ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު އޮޔާދިޔަ މައްސަލަ އެންއައިސީން ތަހުގީގު ކުރަނީ

ނަގިލި ކަހާލައިގެން ގޮސް ބޯޓު ބުރިޖަށް އުރިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ނަގިލި ކަހާލައިގެން ގޮސް ބޯޓު ބުރިޖަށް އުރިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ހާދިސާގައި ކަސްޓަމްސްއިން ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައިވޭތޯ ބެލުމަށް ތަހުގީގެއް ހިންގަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމައިފި އެވެ.

އެ މައްސަލައިގައި ތަހުގީގެއް ކުރަން ނިންމާފައިވާކަން އެންއައިސީން ހާމަކުރީ ސޯޝަލްމީޑިއާގައި މިރޭ ކުރި ޕޯސްޓެއްގަ އެވެ.

"މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނުކަމުގެ ހަބަރުތަކާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގާނޫނާއި ގަވާއިދާއި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބެލުމަށް ގާނޫނު ނަންބަރު، 27/2015 ގެ 37 ވަނަ މާއްދާގެ ދަށުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ތަހުގީގުކުރަން ވާނީ ނިންމަވައިފަ،" އެ ކޮމިޝަނުން ކުރި ޕޯސްޓުގައި ބުންޏެވެ.

މި މަހުގެ 10، ގައި ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ އެއްވެސް ހުއްދައަކާ ނުލައި އޭޕްރިލް 26، ގައި ރާއްޖެއަށް ވަތް ދެ ބޯޓެވެ. ނަމަވެސް، އެ ދެ ބޯޓުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް އެނގުނީ އޭގެ ހަފުތާއެއް ފަހުން، މާލެ ކައިރީގައި އެ ބޯޓުތައް އަޅާފައި އޮއްވަ އެވެ.

ބްރިޖަށް އުރުނު ދެ ބޯޓު: ރާއްޖެއަށް ވަގަށް އެތެރެވުމާއި ދިޔަވެ ފެތުމާ ހަމައަށް ހުސް އިހުމާލު!

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ޑްރޯން ބޭނުންކޮށްގެން ބަލަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވަނިކޮށް، ބޭރުގެ ދެ ބޯޓެއް ވަގަށް އެތެރެވުމާއި މި ދެ ބޯޓު ރާއްޖޭގެ ސަރަހައްދުގައި ހަފުތާއެއް ވަންދެން އޮތްއިރުވެސް ކަމާބެހޭ ފަރާތްތަކަށް އެކަން އެނގިފައި ނުވުމަކީ ކަންބޮޑުވުމެކެވެ.

ކަމުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުނީ އެފަދަ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރަށް އެ ދެ ބޯޓު ރައްކާތެރި ތަނަކަށް ގެންގޮސް ބަނދަރުޖަހަން މީގެ ދޮޅު މަސްކުރިން އޮތީ ނިންމާފައި ކަމަށެވެ.

އެކަން ކުރަން ނިންމާފައި އޮތީ ސިފައިންނާއި އެމްޕީއެލްގެ ބެލުމުގެ ދަށުން ކަމަށާއި، އެކަމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ނަމަ، ފުލުހުންގެ އެހީތެރިކަން ހޯދަން ވެސް އޭރު ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. 

އެ ދެ ބޯޓުގައި ވެސް ދަތުރުކުރާއިރު ދިއްލަން ލާޒިމުކުރާ ނެވިގޭޝަން ލައިޓުތައް ނުދިއްލޭ ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމުގެ ޝަކުވާ ކުރަމުންދިޔަކަމަށް ވެސް މި ނޫހަށް އެނގިފައިވެ އެވެ.

އަދި، އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގައި ނަގިއްޔެއް ނެތްކަމަށާއި، އިންޖީނު ވެސް މަސައްކަތް ކުރަނީ އެންމެ ބޯޓެއްގައިކަމަށް މި ނޫހަށް މައުލޫމާތު ވަނީ ލިބިފަ އެވެ. 

މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ ރައްކާތެރިކޮށް ބަނދަރުޖެހުމަށް އެ ދެ ބޯޓު ގެންދަން ނިންމާފައި އޮތީ ތިލަފުށްޓަށެވެ. އަދި، އެކަމަށް ބޭނުންވާ ހުއްދަ އެޗްޑީސީން އޮތީ ޖުލައި މަހުގެ ތެރޭގައި ދީފައި ކަމަށް އެ މީހުން ބުންޏެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ ދެ ބޯޓެވެ. އެ ދެ ބޯޓަކީ ވެސް ރިޕަބްލިކް އޮފް ހައިޓީގެ ރެޖިސްޓްރީގައި އޮތް، އެހެންނަމަވެސް، ވެރިފަރާތް ކަށަވަރު ނުކުރެވޭ ދެ ބޯޓުކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox