ރިސޯޓު ވިޔަފާރިތަކުން ޓޫރިޒަމް ޓްރަަސްޓް ފަންޑަށް 56 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް

ރިސޯޓެއްގެ ވޯޓާ ވިލާތައް ތަރައްގީކުރަނިކޮށް މަތިން ނަގާފައިވާ މަންޒަރެއް: ޓޫރިޒަމް ޓްރަސްޓް ފަންޑަށް ގިނަ ފައިސާ ވަންނަނީ ހަދަމުންދާ ރިސޯޓުތަކާއި އަލަށް ދޫކުރާ ތަންތަނުން --- ފޮޓޯ: މޯހަން މުތާ އެކްސްޕޯޓް

ރިސޯޓެއްގެ ވޯޓާ ވިލާތައް ތަރައްގީކުރަނިކޮށް މަތިން ނަގާފައިވާ މަންޒަރެއް: ޓޫރިޒަމް ޓްރަސްޓް ފަންޑަށް ގިނަ ފައިސާ ވަންނަނީ ހަދަމުންދާ ރިސޯޓުތަކާއި އަލަށް ދޫކުރާ ތަންތަނުން --- ފޮޓޯ: މޯހަން މުތާ އެކްސްޕޯޓް

ޓޫރިޒަމްގެ ބޭނުންތަކަށް ތަންތަން ދޫކުރާ އިރުގައި އަދި ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރާއިރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ގޮތުގައި ރިސޯޓު ވިޔަފާރިތަކުން ޓޫރިޒަމް ޓްރަސްޓް ފަންޑަށް ދައްކަން ޖެހޭ 56.8 މިލިއަން ރުފިޔާ ރިސޯޓު އެބައޮތް ކަމަށް އެ ފަންޑުގެ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ. 

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެ ފަންޑުގެ އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އެ ފަންޑުގައި ހުރީ 149.2 މިލިއަން ރުފިޔާ ކަމަށެވެ. ފަންޑަށް ލިބެން ޖެހޭ ފައިސާތައް ހިމެނުމުން މި ފަންޑުގައި ހުރި އަދަދު 200 މިލިއަން ރުފިޔާއަށް އިތުރެވެ. 

ނަމަވެސް ފަންޑަށް ލިބެން ޖެހޭ ފައިސާ ހިސާބުކުރާ ގޮތާއި އެއީ ކޮން ގޮތަކުން ލިބެން ޖެހޭ ފައިސާއެއްކަން އޮޑިޓުން ސާފު ނުވާތީ، ނުލިބިވާ އަދަދަކީ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަން ޖެހޭއިރު ދައްކަން ޖެހޭ ފައިސާ ކަމެއް ނޫނީ ތަނެއް ކުއްޔަށް ދިންއިރު ދައްކަން ޖެހޭ ފައިސާ ކަމެއް ސާފެއް ނޫނެނެވެ. އަދި އެއީ ބަހާލައިގެން ދައްކަން އެއްބަސްވެފައިވާ ކަމެއް ނޫނީ އެއްބަސްވީ މުއްދަތު ފަހަނައަޅާ ދިޔައިރު ނުދައްކައިވާ ފައިސާ ކަމެއް ވެސް ރިޕޯޓުން ސާފެއް ނުވެ އެވެ.

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި

މިއީ ޓޫރިޒަމް ދާއިރާއަށް މާލީ އެހީތެރިން ފޯރުކޮށްދިނުމަށާއި އެފަދަ އެހީތައް ޒިންމާދާރު ގޮތެއްގައި އަމާނާތްތެރިކަމާ އެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރެވުމުގެ ގޮތުން އެކުލަވާލެވުނު ފަންޑެއް.

ޓޫރިޒަމާބެހޭ ގަވާއިދުގައް ބުނާ ގޮތުން، ރިސޯޓު ތަރައްގީކުރަން ދީފައިވާ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރާއިރު ސީއެސްއާރުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހެނީ ތަން ތަރައްގީކޮށް ނިމި، ހިންގަން ފަށާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހަށް ބަހާލައިގެން ކަމަށެވެ. ތަނެއް ކުއްޔަށް ނަގާއިރު ސީއެސްއާރުގެ ގޮތުގައި ދައްކަން ހުށަހަޅާ ފައިސާގެ އަދަދު ދައްކަން ޖެހެނީ ރިސޯޓު ތަރައްގީކުރަން ފަށާ ތާރީހުން ފެށިގެން ދެ އަހަރަށް ބަހާލައިގެންނެވެ. 

ޓޫރިޒަމް ޓްރަސްޓް ފަންަޑުން ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު، އެ ފަންޑު އޮޑިޓު ކުރި މުއްދަތު ކަމުގައިވާ މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އެ އަހަރުގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ އެންމެ ކަމަކަށެވެ. އެއީ ސަލްޓަން ޕާކާއި ޖުމްހޫރި މައިދާނުގައި ހުރި ފެންއަރުވާ ވަޑާންތައް މަރާމާތުކުރުމަށެވެ. މިކަމަށް އެ ފަންޑުން 8.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. 

މި ފަންޑުގެ އެންމެ މައި މަގުސަދުތަކުގެ ތެރޭގައި ޓޫރިޒަމް ސިނާއަތް ތަރައްގީކުރުމާއި، ޓޫރިޒަމް ދާއިރާއަށް ދިވެހިން ތަމްރީނުކުރުން ހިމެނުނު ކަމުގައި ވިޔަސް މިއިން އެއްވެސް ކަމަކަށް އެ ފަންޑުން އަދި ހަރަދުކޮށްފައި ނެތެވެ. 

ޓޫރިޒަމް ޓްރަސްޓު ފަންޑު ބަލަހައްޓަނީ ރައީސް އޮފީހާއި ބޮޑެތި ވުޒާރާތަކާއި މީރާގެ މަންދޫބުން ހިމެނޭ ހަތް މެންބަރުންގެ ޓްރަސްޓު ފަންޑު ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ޓޫރިޒަމް މިނިސްޓްރީންނެވެ. މި ކޮމިޓީން ފަންޑު ހިންގަން ޖެހެނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox