ކައުންސިލުތަކުން އިހުތިޖާޖަށް ނުނިކުމެއްޖެ ނަމަ ލާމަރުކަޒީ ނިޒާމު ގެއްލިދާނެ: ނަޝީދު

ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި: ނަޝީދު ވިދާޅުވަނީ ކައުންސިލަރުންގެ އިހުތިޖާޖުގައި ވޯޓު ދިން ރައްޔިތުން ބައިވެރިވާނެ ކަމަށް --- ފޮޓޯ: އަދަދު

ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި: ނަޝީދު ވިދާޅުވަނީ ކައުންސިލަރުންގެ އިހުތިޖާޖުގައި ވޯޓު ދިން ރައްޔިތުން ބައިވެރިވާނެ ކަމަށް --- ފޮޓޯ: އަދަދު

ކައުންސިލުތަކުގެ އާމްދަނީ އާއި ބިންތައް ސަރުކާރަށް ނަގަން ގާނޫނުތައް ބަދަލުކުރަމުންދާއިރު، ކައުންސިލުތަކުން ދިގުމެދިގެންދާ އިހުތިޖާޖަށް ނުނިކުމެއްޖެ ނަމަ ލާމަރުކަޒީ ނިޒާމު އެކަށް ގެއްލިގެން ހިނގައިދާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުގައި އެމަނިކުފާނު މިހެން ވިދާޅުވީ، ކައުންސިލުތަކުގެ ބާރުުތައް އިތުރަށް ނިގުޅައިގަަންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަމުންދާ ބަދަލުތައް ފާހަގަކުރައްވަމުންނެވެ. 

އެ ގޮތުން ނަޝީދު ވިދާޅުވީ، ކައުންސިލު އިންތިހާބުގައި ނާކަމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުން ކައުންސިލުތަކުގެ އާމްދަނީ އާއި ބިން އަތުލަން ސަރުކާރުން ގާނޫނަށް އިސްލާހުތައް ގެންނަމުންދާ ކަމަށެވެ. މި ކަމުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ކައުންސިލުތަކުން ކުރާ އިހުތިޖާޖުގައި، ރައްޔިތުން ބައިވެރިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކުގެ މައްސަލައިގައި މީގެ ކުރިން ވެސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން މިއީ ސަރުކާރުން ވިސްނާނުލައި ގެންނަން އުޅޭ ބަދަލުތަކެއް ކަމަށް ބުނެ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ސަރުކާރުން ބޭނުން ވެގެން ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ދަށުން ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ހުރި ބިންތައް ނެގޭނެ އިޖުރާއަތުތައް ވަނީ ފަސޭހަކޮށްފަ އެވެ. މި ބަދަލުތަކަކީ، ސަރުކާރު ހިންގާ ޕީއެންސީން ބުނާ ގޮތުގައި، ރަށްރަށުގެ ކައުންސިލުތަކުން ތަރައްގީއަށް ހުރަސް އަޅަމުންދާތީ ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކެކެވެ. 

މިހެން ނަމަވެސް ރަށްރަށުގައި ކައުންސިލުތަކާއި އިދިކޮޅާއި ބައެއް މަދަނީ ޖަމިއްޔާތަކުން ވަނީ އެ ވާހަކަތައް ދޮގުކޮށް، މި ގޮތަށް ބަދަލުތައް ނުގެންނަން ގޮވާލާފަ އެވެ. އަދި ގިނަ އަދަދަކަށް ސޮއި ހޯދުމަށް ފަހު މި ބަދަލުތައް ނުގެންނަން ގޮވާލާ ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. 

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބޭ ބިލު މަޖިލީހުން ފާސްކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ފާސްކުރީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް އިދިކޮޅު މެންބަރުން ހުށަހެޅި އިސްލާހުތަކަށް އަމަލުކުރުމެއް ނެތިއެވެ.

މި ހުރިހާ އެންމެންގެ ކަންބޮޑުވުންތަކާއި ދެކޮޅު ހެދުންތަކަށް އެއްވެސް ވަރަކަށް އިޖާބަ ނުދީ، ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީއެންސީގެ މެންބަރުން ވަނީ ކައުންސިލުތަކުގެ ބާރުތައް ހަނިވާ ގޮތަށް ބޭނުންވި ހުރިހާ ބަދަލުތަކެއް ގެންނަން އިއްޔެ ފާސްކޮށްފަ އެވެ. މި ބަދަލުތައް ގާނޫނުގައި ހިމަނާނީ ރައީސް މުހައްމަދު މުއިއްޒު މި ބިލު ތަސްދީގުކުރެއްވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox