ފުރަވެރި ރިސޯޓުގެ ހިއްސާދާރެއްގެ ފޯނު ފުލުހުން ގެންގޮސްފި

ފުރަވެރި ރިސޯޓު އަދި ޕޭޖު ހާޑްވެއާ ހިންގާ ނައިޑް އިންވެސްޓްމަންޓްސްގެ އޮފީސް ބަލައިފާސްކުރުން: އެތަނުގެ ހިއްސާދާރެއްގެ ފޯނު ވަނީ ހިފަހައްޓާފައި -- ފޮޓޯ: އަދަދު

ފުރަވެރި ރިސޯޓު އަދި ޕޭޖު ހާޑްވެއާ ހިންގާ ނައިޑް އިންވެސްޓްމަންޓްސްގެ އޮފީސް ބަލައިފާސްކުރުން: އެތަނުގެ ހިއްސާދާރެއްގެ ފޯނު ވަނީ ހިފަހައްޓާފައި -- ފޮޓޯ: އަދަދު

 ފުރަވެރި އައިލެންޑް ރިސޯޓު ހިންގާ ނައިޑް އިންވެސްޓްމެންޓްސް ގެ އޮފީސްތައް ބަލައި ފާސްކޮށް، އެތަނުގެ ހިއްސާދާރެއްގެ ފޯނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ފުލުހުން ރެއިޑްކުރީ ނައިޑް އިންވެސްޓްމެންޓްގެ އޮފީހާއި އެތަނާ ގުޅޭ އެހެން އޮފީސްތަކެވެ. އޭގެއިތުރުން ފިހާރައެއްވެސް ބަލައި ފާސްކޮށްފައިވެ އެވެ. 

ފުލުހުން ބުނީ އެ އޮފީސް ބަލައި ފާސްކުރަމުން ދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖު ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.

"ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކުރުމަށްފަހު ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަދޭ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

ފުރަވެރި އައިލެންޑް ރިސޯޓުގެ އިތުރުން، މަޝްހޫރު ޕޭޖް ހާޑުވެއާއަކީ ވެސް ނައިޑް ކުންފުނީގެ ވިޔަފާރިއެކެވެ. އަދި އޭގެ އިތުރުން އެ ކުންފުނިން 2022 ވަނަ އަހަރު ވަނީ ފ. އެނބުލުފުށި 3.6 މިލިއަން ރުފިޔާއަށް ގަނެފަ އެވެ.

ޑޮލަރު ވިޔަފާރި ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ފަށާފައި މި ވަނީ ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރެއްގެ އަގު 23 ރުފިޔާއަށް އަރައިގެން ދިޔުމުންނެވެ. އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ ޑޮލަރުގެ އަގު ހަބަރުތަކުގައި ގެނެސްދިނުން މަނާކޮށްފަ އެވެ. 

ޑޮލަރު މާރުކުރަން މަޖުބޫރުވާ މިންވަރު އިތުރު ކުރަން މަޖުބޫރުވާ ބިލު ތަސްދީގު ކުރެއްވުމަށްފަހު މުހައްމަދު މުއިއްޒު ވިދާޅުވީ، ރިސޯޓުތަކަކީ ދައުލަތުގެ އެއްޗެހި ކަމަށާއި ރިސޯޓު އޯނަރު މުއްސަނދިވެފައި، އެހެން އެންމެން ދަތިހާލުގައި އުޅެން ދޫކޮށްނުލެވޭނެ ކަމަށެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސިއިރު، ރިސޯޓުތަކުން މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖާއި ރިސޯޓު ސަޕްލައި އާއި ތެޔޮ ބިލާއި ޓީޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އާއި އާއި ރަށު ކުއްޔާއި ލޯނުތައް މިހާރު ވެސް ދައްކަނީ ޑޮލަރުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox