ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު އަށް މިލިއަން ސިނގިރޭޓު އަތުލައިގަނެފި

ކަސްޓަމުން މީގެކުރިން ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓުތަކެއް އަތުލައިގަތުން -- ފޮޓޯ: ކަސްޓަމްސް

ކަސްޓަމުން މީގެކުރިން ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓުތަކެއް އަތުލައިގަތުން -- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ކަނޑުމަގުން ސިއްރުން އެތެރެކުރަން އުޅުނު އަށް މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމް ސާވިސްއިން އަތުލައިގަނެފި އެވެ. 

ކަސްޓަމުން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމަންޓެއްގައި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނުގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓް ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނުނީ 8،527،480 ސިނގިރޭޓް ސްޓިކް ކަމަށެވެ. 

މި މައްސަލައިގައި ހިމެނޭ ސިނގިރޭޓުތައް ކަސްޓަމުގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމުން ބުންޏެވެ. 

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމިތާ ދެ އަހަރު ނުވަނީސް، އެ ނިންމުން ބަދަލުކޮށް ޑިއުޓީ އަލުން ވަނީ ކުޑަކޮށްފަ އެވެ. މިގޮތަށް ސަރުކާރުން ނިންމާފައިވަނީ ސިނގިރޭޓު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ފޭކު ސިނގިރޭޓު ދައުރުވާ މިންވަރު އިތުރުވުމުންނެވެ. 

ސިނގިރޭޓު ޑިއުޓީ އަގުހެޔޮކުރުމުން ސިނގިރޭޓު ފޮށީގެ އަގު 240ރ. އިން 150ރ. އަށް ވަނީ ވެއްޓިފަ އެވެ. އޭގެތެެރެއިން ބައެއް ބްރޭންޑްގެ ސިނގިރޭޓް ފޮށި މިހާރު 120ރ. އަށް ލިބެ އެވެ. އޭގެއިތުރުން ފޭކު ސިނގިރޭޓު ދައުރުވާ މިންވަރުވެސް މިހާރު ވަނީ މަދުވެފަ އެވެ. 

ސަރުކާރުން މި ބަދަލު ގެނައީ ކަޅު ބާޒާރުގައި ފޭކު ސިނގިރޭޓު އާންމުވުން ހުއްޓުވުމަށާއި ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ރަސްމީކޮށް މިހާތަނަށް ވެސް އެކަމާ ގުޅިގެން އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox