ވަގު ޓީޓީ ހުއްޓުވަން ކަސްޓަމްސްއިން ހުރިހާ ބޭންކުތަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ވަގު ޓީޓީ ހުއްޓުވަން އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތުގައި ކަސްޓަމްސް ކޮމިޝަނަރު ދިޔާނާ (ކ-4) އާއި ބޭންކުތަކުގެ ވެރިން: މި އެެއްބަސްވުމުގެ ދަށުން ޓީޓީތަކަށް އިމްޕޯޓުކުރާ މުދަލާއި އެކްސްޕޯޓުކުރާ މުދަލުގެ މައުލޫމާތު ވެސް ބަދަލުކުރެވިގެން ދާނެ --- ފޮޓޯ: އެމްއެމްއޭ

ވަގު ޓީޓީ ހުއްޓުވަން އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތުގައި ކަސްޓަމްސް ކޮމިޝަނަރު ދިޔާނާ (ކ-4) އާއި ބޭންކުތަކުގެ ވެރިން: މި އެެއްބަސްވުމުގެ ދަށުން ޓީޓީތަކަށް އިމްޕޯޓުކުރާ މުދަލާއި އެކްސްޕޯޓުކުރާ މުދަލުގެ މައުލޫމާތު ވެސް ބަދަލުކުރެވިގެން ދާނެ --- ފޮޓޯ: އެމްއެމްއޭ

ބޭރު ގައުމުތަކުން މުދާ ގެންނަން ކަމުގައި ބުނެ، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމަށް ފަހު ރާއްޖެއަށް މުދާ ނުގެންނަ މައްސަލަ ހުއްޓުވުގެ ގޮތުން ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސްއިން މިއަދު ސޮއިކޮށްފި އެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިވެގެން ގާއިމުކުރާ މި ނިޒާމުގެ ދަށުން، ރާއްޖެއަށް  އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބަދަލުކުރެވޭނެ އެވެ. 

އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން މި އެމްއޯޔޫތަކުގައި ސޮއިކުރެއްވީ ކަސްޓަމްސް ކޮމިޝަނަރު، ފާތިމަތު ދިޔާނާ އެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރީ އެ ބޭންކުތަކުގެ ސީއީއޯ އިންނާއި މެނޭޖިން ޑިރެކްޓަރުންނެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި މަސައްކަތް ވިލަރެސްކުރާނީ އެ އިދާރާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިންނެވެ. މިއީ މާލީ ނިޒާމުގެ ތެރެއިން މަނީ ލޯންޑަަރިން އާއި ޓެރަރިޒަމް ފައިނޭންސިންގެ މައްސަލަތައް ދެނެގަންނަން އޮންނަ ހާއްސަ ޔުނިޓެކެވެ. 

ޑޮލަރުގެ ތާށިކަން ބޮޑުވާތީ ވަގު ޓީޓީ ހުއްޓުވަން މަސައްކަތް ފަށައިފި

ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ބޭންކިން ނިޒާމުގެ ތެރެއިން ދާއިމީ ހައްލެއް ހޯދައިދިނުމަށް އެމްއެމްއޭއިން ވަނީ މަސައްކަތް ފަށާފަ. މީގެ އިތުރުން، ބޭންކުތަކުން ޑޮލަރު ހޯދުމަށް ހަދާ "ވަގު ޓީޓީ" ތައް ހުއްޓުވުމަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ގުޅިގެން ހާއްސަ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުން.

މި އެމްއޯޔޫގައި ސޮއިކޮށްފައި މި ވަނީ ޑޮލަރު މައްސަލައިގައި ސަރުކާރުން އަޅާ ފިޔަވަޅުތައް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓީޓީތަކަށް ގެންނަ މުދާ މޮނިޓާކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވުމަށް ފަހުގަ އެވެ.

އެ ދުވަހު މުނައްވަރު ވިދާޅުވީ އިމްޕޯޓް މުދާ ބޭރުން ގެންނައިރު ފޭކް ޓީޓީ ހަދައިގެން ބޭންކުތަކުން ދޫކުރާ ބޭރު ފައިސާގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ހޯމް ލޭންޑް މިނިސްޓްރީއަކު އިތުރަށް މޮނިޓަކުރުމަށްޓަކައި ހާއްސަކޮށް އިމްޕޯޓްމުދާ ބޭރުން ގެންނައިރު ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ޓީޓީ ހެދިގެން އެބަދޭ ފޭކް ޓީޓީގެ ގޮތުގައި. މާނައަކީ ބޭރު ފައިސާ ބޭންކުތަކަށް މިދޭއިރު ވެސް އޭގެ ނާޖާއިޒު ފައިދާ [ނެގުން] ހުއްޓުވުމަށްޓަކައި އަޅުގަނޑުމެންގެ ސިސްޓަމެއް ހެދި މިހާރު ވަނީ ގާތްގަނޑަކަށް ލައިވްކުރުމުގެ މަސައްކަތުގައި،" މުނައްވަރު ވިދާޅުވި އެވެ. 

ގަވަރުނަރު ވިދާޅުވި ގޮތުގައި މިއީ ޑޮލަރު ބޭރުވާ މައްސަލަ އާއި ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox