ފެނަކައިން ވަކިކުރި 189 މުވައްޒަފުންގެ ހައްގުގައި އައްޑޫސިޓީގައި މާދަމާ ހެނދުނު މުޒާހަރާ ކުރަން ނިންމައިފި

އައްޑޫ ސިޓީ ހިތަދޫގެ މަތިން ފެންނަ ފޮޓޯއެއް --

އައްޑޫ ސިޓީ ހިތަދޫގެ މަތިން ފެންނަ ފޮޓޯއެއް --

އައްޑޫ ސިޓީގައި މަސައްކަތްކުރާ ފެނަކަ ކޯޕަރޭޝަންގެ 189 މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ހިތަދޫ ފެނަކަ އޮފީސް ދޮރުމަތީގައި މާދަމާ ހެނދުނު މުޒާހަރާއެއް ކުރަން ނިންމައިފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ މުޒާހަރާ ފަށަން ނިންމާފައި ވަނީ މާދަމާ ހެނދުނު 10:30 ގައި ހިތަދޫ ފެނަކަ އޮފީސް ކުރިމަތީގައި ކަމަށެވެ.

"ސިޔާސީ މަގާމުތައް އިތުރުކޮށް ނިކަމެތި ރައްޔިތުން ވަޒީފާއިން ވަކިކުރުމަކީ އަނިޔާއެއް ތަފާތު ކުރުމެއް، ފެނަކައިގެ އަނިޔާވެރި ސިޔާސަތާއި ދެކޮޅަށް ނިކުންނަވާ. އަވައޭޝުން، އަވަ ހިއްނެށުން،" އަލީ ނިޒާރު ލިޔުއްވާފައިވެ އެވެ.

ފެނަކަ އޮފީސް ދޮރުމަތީގައި ކުރަން ނިންމާފައިވާ އެ މުޒާހަރާއަށް ދީފައިވާ ނަމަކީ 'ބަނޑަފުރާނާއި ނިކޮޅު' އެވެ.

މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އައްޑޫ ރައްޔިތުން މުޒާހަރާކުރަން މޭޔަރު ނިޒާރު ގޮވާލައްވައިފި

މޭޔަރު ވިދާޅުވީ މި ނިންމުމުގެ ސަބަބުން އައްޑޫގެ އިގުތިސާދަށް ގެއްލުންވެ އާއިލާތައް ބިކަވާނެ ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކުރާ އިހުތިޖާޖުތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އައްޑޫ ފެނަކައިގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އެ ކުންފުނީގެ ވަޒީފާއިން ވަކިކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ އައްޑޫ ސިޓީގެ ތިން ދާއިރާ ތަމްސީލުކުރައްވާ، އަހުމަދު އަޒާން މަރުޒޫގު އާއި އިބްރާހިމް ދީދީ(އައިބީ) އަދި އިސްމާއިލް ނިޒާރުގެ އިރުޝާދުގެ ދަށުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ތުހުމަތު ކުރައްވަ އެވެ.

އެކަމާ ބެހޭގޮތުން މީގެކުރިން އަދަދުއާ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ވަޒީފާއިން ކަނޑާލާފައި ވަނީ އައްޑޫ ފެނަކައިގައި މަސައްކަތްކުރާ ސުޕަވައިޒަރު ލެވެލްއަށް ވުރެ ދަށް ފަންތީގެ މުވައްޒަފުން ކަމަށެވެ.

އެކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ފެނަކަ ކޯޕަރޭޝަންގެ 189 މުވައްޒަފުން ވަކިކުރުމާ ގުޅިގެން އެ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރަން ސ. ހިތަދޫ ފެނަކަ ވައިބާ ކޮމިއުނިޓީ ގްރޫޕް ވަނީ މިހާރު ހާއްސަކޮށްފަ އެވެ.

ވަކިކުރި 189 މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރަން ހިތަދޫ ފެނަކަ ވައިބާ ކޮމިއުނިޓީ ހާއްސަކޮށްފި

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގެ 189 މުވައްޒަފުން ވަކިކުރުމާ ގުޅިގެން، އެ މީހުންގެ ހައްގުގައި ވަކާލާތުކުރުމަށް "ހިތަދޫ ފެނަކަ" ވައިބާ ގްރޫޕްގެ ނަމާއި އަމާޒު ވަނީ ބަދަލުކޮށްފައި. މި ނިންމުމަކީ ސިޔާސީ ނުފޫޒުން އާއިލާތަކަށް ދިން ބޮޑު ދެރައެއްގެ ގޮތުގައި އެ ގްރޫޕުގައި ވަނީ ސިފަކޮށްފައި.

ގާތްގަނޑަކަށް 4،000 އަށްވުރެ ގިނަ މީހުން ތިބޭ އެ ވައިބާ ގްރޫޕްގެ ސުޕަ އެޑްމިންއަކު ވަނީ ގްރޫޕްގެ ނަން "ނާއިންސާފުން 189 މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް" އަށް ބަދަލުކޮށް، ގްރޫޕްގެ އައިކަންވެސް ހައްގުތައް ހޯދުމަށް ހިތްވަރުދޭ ލިޔުމެއް ހިމެނޭ ފޮޓޯއަކަށް ބަދަލުކޮށްފަ އެވެ.  އެ ގްރޫޕަކީ ކުރިން ހިތަދޫ ކޮމިއުނިޓީއަށް ބޭނުންވާ މެސެޖުތައް ފޯރުކޮށްދޭން ހިތަދޫ ފެނަކައިން ބޭނުން ކުރަމުންދިޔަ ގްރޫޕެކެވެ. 

ގްރޫޕަށް ސުޕަ އެޑްމިންއަކު ފޮނުވި މެސެޖެއްގައި ބުނީ ކުންފުނި "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި އެއްވެސް ހަމައެއް އިންސާފެއް ނެތި ހިތަދޫ އަދި މަރަދޫފޭދޫ ފެނަކަ އޮފީހުން 189 މުވައްޒަފުން ވަކިކޮށް މަގުމަތިކޮށްފައިވާ ކަމަށެވެ. 

އޭނާ ބުނީ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެންމެ ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ މީހުން ކަމަށެވެ. 

އައްޑޫގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުގައި މަސައްކަތްކުރާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ގެންދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާ އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ޕީސީބީން އެންގީ މިދިޔަ އޭޕްރިލް މަހު އެވެ. ޕީސީބީގެ އެ އެންގުމަކީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ ސަބަބުން، އެންެގި އެންގުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ސާކިއުލާއާ އެއްގޮތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވަކިކޮށް ނިންމުމަށް އަންގައި މިދިޔަ މަހުގެ 18، ގައި ޕީސީބީން ވަނީ އިތުރު ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާގައި އަންގާފައި ވަނީ ޖުލައި 13. އިން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމުމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox