ބެނާޑޯ ސިލްވާ ޗުއްޓީގައި ފިޓްނަސް އަށް މަސައްކަތް ނުކުރާ ކަމަށް މޮރީނިއޯ ބުނެފި

Aug 9, 2026, 10:43 AM
ރެއާލް މެޑްެރިޑްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ، ރެއާލްގެ ޕްރެކްޓިހެއްގެ ތެރެއިން.

ރެއާލް މެޑްެރިޑްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ، ރެއާލްގެ ޕްރެކްޓިހެއްގެ ތެރެއިން.

ބުޑަޕެސްޓް، ހަންގޭރީ (އޮގަސްޓް 9) - ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ސޮއިކުރި ޕޯޗުގީސް މިޑްފީލްޑަރު، ބެނާޑޯ ސިލްވާ، ޗުއްޓީ ތެރޭގައި ފިޓްނަސް އަށް މަސައްކަތްކޮށްފައިނުވާ ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ. 

ކުރިން ބެންފީކާ އާއި މޮނާކޯ އަށް ކުޅުނު، އުމުރުން 31 އަހަރުގެ ބެނާޑޯ ސިލްވާ، މެންޗެސްޓާ ސިޓީ ދޫކޮށްލީ ނުވަ އަހަރު އެ ޓީމަށް ކުޅެދިނުމަށް ފަހު އެވެ. އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ޖޫން/ޖުލައި މަހު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބެނާޑޯ ސިލްވާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ އެންމެ މެޗެކެވެ. 

ޕްރީ ސީޒަންގައި ރެއާލުން ފެރެންޗްވަރޯސްއާ ދެކޮޅަށް ކުޅެ، 2-1 އިން މޮޅުވި މެޗުގައި ބެނާޑޯ ސިލްވާ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު، ރެއާލުން ކުޅެމުންދިޔަ ސްޕީޑާ އެއްވަރަށް ކުޅުން ހިފަަހައްޓަން އުނދަގޫވުމުން، މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯއާ ވަނީ އެކަމާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ. 

ފެރެންޗްވަރޯސްގެ ކުޅުންތެރިއަކު ކައިރިން ރެއާލް މެޑްެރިޑްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބޯޅަ ހިފައިގެންދަނީ.
ފެރެންޗްވަރޯސްގެ ކުޅުންތެރިއަކު ކައިރިން ރެއާލް މެޑްެރިޑްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބޯޅަ ހިފައިގެންދަނީ.

"އޭނަ (ބެނާޑޯ ސިލްވާ) އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އެކަމަކު، މިއީ ވަރަށް ބަދުނަސީބު ވަގުތެއް އޭނަ އަށް. އެއީ، ޗުއްޓީގައި މެންޓަލީ ރަނގަޅަށް ހުރެ ހަމަޖެހިލިޔަސް، ފިޒިކަލީ މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނެތް. އޭނަ ޕްރީ ސީޒަނަށް އައީ އެހެން ކުޅުންތެރިންނާ ބަލާއިރު ދަށް ލެވަލެއްގައި،" މޮރީނިއޯ ބުންޏެވެ. 

"ޔަގީންކަމެއް، އޭނަ ރަނގަޅުކުރަން އެބަޖެހޭ. އޭނަ އަކީ ޕްރޮފެޝަނަލެއް. ކުރަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް އެނގޭ ވަރުގެ ތަފާތު ކުޅުންތެރިއެއް،" 

ސިޓީން 2017 ވަނަ އަހަރު ބެނާޑޯ ސިލްވާގެ ސޮއި ހޯދީ މޮނާކޯ އަށް 55 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. ކްލަބް ލެވަލްގައި ހޯދޭނެ ބޮޑު ހުރިހާ ކާމިޔާބެއް ބެނާޑޯ ސިލްވާ ވަނީ މެންޗެސްޓާ ސިޓީގައި ހުރެ ހޯދައިފަ އެވެ. ރެއާލަށް ބަދަލުވުމަކީ، ކެރިއަރުގައި ތަފާތު ޗެލެންޖެއް ނެގުަމަށް ކުރި ކަމެއް ކަމަށް ބެނާޑޯ ސިލްވާ ވަނީ ބުނެފަ އެވެ. 

ރެއާލާ އެކު ބެނާޑޯ ސިލްވާ ސޮއިކޮށްފައިވާ އެގްރީމަންޓް އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެކަމަކު، ރެއާލްގައި ހޭދަކުރާ ދެ އަހަރުގެ ތެރޭގައި، ބެނާޑޯ ސިލްވާ، އެ ކްލަބްގައި ހުރެ ހާސިލްކުރާ ކަންކަމަށް ބަލާފައި، ރެއާލްގެ މެނޭޖްމަންޓުން އެދޭނަމަ، ތިން ވަނަ ސީޒަނަކަށް އެ ޓީމާ އެކު ކުރިއަށްދިއުމުގެ ފުރުސަތު މިހާރު އޮތް ކޮންޓްރެކްޓް ތެރެއިން ލިބިދެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox