ތިނަދޫގައި އެއާޕޯޓެއް އަޅައިފިއްޔާ ރަށުގެ ތަރައްގީއަށް ހުރަސް އެޅޭނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ތިނަދޫގައި އެއާޕޯޓެއް އެޅުމުގެ ބަދަލުގައި ކައިރީގައި އޮތް އެއާޕޯޓު ތަރައްގީކުރަން ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ތިނަދޫގައި އެއާޕޯޓެއް އެޅުމުގެ ބަދަލުގައި ކައިރީގައި އޮތް އެއާޕޯޓު ތަރައްގީކުރަން ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި

ގދ. ތިނަދޫގައި އެއާޕޯޓެއް ތަރައްގީކޮށްފިއްޔާ، އެ ރަށުގެ ތަރައްގީއަށް ހުރަސް އެޅޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

ތިނަދޫގައި ބޭއްވި "އާބާދީ 60" ޖަލްސާގައި ނަޝީދު ވިދާޅުވީ ތިނަދޫގައި އެއާޕޯޓެއް އެޅުމާ ގުޅޭގޮތުން ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށާއި އެ ރަށުގައި އެއާޕޯޓެއް އެޅުމުގެ ބަދަލުގައި ތިނަދޫ ކައިރީގައި އޮތް ކާޑެއްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރަން ފެންނަ ކަމަށެވެ. 

"މިތަނުގައި [ގދ. ތިނަދޫ] ގައި އެއާޕޯޓެއް ހައްދަވައިފިނަމަ ތިބޭފުޅުންގެ ތަރައްގީއަށް އެ އެޅެނީ ބޮޑު ހުރަހެއް. ތިބޭފުޅުންނާ ޖެހިގެން އޮތް ރަށުގައި އެއޮތީ ހަތް މިނެޓު، ފަސް މިނެޓު ދުރުގައި އެއާޕޯޓެއް. އެތަން އަވަހަށް ތަރައްގީކުރުމަށް އަވަހަށް ނިންމަވަންވީ. އަޅުގަނޑަށް ޔަގީން ތިނަދޫ ރައްޔިތުން ވިސްނާނެކަން. އަޅުގަނޑަކަށެއް ނޯޅޭ އެ ރައްޔިތުންގެ ތޫނުކަމާއި ވިސްނުންތެރިކަމެއް. އެ ރައްޔިތުން އަބަދުވެސް ނިންމަމުން ގެންދާނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް،" ނަޝީދު ވިދާޅުވި އެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރަށްރަށުގެ ދިރުންތައް ހިމާޔަތް ކުރެވޭނެ ގޮތްތައް ހޯދައި، ގުދުރަތީ ރޭވުންތެރިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އެގޮތުން ފަރެއް އޮތިއްޔާ ހިއްކާލުމުގެ ސަބަބުން އެންވެރިކަން ދަށްވަމުންދާކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ. 

"އެބަ އާދޭ އެނގޭތޯ މޫސުމަށް ބަދަލު. އަޅުގަނޑުމެންގެ ފަރުތަކާއި، އަޅުގަނޑުމެންގެ ފަޅުތަކާއި، އަޅުގަނޑުމެންގެ ތުނޑިތަކާއި، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ހިމާޔަތް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ވިސްނާން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

"ގުދުރަތީ ރޭވުން ހަނދާން ނައްތައިގެން އަޅުގަނޑުމެން ނުވާނެ. އެން ދަމާ، ދަމާ، ދަމާ، ދަމާ ގޮސް ދަމާނެ އެމެއް ނެތި މަސްވެެރިކަން ހީނަރުވެދަނީ. އަޅުގަނޑުމެން ވިސްނަން ޖެހޭނެ. ފަރެއް އޮތިއްޔާ ހިއްކާލާނެ. ހިއްކީމާ ދެން އެމެއް ނާރާނެ." 

މީގެއިތުރުން ތަރައްގީއަކީ މާލެ ކަމަށް ހިތަށް ވައްދާފައިވީ ނަމަވެސް، ތިނަދޫއަކީ މާލެއެއް ކަމަށް ހަދަން އުޅެފިނަމަ މުޅި ރާއްޖެއަށް އޭގެ ގެއްލުން ލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރަށުގެ ދިރުންތައް ބަހައްޓައިގެން ތަރައްގީ ހޯދޭނެ ކަމަށެވެ.

ނަޝީދު ވަނީ މީގެ ކުރިންވެސް ކައިރި ކައިރީގައި އެއާޕޯޓުތައް އެޅުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ކައިރިކައިރީގައި އެއާޕޯޓު އެޅުމަކީ ބޮޑު އިސްރާފެކެވެ. 

ކޮންމެ ރަށަކުން 20-30 މިނެޓުން ދެވޭނެ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރާއްޖޭގެ މައި ދެ ސިޔާސީ ފިކުރުން ވެސް ވެރިކަމަށް އައުމަށް ވި ވައުދެކެވެ. އެމްޑީޕީ ސަރުކާރުން ވެސް ގިނަ އެއާޕޯޓުތަކެއް ތަރައްގީ ކުރަން ފެށިއިރު މި ސަރުކާރުން ވެސް އެ ސިޔާސަތު ބަދަލުކުރުމެއް ނެތި އަންނަނީ ތަންފީޒު ކުރަމުންނެވެ.

ކޮންމެ އެއާޕޯޓެއް ހިންގުމަކީ ވެސް ބޮޑު ހަރަދުތަކެއް ދާނެ ކަމެއް ކަމަށްވާއިރު ފައިދާވާނެ ގޮތަށް ރާއްޖޭގައި ގިނަ އެއާޕޯޓުތަކެއް ނުހިންގޭނެ އެވެ. ގިނަ އެއާޕޯޓުތަކަށް ދުވާލަކު އެއް ފްލައިޓު ވެސް ނޯންނައިރު ބައެއް އެއާޕޯޓުތަކަށް ހަފްތާއަކު ޖައްސަނީ އެއް ފްލައިޓެވެ. އެހެންވެ ގިނަ އެއާޕޯޓުތައް ހިންގަނީ ގެއްލުމުގަ އެވެ.

ރާއްޖެއަކީ މާ ބޮޑު އޭވިއޭޝަން އިންޑަސްޓްްރީއެއް އޮތް ގައުމެއް ނޫނެވެ. އަދި އެ އިންޑަސްޓްރީން ފައިދާ ނެރެވޭނެ ވަރުގެ އާބާދީއެއް އޮތް ގައުމެއް ނޫނެވެ. އެއާޕޯޓުތައް އަޅަމުން އަންނަނީ ސިޔާސީ ވައުދުތަކެއް ތަންފީޒު ކުރުމުގެ ގޮތުން ކަމަށްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox