ޔޫރަޕް މުބާރާތެއް ނުކުޅޭ ޗެލްސީ ދަނޑު ޝަކްޓާ އަށް ކުއްޔަށް ދޭން ނިންމައިފި

Aug 21, 2026, 9:44 PM
ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖް.

ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖް.

ލަންޑަން (އޮގަސްޓް 21) - މި ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ލިބިފައި ނެތް، ޗެލްސީގެ ސްޓޭޑިއަމް، ސްޓެމްފޯޑް ބްރިޖު، ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކުން ޗެމްޕިއަންސް ލީގުގައި ކުޅޭއިރު ހޯމް ސްޓޭޑިއަމެއްގެ ގޮތުގައި ބޭނުންކުރަން ކުއްޔަށް ދޭން ނިންމައިފި އެވެ. 

މިދިޔަ ސީޒަނުގައި ޗެލްސީން، އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި ނިންމިިއިރު، އިނގިރޭސި ކަޕް މުބާރާތެއް ކާމިޔާބުކޮށްގެން، ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތެއް ކުޅެން ވެސް ޖާގައެއް ލިބޭ ގޮތެއްނުވި އެވެ.

އެހެންކަމުން، ޗެލްސީ އަށް މި ސީޒަނުގައި އޮތީ އިނގިރޭސި ފުޓްބޯޅައިގެ ޑޮމެސްޓިކް ތިން މުބާރާތެވެ. އެއީ، ޕްރިމިއާ ލީގާއި ލީގު ކަޕް (ކަރަބާއޯ ކަޕް) އަދި އެފްއޭ ކަޕް އެވެ. 

Advertisement

ޔޫކްރެއިންގެ ގަދަބާރު، ޝަކްޓާ ޑޮނެސްކްގެ ހޯމް ސްޓޭޑިއަމް ކަމަށްވާ ޑޮންބާސް އެރީނާގައި އެ ޓީމުގެ ހޯމް މެޗުތައް ކުޅެވެން ނެތެވެ. އެއް ސަބަބަކީ ރަޝިއާ އާއި ޔޫކްރެއިންގެ ދެމެދުގައި ހިނގާ ހަނގުރާމައިގެ ސަބަބުން، ސަލާމަތީ ކަންކަމާ ގުޅޭގޮތުން، ޔަގީންވާން ޖެހޭ ކަންކަން ފުރިހަމަނުވާތީ އެވެ. 

ޝަކްޓާ އިން 2014 ވަނަ އަހަރުގެ ފަހުން އެ ޓީމުގެ ދަނޑުގައި ޔޫރަޕްގެ މުބާރާތްތަކުގެ މެޗުތައް ހޯސްޓްކޮށްފައިނުވެ އެވެ. ޔޫކްރެއިން އާއި ރަޝިއާ ހަނގުރާމައިގެ ކުރިން ވެސް ޑޮނެސްކްގައި މެޗުތައް ހޯސްޓްކުރުން އެކި ސަަބަބުތަކާ ހުރެ ވަނީ އުނދަގޫވެފަ އެވެ. އެ ގޮތުން، ޝަކްޓާގެ މެޗުތައް މީގެ ކުރިން ޖަރުމަނާއި ސްލޮވީނިއާ އަދި ޕޮލެންޑްގައި ވެސް ކުޅެފައިވެ އެވެ. 

ޗެލްސީން ބުނީ، ޝަކްޓާގެ އެދުމާ އެއްގޮތަށް، ސްޓެމްފޯޑް ބްރިޖުގައި، ޝަކްޓާގެ ހޯމް މެޗުތައް ކުޅެން ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި ފާއިތުވި އަހަރުތަކުގައި ޝަކްޓާގެ ހޯމް މެޗުތައް އެކި ގައުމުތަކުގައި ކުޅެފައިވާއިރު، މި ފަހަރު ޗެލްސީން އެ ފުރުސަތު ދޭން ނިންމީ ކަމަށެވެ. ޝަކްޓާގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ސްޓެމްފޯޑް ބްރިޖު ހަމަޖައްސަން، ޔުއެފާ އިން އަދި އިންސްޕެކްޝަންތަކެއް ކުރިއަށްގެންދާނެ އެވެ. 

ޗެލްސީގެ ދަނޑު، ސްޓެމްފޯޑް ބްރިޖުގައި ޝަކްޓާގެ މެޗުތައް ކުޅެން ފުރުސަތު ދޭން ނިންމި ނިންމުމަށް އެ ކްލަބްގެ މެނޭޖްމަންޓުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، މެޗުތައް ކުޅެން ސްޓެމްފޯޑް ބްރިޖު ކުއްޔަން ދޫކުރަން ޝަކްޓާ އަތުން ޗެލްސީން ނަގަން ނިންމާފައިވަނީ ރަމްޒީ ކުޑަ ފީ އެކެވެ. އެ ގޮތުން، މި ވަގުތު ކޮންޓްރެކްޓް ހަދާފައި އޮތް ގޮތުން، ހަތަރު މެޗަށް އެކަނި ވެސް 7 މިލިއަން ޑޮލަރު އަރަ އެވެ. 

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox