ބާކޮލާގެ ޑީލުގައި ލިވަޕޫލަށް ދޫދޭން ޕީއެސްޖީން ތައްޔާރުވަނީ: ރިޕޯޓް

Aug 7, 2026, 4:34 PM
ޕީއެސްޖީގެ ޓްރެއިނިންއެއްގެ ތެރެއިން ފްރާންސްގެ ފޯވާޑް، ބްރެޑްލީ ބާކޮލާ

ޕީއެސްޖީގެ ޓްރެއިނިންއެއްގެ ތެރެއިން ފްރާންސްގެ ފޯވާޑް، ބްރެޑްލީ ބާކޮލާ

ޕެރިސް (އޮގަސްޓް 7) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ގަންނަން މަސައްކަތް ކުރަމުން އަންނަ ފްރާންސްގެ ފޯވާޑް، ބްރެޑްލީ ބާކޮލާގެ ޑީލު ކުރިއަށްދިއުމަށްޓަކައި، އޭނާގެ ކޮންޓްރެކްޓް މި ވަގުތު އޮތް ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ދޫދޭން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ކުރިން ލިޔޯނަށް ކުޅުނު ބާކޮލާ، 23، ވިއްކާލަން ޕީއެސްޖީން ކިޔާ އަގު އުޅަނީ 190 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު، ލިވަޕޫލުން އެންމެ ބޮޑަށް ވެސް ބާކޮލާ ގެންނަން ހަރަދުކުރަން ނިންމާފައި އޮތީ 140 މިލިއަން ޑޮލަރެވެ. އެއީ، އެންމެ ފުރަތަމަ 110 މިލިއަން ޑޮލަރު ދީފައި، ލިވަޕޫލާ އެކު، ބާކޮލާ ސޮއިކުރާ ފަސް އަހަރުގެ ކޮންޓްރެކްޓްގެ ތެރޭގައި ވަކި ކަންތައްތަކެއް ފުރިހަަމަވެއްޖެނަމަ، އިތުރު 30 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. 

އެ އޮފާ ލިވަޕޫލުން ހުށަހަޅާފައި އޮތީ، ޕީއެސްޖީން އެ ޑީލާ މެދު ގޮތެއް ނިންމުމަށް ވަކި ގޮތެއް ކަނޑައަޅަން ފުރުސަތު ދީފަ އެވެ. 

Advertisement

ސްޕެއިނާއި އިނގިރޭސި ގިނަ މީޑިއާތަކުން ރިޕޯޓްކުރަމުން އަންނަ ގޮތުގައި، ބާކޮލާ ވަނީ ޕީއެސްޖީ ދޫކޮށްލައި، ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް ދާން ބޭނުންވާކަން ޕީއެސްޖީ މެނޭޖްމަންޓަށް އަންގައިފަ އެވެ.

އެ ރިޕޯޓްތައް ބުނާގޮތުން، ބާކޮލާ ބޭނުމީ ލިވަޕޫލާ ގުޅުމަށް ކަމަށްވާއިރު، މި ޑީލް ކުރިއަށްދާން އޮތީ ޕީއެސްޖީ އާއި ލިވަޕޫލުން ބާކޮލާގެ ޓްރާންސްފާ ފީއަކާ މެދު އެއްބަސްވެގެންނެވެ. 

ލިވަޕޫލުން، ޕީއެސްޖީ އަށް ކުޅޭ އުމުރުން 18 އަހަރުގެ ސެނެގާލްގެ ފޯވާޑް، އިބްރާހިމް އެމްބާޔޭ ހޯދަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ ގޮތުން، ބާކޮލާ އާއި އެމްބާޔޭ، ދެ ކުޅުންތެރިން އެއްކޮށް ގަންނަނަމަ، ލިވަޕޫލުން ޖުމްލަ އެކު މި ޑީލުގައި، 180 މިލިއަން ޑޮލަރަށް ވުރެން ބޮޑު ފީއެއް ހޭދަކުރަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އިނގިރޭސި ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި، ލިވަޕޫލުން ކާޓިސް ޖޯންސް އާއި ކޯޑީ ގަކްޕޯ ދޫކޮށްލައި، ޓްރާންސްފާގައި ހޭދަކުރާ ބަޖެޓް ބޮޑުކުރުމުގެ ފުރުސަތު އެބައޮތެވެ. 

ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާގެ ކޯޗުކަމުގައި މި ސީޒަނަށް ތައްޔާރުވަމުން އަންނަ ލިވަޕޫލުން ވަނީ 50 މިިލިއަން ޑޮލަރުގެ ޕެކޭޖެއްގައި އޮސަސޫނާ އަށް ކުޅެމުން އައި 23 އަހަރުގެ ފޯވާޑް ވިކްޓަ މުނޯޒް ގަނެފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox