ޑޮލަރުގެ ކާރިސާ: ބިދޭސީންގެ ވަގު ވިޔަފާރިތަކަށް ދިވެހިންގެ އެކައުންޓުތައް ދޫކުރާ ކަމަށް ބުނެ ފުލުހުންގެ އިންޒާރެއް

Aug 31, 2026, 10:30 PM
ފުލުހުންގެ އިމާރާތް: ބުނީ ދިވެހިންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ފުލުހުންގެ އިމާރާތް: ބުނީ ދިވެހިންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބިދޭސީން ހިންގާ ވަގު ވިޔަފާރިތަކުން ލިބޭ ފައިސާ ލޯންޑާ ކުރުމަށް ދިވެހިންގެ ބޭންކް އެކައުންޓުތަކާއި ވިޔަފާރިތައް ބޭނުން ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ބޭރު ފައިސާގެ ވިޔަފާރި ކުރާ ހަ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، ބިދޭސީންގެ ވަގު ވިޔަފާރިތަކަށް ދިވެހިންގެ ނަމުގައި ހުންނަ އެކައުންޓުތަކާއި ވިޔަފާރިތަކުން މަގުފަހިކޮށްދޭކަން ފާހަގަވީ ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތައް ހޯދަން އެކުލަވާލާފައިވާ ޓާސްކްފޯހަށް ކަމަށެވެ. 

"ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް، ބިދޭސީން އިސްވެ ހިންގާ ގާނޫނާ ހިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތް ކުރުމަށް، އެފަރާތްތަކާ ހަވާލުކޮށްފައި ހުންނަކަން ފާހަގަވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ފުލުހުން ބުނީ ކުށްކޮށްގެން ހޯދާ ފައިސާއިން މުއާމަލާތް ކުރުމަށާއި ދއުރު ކުރަން އެކައުންޓުތަކާއި ވިޔަފާރިތައް ދޫކުރާ ދިވެހިން ހޯދާ އެމީހުންގެ މައްޗަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.  

"އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓް އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިވިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް،" ފުލުހުން ބުނެފައިވެ އެވެ. "އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅަމުންދެންދާނަން." 

ޑޮލަރު ވިޔަފާރި ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ފަށާފައި މި ވަނީ ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރެއްގެ އަގު 23 ރުފިޔާއަށް އަރައިގެން ދިޔުމުންނެވެ. އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ ޑޮލަރުގެ އަގު ހަބަރުތަކުގައި ގެނެސްދިނުން މަނާކޮށްފަ އެވެ. 

އޭގެ އިތުރުން، ކަޅު ބާޒާރަށް ޑޮލަރު ވިއްކަނީ ރިސޯޓުތަކުން ކަމަށް ތުހުމަތުކޮށް، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހެދި އެވެ. 

ޑޮލަރު މާރުކުރަން މަޖުބޫރުވާ މިންވަރު އިތުރު ކުރަން މަޖުބޫރުވާ ބިލު ތަސްދީގު ކުރެއްވުމަށްފަހު މުއިއްޒު ވިދާޅުވީ، ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށާއި ރިސޯޓު އޯނަރު މުއްސަނދިވެފައި، އެހެން އެންމެން ދަތިހާލުގައި އުޅެން ދޫކޮށްނުލެވޭނެ ކަމަށެވެ. 

"ކީއްވެތޯ ވަކި ބަޔަކު މުއްސަނދިވެފައި އެހެން ހުރިހާ އެންމެން ސަފާކުރަން [ނިކަމެތިކަމުގައި އުޅެން] ޖެހެނީ. ނުޖެހޭނެ އެކަން ކުރާކަށް، އަޅުގަނޑު މިކަމާ އުޅެން ފެށީމާ ބައެއް ބޭފުޅުން ވިދާޅުވި ރާއްޖޭގެ ބަޖެޓު ކުޑަކުރާށޭ، ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ހުއްޓާލާށޭ،" ރައީސް ވިދާޅުވި އެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސިއިރު، ރިސޯޓުތަކުން މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖާއި ރިސޯޓު ސަޕްލައި އާއި ތެޔޮ ބިލާއި ޓީޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އާއި އާއި ރަށު ކުއްޔާއި ލޯނުތައް މިހާރު ވެސް ދައްކަނީ ޑޮލަރުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox