕްޓަނަކީ ވެސް އަރައުހޯ އެވެ. 

Advertisement

ބާސެލޯނާާއާ އެކު، 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި އަރައުހޯ، ދޫކޮށްލުމަކީ އެ ކްލަބްގެ ކޯޗު ހަންސީ ފްލިކް އާއި ސްޕޯޓިން ޑިރެކްޓަރު، ޑެކޯގެ ނިންމުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ސީޒަނުގައި އަރައުހޯ، ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ، އެންމެ 11 މެޗެވެ. އަދި، ކުރިއަށް އޮތް ސީޒަނުގައި ވެސް ފްލިކްގެ އެއް ނަމްބަރު ޑިފެންސިވް ޕާޓްނާޝިޕަކީ، ޕައު ކުބަރްސީ އާއި ޖެރާޑް މާޓީން ކަމަށްވާތީ، އަރައުހޯ ދޫކޮށްލަން ނިންމީ އެވެ. 

އުރުގުއޭގެ ބޮސްޓަން ރިވާ ދޫކޮށް، 2018 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި އަރައުހޯ ވަނީ އެ ކްލަބަށް 200 އަށް ވުރެން ގިނަ މެޗުުގައި ކުޅެދީފަ އެވެ. 

ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޑިފެންޑަރަކު ގެންނަން ޖެހުނު މައިގަނޑު ސަަބަބަކީ، މިދިޔަ ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ފްރާންސްގެ ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ، އެއްބަސްވުން އާ ނުކޮށް، ރެއާލް މެޑްރިޑަށް ބަދަލުވުމުންނެވެ. އަދި، މި ވަގުތު ލިވަޕޫލްގައި ތިބި ސެންޓްރަލް ޑިފެންޑަރުންގެ ގޮތުގައި ބޭނުންކުރެވޭ ކުޅުންތެރިންނަށް ބަލާއިރު، އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ގިނަވުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox