އެންޑްރިކަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ އޮފާތަކެއް

Aug 10, 2026, 1:17 PM
ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކް: އޭނާ ރެއާލް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް.

ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކް: އޭނާ ރެއާލް ދޫކޮށްލުމުގެ ފުރުސަތު އެބައޮތް.

މެޑްރިޑް (އޮގަސްޓް 10) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް، އެންޑްރިކް އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކެއްގެ އޮފާ ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އެންޑްރިކް ގަންނަން ރެއާލުން އެއްބަސްވުމަކަށް އައީ އޭނާގެ އުމުރުން 18 އަހަރު ނުވަނީހެވެ. އެއީ، 2022 ވަނަ އަހަރު އެވެ. އެންޑްރިކް، ރެއާލަށް ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކުރީ 2024 ވަނަ އަހަރު އެވެ.

ރެއާލުން ވަނީ އެންޑްރިކްގެ މި ޑީލުގައި، ބްރެޒިލްގެ ޕަލްމެއިރަސް އަށް ޖުމްލަ އެކު، 85 މިލިއަން ޑޮލަރު ދައްކަން އެއްބަސްވެފަ އެވެ. މިދިޔަ، ސީޒަނުގެ ފަހު ހަ މަހުގައި، އެންޑްރިކް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައިވަނީ، ފްރާންސްގެ ލިޔޯނަށެވެ. 

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ އެންޑްރިކަށް އަންނަ ސީޒަނުގައި ފުރަތަމަ އެގާރައިން ކުޅުމުގެ ފުރުސަތު ލިބޭ މިންވަރު އިތުރުނުވާނަމަ، ލޯނަކަށް ނޫނީ ދާއިމީ ކޮންޓްރެކްޓެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. ރިޕޯޓްތައް ބުނާގޮތުން، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ ރެއާލްގެ ކޯޗު މޮރީނިއޯ އާއި އެންޑްރިކްގެ ބައްދަލުވުންތަކެއް ބާއްވަން އޮތީ ނިންމައިފަ އެވެ. 

އުމުރުން 20 އަހަރުގެ އެންޑްރިކް ހޯދަން އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރަމުން އަންނަ ކްލަބަކީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން، އެސްޓަން ވިލާ އެވެ. އެސްޓަން ވިލާ އިން އެންޑްރިކަށް ފާރަލަމުން އަންނައިރު، އޭނާގެ ސޮއި ހޯދުމަށްޓަކައި، އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރު ކްލަބްތަކަކުން ވެސް މަސައްކަތްކުރާ ކަމަށް ސްޕެއިނުގެ ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. 

ޒުވާން އުމުރުގައި ސީނިއާ ކެރިއަރު ފެށި އެންޑްރިކް އަކީ ގޯލާ ރަށްޓެހި ކުޅުންތެރިއެކެވެ. ޕަލްމެއިރާސް އަށް ކުޅުނު 82 މެޗުން 21 ލަނޑު ޖެހިއިރު، ރެއާލަށް ކުޅުނު 40 މެޗުން ހަތް ގޯލު ޖަހާފައިވެ އެވެ. އަދި، ލިޔޯނަށް ކުޅުނު 21 މެޗުން އަށް ލަނޑު ޖެހި އެވެ. ބްރެޒިލްގެ ސީނިއާ ގަައުމީ ޓީމަށް ކުޅެން ފެށި ފަހުން، 21 މެޗުގައި ލިބުނު ފުރުސަތުތަކުގައި ހަތަރު ގޯލު ޖަހާފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox