ޔުނައިޓެޑަށް ތައުރީފުކުރަން ޓީލަމަންސް އަށް ދެކެވުނު ވާހަކަ އަކަށް ވިލާ ސަޕޯޓަރުން ކައިރިން މާފަށް އެދެފި

Aug 14, 2026, 6:48 PM
މެންޗެސްޓާ ޔުނައިޓެޑްގެ ޕްރީ ސީޒަން ދަތުރެއްގެ ތެރެއިން ޓީލަމަންސް.

މެންޗެސްޓާ ޔުނައިޓެޑްގެ ޕްރީ ސީޒަން ދަތުރެއްގެ ތެރެއިން ޓީލަމަންސް.

މެންޗެސްޓާ (އޮގަސްޓް 14) -  މެންޗެސްޓާ ޔުނައިޓެޑަށް ތައުރީފުކުރަން ބެލްޖިއަމްގެ މިޑްފީލްޑަރު، ޔޫރީ ޓީލަމަންސް އަށް ދެކެވުނު ވާހަކަ އަކަށް އެސްޓަން ވިލާ ސަޕޯޓަރުން ކައިރިން މާފަށް އެދެފި އެވެ. 

އުމުރުން 29 އަހަރުގެ ޓީލަމަންސް، އެސްޓަން ވިލާ ދޫކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑަށް ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ލެސްޓާ ސިޓީ، 2023 ވަނަ އަހަރު ރެލިގޭޓްވުމުން، ހިލޭ ޓްރާންސްފާއެއްގައި ވިލާ އަށް ބަދަލުވި ޓީލަމަންސް ވަނީ އެ ޓީމަށް 134 މެޗުން 10 ގޯލު ޖަހައިދީފަ އެވެ. ޓީލަމަންސް އަކީ މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ވިލާ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. 

ޔުނައިޓެޑުން ޓީލަމަންސްގެ ސޮއި ހޯދީ އޭނާ ވިލާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ 40 މިލިއަަން ޑޮލަރު ދީފަ އެވެ.

Advertisement

ފްރާންސްގެ މޮނާކޯ އިން އިނގިރޭސި ޕްރިމިއާ ލީގަށް 2019 ވަނަ އަަހަރު ބަދަލުވި ޓީލަމަންސް، ޔުނައިޓެޑްގެ ޕްރީ ސީޒަން ޓުއާގެ ތެރެއިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކެރިއަރުގެ އެންމެ ރަނގަޅު ލެވަލަށް ގެނައުމަށްޓަކައި އެސްޓަން ވިލާ އިން އެހީވި ކަމަށެެވެ. އެކަމަކު، ވިލާ އަށް ވުރެން ލެވަަލް މަތި ކްލަބްތަކެއް އެބައޮތް ކަމަށާއި މެންޗެސްޓާ ޔުނައިޓެޑަކީ އޭގެއިން އެއް ޓީމު ކަމަށް ޓީލަމަންސް ވަނީ ބުނެފަ އެވެ. 

އެއާ އެކު، އެސްޓަން ވިލާގެ ގިނަ ސަޕޯޓަރުންނެއް ޓީލަމަންސްއާ މެދު ނުރުހުންފާޅުކުރި އެވެ. ގިނަ ސަޕޯޓަރުންގެ ޝުއޫރުތައް ހުރީ، ޓީލަމަންސް ބޭނުންކުރި އިބާރާތްތަކަކީ، ވިލާ އަށް އިހުތިރާމް ކުޑަ ކަމެއްގެ ގޮތުގަ އެވެ. 

ސަޕޯޓަރުންގެ ފާޑުކިޔުންތަކާ އެކު، އެ އަށް އަމާޒުކޮށް، ޓީލަމަންސް ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފަ އެވެ. އެ ގޮތުން، ޓީލަމަންސް ބުނެފައިވަނީ، މީޑިއާގައި ވާހަކަ ދެއްކިއިރު، އެއީ، އެއްވެސް ސިފައެއްގައި ވިލާއާ ގުޅުން ހުރި އެއްވެސް މީހަކު ރުޅި އަރުވަން ބުނި އެއްޗެއް ނޫން ކަމަށެވެ. 

"އެސްޓަން ވިލާ އަށް އަހަރެން ވަރަށް އިހުތިރާމް ކުރަން. މިދިޔަ ތިން އަހަރަށް ޓަކައި އަހަރެން ވަރަށް ޝުކުރުވެރިވަން. އަހަންނަށް ގޯހެއް ހެދިއްޖެކަން ގަބޫލުކުރަން. ބޭނުންކުރެވުނީ އެންމެ ރަނގަޅު ބަސްތަކެއް ނޫން. އެ ކަަމަށް ކުރިމަގުގައި ވަރަށް ސަމާލުވާނަން. އެސްޓަން ވިލާ އަށް އަބަދުވެސް ކާމިޔާބަށް އެދެން،" ޓީލަމަންސް، އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ބެލްޖިއަމް ގެންގޮސްދޭން މުހިންމު ރޯލެއް ކުޅުނު ޓީލަމަންސް، ޔުނައިޓެޑާ އެކު ހެދި ކޮންޓްރެކްޓް ހަމަވާނީ، 2031 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެެވެ. 

މިދިޔަ ސީޒަނުގައި، ފައިގެ ކުޑަހުޅާއި ކުޑަކަޅުވާ އަށް ލިބުނު އަނިޔާއާ ހެދި، ހުރިހާ މުބާރާތަކަށް ބަލާއިރު، ވިލާ އިން ކުޅުނު 35 މެޗެއްގައި ޓީލަމަންސް އަށް ނުކުޅެވުނެވެ. އެއީ، ފުޓްބޯޅަ ކެރިއަރު ފެށި ފަހުން، ޓީލަމަންސް އަށް އެއް ސީޒަނެއްގައި އެންމެ ގިނަ މެޗު ގެއްލުނު ފަަހަރެވެ. 

ބެލްޖިއަމްގެ އެންޑަލެކްޓް އިން 2013 ވަނަ އަހަރު, ސީނިއާ ކްލަބް ކެރިއަރު ފެށި ޓީލަމަންސް، މި ފަހަރުގެ ޕްރީ ސީޒަނުގައި ޔުނައިޓެޑަށް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox