މައްސަލަތަކެއް ޖެހި ބޯލީ ޗެލްސީގެ ހިއްސާ ވިއްކާލަނީ

Aug 18, 2026, 11:39 AM
ޗެލްސީގެ އެއް ހިއްސާދާރު ކަމަށްވާ ޓޮޑް ބޯލީ: އޭނާ އަންނަނީ ކްލަބްގައި އޮތް ހިއްސާގެ ބައެއް ވިއްކާލަން ތައްޔާރުވަމުން.

ޗެލްސީގެ އެއް ހިއްސާދާރު ކަމަށްވާ ޓޮޑް ބޯލީ: އޭނާ އަންނަނީ ކްލަބްގައި އޮތް ހިއްސާގެ ބައެއް ވިއްކާލަން ތައްޔާރުވަމުން.

ލަންޑަން (އޮގަސްޓް 18) - ޗެލްސީ ހިންގަމުން އަންނަ ކޮންސޯޓިއަމް ގްރޫޕްގައި ހިމެނޭ އިސް ފަރާތެއް ކަމަށްވާ ޓޮޑް ބޯލީ، އޭނާގެ ހިއްސާގެ ބައެއް، ކްލަބްގެ މެޖޯރިޓީ ހިއްސާދާރުން ކަމަށްވާ ކްލިއަލޭކް ކެޕިޓަލް އަށް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕް، ބްލޫކޯ އިން 2022 ވަނަ އަހަރު، ޗެލްސީ ގަތީ 5.2 ބިލިއަން ޑޮލަރަށެވެ. ބޯލީ އަކީ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި މި ގްރޫޕްގައި ހަރަކާތްތެރިވި ފަރާތެއް ނަމަވެސް، އެ ކްލަބުން އިސް މަގާމަށް ހަމަޖައްސަން ނިންމީ ބޯލީ އެވެ. އެއީ، ކުޅިވަރު ކްލަބްތައް ހިންގުމުގައި އޭނާގެ ތަޖުރިބާ އަށް ބަަލައިފަ އެވެ.

ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް އަތުން ޗެލްސީ ގަންނަން ކޮންސޯޓިއަމް ގްރޫޕުން ހެދި ޑީލަށް ބަލާއިރު، ކްލިއާލޭކް ކެޕިޓަލް އިން ޗެލްސީގެ 61.5 ޕަސެންޓް ހިއްސާ ގަތެވެ. ބާކީ 38.5 ޕަސެންޓް ހިއްސާ އަކީ ބޯލީ އާއި ހަންސްޖޯގް ވައިސް އަދި މާކް ވޯލްޓާ އަށް އެއްވަރަށް ބަހާލައިފައިވާ ހިއްސާތަކެކެވެ.

ފިނޭންޝިއަލް ޓައިމްސް އިން ރިޕޯޓްކުރާގޮތުގައި، ޗެލްސީގެ ލީޑަޝިޕްގައި ގިނަ މައްސަލަތަކެއް ހިނގާތާ އަހަރަކަށް ވުރެން ގިނަ ދުވަސްވަނީ ވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެންމެ ބޮޑަށް މައްސަލަ ޖެހިފައި އޮތީ ބޯލީގެ ހިންގުމުގެ ވައްޓަފާޅިއާ މެދު ހިތްހަަމަނުޖެހުން ފާޅުކޮށް، ކްލިއަލޭކް ކެޕިޓަލްގެ ކޯ ފައުންޑަރު، ބެހެދާދު އެގްބާލީ، ކްލަބްގެ ބޯޑު މެމްބަރުންގެ މެދުގައި ދައްކަވަމުން އަންނަ ވާހަކަތަކެވެ. 

އެއާ އެކު، މިހާރު ބޯލީ އާއި ވޯލްޓާ ނިންމާފައިވަނީ ޗެލްސީގައި އެ ދެ މީހުންގެ ހިއްސާ އިން ބައެއް ވިއްކާލުމަށް ކަަަމަށް ރިޕޯޓްތައް ބުނެ އެވެ. 

މި ނިންމުމާ ބެހޭގޮތުން، މީޑިއާގައި އަޑުގަދަވެފައިވާ މި ދަނޑިވަޅަކީ، އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުންނާއި އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ވޯލްޓާއާ ގުޅޭ 21 ބިލިއަން ޑޮލަރުގެ ޓެކްސް އަށް މަކަރު ހަދާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ވަގުތެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox