މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އައްޑޫ ރައްޔިތުން މުޒާހަރާކުރަން މޭޔަރު ނިޒާރު ގޮވާލައްވައިފި

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން އެ ސިޓީގެ މޭޔަރު، އަލީ ނިޒާރު -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން އެ ސިޓީގެ މޭޔަރު، އަލީ ނިޒާރު -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ހުރަސްއަޅައި، އެ ސިޓީގެ ރައްޔިތުންނަށް އަނިޔާވެރިވަމުން ދާތީ އެކަމާ ދެކޮޅަށް އައްޑޫ ރައްޔިތުން މުޒާހަރާކުރަން މޭޔަރު އަލީ ނިޒާރު ގޮވައިލައްވައިފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު، ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސިޓީގެ ފެނަކައަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ރައްޔިތުން ވަޒީފާއިން ވަކިކުރުމަކީ އެތަކެއް އާއިލާއެއް ބިކަވެ، އައްޑޫގެ އިގުތިސާދަށް ބޮޑެތި ގެއްލުނެ ލިބޭނެ ނިންމުމެއް ކަމަށެވެ.

އަދި، އެ މުވައްޒަފުން ވަކިކުރީ ސީދާ އެ މީހުންގެ ސިޔާސީ ފިކުރަށް ބަލައިގެންކަން ޔަގީން ކުރެވޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މި އަނިޔާ އާއި ތަފާތުކުރުމާއި ދެކޮޅު ހަދަންޖެހޭ، އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމާއި ރައްޔިތުންނަށް އަނިޔާވެރިވުމާއި އަދި އޮޅުވައިލުން އިތުރުކޮށްފައިވުމާ އެކުއައްޑޫ ސިޓީގެ ރައްޔިތުން ސަރުކާރުގެ އަނިޔާވެރި ސިޔާސަތުތަކާ ދެކޮޅަށް ގާނޫނުއަސާސީން ކަށަވަރުވާ ހައްގުތަކުގެ ތެރެއިންނާއި ގާނޫނީ އިންތަކުގެ ތެރެއިން އިހުތިޖާޖަށް ނިކުތުމަށް ގޮވައިލަން،" ނިޒާރު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެ ޕޯސްޓު ނިންމަވައިލައްވަމުން ނިޒާރު ލިޔުއްވާފައި ވަނީ، މުޒާހަރާއަށް ނުކުންނަ ރައްޔިތުންނާއެކު އޭނާ ހުންނަވާނެ ކަމަށެވެ.

އައްޑޫ ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ އައްޑޫ ސިޓީގެ ތިން ދާއިރާ ތަމްސީލުކުރައްވާ، އަހުމަދު އަޒާން މަރުޒޫގު އާއި އިބްރާހިމް ދީދީ(އައިބީ) އަދި އިސްމާއިލް ނިޒާރުގެ އިރުޝާދުގެ ދަށުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ތުހުމަތު ކުރައްވަ އެވެ.

އެކަމާ ބެހޭގޮތުން މީގެކުރިން އަދަދުއާ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ވަޒީފާއިން ކަނޑާލާފައި ވަނީ އައްޑޫ ފެނަކައިގައި މަސައްކަތްކުރާ ސުޕަވައިޒަރު ލެވެލްއަށް ވުރެ ދަން ފަންތީގެ މުވައްޒަފުން ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މުޒާހަރާކުރަން ނިޒާރު ގޮވާލައްވައިފައިވާއިރު، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ބިލާ ދެކޮޅަށް މުޅި ރާއްޖޭގެ ހުރިހާ ކައުންސިލެއް ގުޅިގެން އިހުތިޖާޖު ކުރަން މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox