އެމޭޒަންގެ ފައުންޑަރު ބެޒޯސް ހިމެނޭ ކޮންސޯޓިއަމަކުން ލިވަޕޫލްގެ ހިއްސާއެއް ގަނެފި

Aug 15, 2026, 6:14 AM
އެމޭޒަންގެ ފައުންޑަރު ބެޒޯސް: ލިވަޕޫލް މައިނޯރިޓީ ހިއްސާއެއް ގަންނަން އިންވެސްޓްކުރި ކޮންސޯޓިއަމް ގްރޫޕް، 1892 ހޯލްޑިންސްގައި ބެޒޯސްގެ ދައުރު ހިމެނޭ.

އެމޭޒަންގެ ފައުންޑަރު ބެޒޯސް: ލިވަޕޫލް މައިނޯރިޓީ ހިއްސާއެއް ގަންނަން އިންވެސްޓްކުރި ކޮންސޯޓިއަމް ގްރޫޕް، 1892 ހޯލްޑިންސްގައި ބެޒޯސްގެ ދައުރު ހިމެނޭ.

ލިވަޕޫލް (އޮގަސްޓް 15) - އެމޭޒަންގެ ފައުންޑަރު، ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ މުއްސަނދި މަހުޖަނު، ޖެފް ބެޒޯސް ހިމެނޭ ކޮންސޯޓިއަމް ގްރޫޕަކުން ލިވަޕޫލްގެ މައިނޯރިޓީ ހިއްސާއެއް ގަނެފި އެވެ. 

ލިވަޕޫލްގެ މެޖޯރިޓީ ހިއްސާދާރު، ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން އިއުލާނުކުރި ގޮތުގައި، ބެޒޯސްގެ ބައިވެރިވުން އޮތް 1892 ހޯލްޑިންސް އިން ވަނީ ލިވަޕޫލްގެ 30 ޕަސެންޓް ހިއްސާ ގަނެފަ އެވެ. މި ކޮންސޯޓިއަަމް ގްރޫޕްގައި، ބެޒޯސްގެ އިތުރުން ހިމެނެނީ، ބްރިޓިޝް-އިންޑިއަން ބިލިއަނަރު، އަމިތު ބާޓިއާ އާއި ފޭސްބުކްގެ ކޯ ފައުންޑަރު އެޑުއާޑޯ ސަވެރިން އެވެ. 

ލިވަޕޫލް ހިންގަމުން އަންނަ ބޯޑު ފުޅާކުރަން ނިންމާފައިވާއިރު، ދެން އެކުލަވާލާ ބޯޑުގެ ވައިސް ޗެއާމަނަކަށް ބާޓިއާ ވެސް ހަރަކާތްތެރިވާނެ އެވެ. އިންޑިއާގެ ވިޔަފާރިވެރިޔާ، ބިލިއަނަރު، ލަކްޝްމީ މިއްތަލްގެ ދަނބިދަރިފުޅު، ބާޓިއާ ވަނީ އިނގިރޭސި ކްލަބް، ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް)ގެ ކޯ އޯނަރެއްގެ ގޮތުގައި 18 އަހަރު މަސައްކަތްކޮށްފަ އެވެ. އެ މަގާމުން ވަކިވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ، 

މަޝްހޫރު އީކޮމާސް ކުންފުނި، އެމޭޒަން، 1994 ވަނަ އަހަރު އަމިއްލަ ގަރާޖުން ފެށި ބެޒޯސްގެ މި ވަގުތުގެ މިލްކިއްޔާތުގެ ޖުމްލަ އަކީ، 256 ބިލިއަން ޑޮލަރެވެ. ލިވަޕޫލްގެ މައިނޯރިޓީ ހިއްސާ ގަތް ކޮންސޯޓިއަމްގައި، ބެޒޯސްގެ ބައިވެރިވުން އޮތް މިންވަރެއް ސާފުވެފައިނުވާއިރު، އޭނާ އެއްވެސް ސިފައެއްގައި ލިވަޕޫލްގެ މަގާމަކުން ފެނުމުގެ ފުރުސަތު ކުޑަ އެވެ. އެކަމަކު، އޭނާ އައްޔަނުކުރާ ބައެއް މަންދޫބުން، ލިވަޕޫލްގެ ބޯޑުގައި ހަރަކާތްތެރިވާނެ އެވެ. 

ލިވަޕޫލްގެ މައިނޯރިޓީ  ހިއްސާއެއް ވިއްކާލި ނަމަވެސް މިހާރު މި ހިނގަމުން އަންނަ ޓްރާންސްފާ މާކެޓަށް އޭގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ބަޖެޓް އިތުރުވާނެ ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށް ލިވަޕޫލްގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

ލިވަޕޫލް ހިންގަމުން އަންނަ އެފްއެސްޖީން އެ ކްލަބްގެ މެޖޯރިޓީ ހިއްސާ ވިއްކާލަން ނިންމައިފިނަމަ، މިހާރު އޮތްގޮތުން، އެ ކްލަބްގެ މައި ހިއްސާދާރަކަށް ވުމުގެ ފުރސުަތު 1892 ހޯލްޑިންސް އަށް ލިބޭނެ އެވެ. ލިވަޕޫލް، މި ވަގުތަށް ބަލާއިރު އަގުކުރެވިފައިވަނީ، 7 ބިލިއަން ޑޮލަރުގަ އެވެ. 

އެފްއެސްޖީން ލިވަޕޫލް ގަތީ 2010 ވަނަ އަހަރު އެވެ. އެ ފަަހަރު ލިވަޕޫލް ގަންނަން ޖުމްލަ އެކު، 500 މިލިއަނެއްހާ ޑޮލަރު ހޭދަކޮށްފައިވެ އެވެ. އެ ވަގުތު ލިވަޕޫލްގެ މާލީ ހާލަތު ގޯސް ފައްތަރެއްގައި އޮތްއިރު، އެފްއެސްޖީން އެ ކްލަބް ގަނެ، މިދިޔަ 16 އަަހަރެއްހާ ދުވަހު ކުރި މަސައްކަތުން އެ ކްލަބްގެ ހާލަތު ބޮޑުތަނުން ވަނީ ރަނގަޅުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox