ލިވަޕޫލްގެ ކުޅުން ބޭނުންވާ ލެވަލްގައި ހިފަހައްޓަން ވަގުތުނަގާނެ: އިރައޯލާ

Aug 10, 2026, 12:31 PM
ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ.

ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ.

ލިވަޕޫލް (އޮގަސްޓް 10) - ލިވަޕޫލްގެ ކުޅުން ބޭނުންވާ ލެވަލް ހިފަހައްޓަން ވަގުތުނަގާނެ ކަަމަށް އެ ޓީމުގެ އާ ކޯޗު އަންޑޯނީ އިރައޯލާ ބުނެފި އެވެ. 

ޕްރީ ސީޒަނުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ބަލިވީ ކުރިން ލީޑު ލިބިފައި އޮއްވަ އެވެ. އެ ގޮތުން، އެމެރިކާ ޓުއާގެ ފަހު މެޗުގައި ލީޑްސް ޔުނައިޓެޑް ކައިރިން، 40 މިނިޓް ތެރޭ، ދެ ގޯލުގެ ލީޑެއް ނަގައި، 4-2 އިން ބަލިވިއިރު، އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި މޮނާކޯ ކައިރިން 30 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއްގައި ލިވަޕޫލް ވަނީ 3-2 އިން ބަލިވެފަ އެވެ. 

ރޭގެ މެޗަށް ފަހު، އިރައޯލާ، ލިވަޕޫލްގެ މީޑިއާ ޗެނަލަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗު ވެސް ދިޔައީ ލީޑްސް މެޗު ދިޔަ ގޮތަށް ކަމަށެވެ. އަދި، ކަންކަން ރަނގަޅުކުރަން ޖެހޭކަން ވަރަށް ސާފުކޮށް މި ދެ މެޗުން އެނގިގެން ގޮސްފައިވާ ކަމަށް އިރައޯލާ ވަނީ ބުނެފަ އެވެ. 

Advertisement

"ވަރަށް ރަނގަޅަށް ފުރަތަަމަ ހާފު ދިޔައި. ހާއްސަ ގޮތެއްގަައި ފުރަތަަމަ 30 މިނިޓް. ހަގީގަތަށް ބުނަންޏާ އަހަރެމެންގެ މި ވަގުތު ނެތް އެ މިންވަރެއް މުޅި މެޗުގައި ބޮޑު ބަދަލުތަކެއް ގެނެސްގެން ކުޅޭކަށެއް. އެހެންވީމަ، އެ މީހުން (މޮނާކޯ) ހައްގުވެގެން ހޯދި ނަތީޖާއެއް މިއީ،" ރޭގެ މެޗަށް ފަހު އިރައޯލާ ބުންޏެވެ. 

ކުރިން ބޯންމައުތަށް ކޯޗުކޮަށްދިން އިރައޯލާ ބުނީ، ޕްރީ ސީޒަނުގެ ފުރަތަމަ ދެ މެޗުން މޮޅުވިއިރު، ކަންކަން ރަނގަޅަށް ދިޔަ ކަމަށާއި މަޑުމަޑުން ލެވަލް ހިއްލާލުމަށް މަސައްކަތްކުރާއިރު، ހުރި މައްސަލަތައް އިތުރަށް ފާހަގަވެގެންދާނެ ކަމަށެވެ. 

"ދަތިތަކެއް މި ހުރީ މުޅި މެޗު ބޭނުންވާ ލެވަލަށް ހިއްލާލައިގެން ކުޅެން. އަހަރެމެން ގިނަ ބަދަލުތަކެއް ޓީމަށް ގެނެސްގެން ކުޅެން ފަށާއިރަށް އެބަ ފެނޭ ކުޅުންތެރިންގެ ވަރުބަލިކަމާއި އެހެން ކަންކަމާ ހުރެ ބޭނުންވާ ލެވަލް ދެމެހެއްޓުމަށް އުނދަގޫކަން. ޔަގީންކަމެއް، އަހަރެމެން މަސައްކަތް ކުރަން އެބަޖެހޭ،" އިރައޯލާ ބުންޏެވެ. 

"ބޭނުންވާ ލެވަލްގައި ހިފަހައްޓަން ވަގުތުނަގާނެ،" 

އިރައޯލާ، ލިވަޕޫލާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ލިވަޕޫލުން ކުޅޭ ފުރަތަމަ މެޗުގައި މި މަހު، 23 ވަނަ ދުވަހު ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅުުމުގެ ކުރިން، ޕްރީ ސީޒަނުގައި ލިވަޕޫލްގެ ބާކީ އެއް މެޗު އެބައޮތެވެ. އެއީ، މި މަހުގެ 16 ވަނަ ދުވަހު، އެންފީލްޑްގައި އިޓަލީގެ ކޯމޯއާ ކުޅޭ މެޗެވެ. 

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox