މި ސަރުކާރުން އައްޑޫގައި ހިންގާ ކަމަށް ބުނާ މަގު ހެދުމާއި ކަރަންޓުގެ މަޝްރޫއަކީ ސްކޭމެއް: ނިޒާރު

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު

މި ސަރުކާރުން އައްޑޫގައި ހިންގާ ކަމަށް ބުނާ މަގު ހެދުމާއި ކަރަންޓުގެ މަޝްރޫއަކީ ސްކޭމެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ ރަށު ނޯޓު ޕްރޮގްރާމުގައި ނިޒާރު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ މި ސަރުކާރުން އެންމެ އިސްކަންދީގެން ކުރަންޖެހޭ ކަމަކަށްވާއިރު، އެ މަޝްރޫއު ކުރިއަށްގެންދާގޮތުން އެއީ މިހާރު ސްކޭމެއް ކަމަށެވެ. 

"މަގު ހެދުމަކީ ބޮޑު ސްކޭމެއް އައްޑޫގައި ހިންގާ. ހަގީގަތުގައި ސަރުކާރުން [މި ސަރުކާރުން] އައްޑޫގެ މަގު ހެދުމަކީ އެންމެ އިސްކަންދޭންޖެހޭ އެއް ކަން. މި ސަރުކާރުން ހިންގާ ސްކޭމެކޭ މިދެންނެވީ. މި ސަރުކާރުން އައްޑޫގެ މަގު ހެދުމާއި އެގެންދަން އުޅޭ މަސައްކަތަކީ ސްކޭމެކީ މިދެންނެވީ،" ނިޒާރު ވިދާޅުވި އެވެ. 

ނިޒާރު ވިދާޅުވީ އެ މަޝްރޫއު 800 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްގެން އެތަނަށް މުވައްޒަފުންނަށްވުރެ ގިނަ ގިނައިން މެނޭޖަރުން ނަގައިގެންވެސް އެއްވެސް ނަތީޖާއެއް ނުނިކުތުމުން އެއީ ސްކޭމެއް ކަމަށް ސިފަކުރެވޭ ކަމަށެވެ. 

"އާރްޑީސީއަށް 800 މިލިއަން ރުފިޔާއަށް މަސައްކަތް ހަވާލުކުރެވިގެން، އާރްޑީސީއަށް ވެހިކަލްތައް ގެނެވިގެން، އާރްޑީސީގެ އޮފީސް ހަދައި، އާރްޑީސީގައި މުވައްޒަފުން ނަގައި، އެތާ މެނޭޖަރުން ގިނަ މަސައްކަތު މީހުންނަށްވުރެ.  އެ ހުރިހާ ކަންކަން އެ ކުރެވެނީ މިކަހަލަ ކަންކަމުގައި ނަތީޖާ ނުފެންނަންޏާމުން މިއީ ސްކޭމަކަށް ނުވާ އެއްވެސް ސަބަބެއް ނެތް،" މޭޔަރު ވިދާޅުވި އެވެ. 

ސިޓީބިޓީ: އިންތިހާބީ ކަޑައަކުން އައްޑުއަށް ކަރަންޓެއް ނުލިބޭނެ

މިދިޔަ އެމްޑީޕީ ސަރުކާރުން އައްޑޫ މަގު ހެދުމުގެ 100 ކިލޯ މީޓަރު ހިމެނޭ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިންމިއިރު ބާކީ ނުނިމިއޮތީ ލިންކް ރޯޑުގެ މަސައްކަތްކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ އެއީ ގާތްގަނޑަކަށް 12 ކިލޯ މީޓަރު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބަހާއި އަމަލު ދިމާނުވެ، އެ މަސައްކަތް ނުވެސް ފެށިގެން އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"100 ކިލޯމީޓަރުގެ މަގު ހަދާ ނިންމާ ކޮމްޕްލީޓްކޮށްފައި ހަމައެކަނި  އެންމެ މުހިންމު ތަނެއް ގޮތުގައި އޮތީ ލިންކްރޯޑް. އައްޑޫ ލިންކްރޯޑުގެ މަގެއް ގޮތުގައި ބްރިޖް މިހާރު އިން ގޮތަށް ކަނެކްޓިވިޓީ ހިތަދޫއާ ހަމައަށް ދިނުމަށްޓަކައި އެ ޕްރޮޖެކްޓަކީ ފަށަން ތައްޔާރުވެފައި އޮތް ޕްރޮޖެކްޓެއް،" ނިޒާރު ވިދާޅުވި އެވެ. 

"ސޯލިހުގެ ވެރިކަން އޮތްނަމަ މެދުނުކެނޑި ހަމަ ޕްރޮޖެކްޓް އެއްކޮށް ދެމިގެންދާ ގޮތަށް ޕްރޮޖެކްޓް ރޭވިފައި އިން ކަމެއް އެ ކަމަކީ. އެހެންނަމަވެސް އެ ލިންކްރޯޑުގައި އެ ހިމެނޭ ގާތްގަނޑަކަށް 12 ވަރަކަށް ކިލޯމީޓަރުގެ ސަރަހައްދުގައި ތާރުކޮޅެއް ނޭޅިގެން އެ އުޅެނީ."

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބަޔަކާ ހަވާލުކުރި ކަމަށް ދައްކަން ބޭއްވި އިވެންޓަކީވެސް ސްކޭމެއް ކަމަށް ނިޒާރު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ސްކޭމެއް ކަމަށް ސިފަކުރައްވަނީ ރައްޔިތުން އޮޅުވާލުމަށް ރާވައިގެން ކަންކަން ކުރާތީ ކަމަށެވެ. 

އައްޑޫ ޕަވާ ސްޓޭޝަން ހަވާލުކުރި ކުންފުނީގެ އެއްވެސް މައުލޫމާތެއް ނެތް!

އަދަދު ނޫހުން މި ކުންފުންޏާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފެށީ 31 މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރޮޖެކްޓެއް މި ކުންފުންޏާ ހަވާލުކުރުމުން، އެއީ އެ ވަރުގެ މަސައްކަތެއް ކުރެވޭ ވަރުގެ ގާބިލު ކުންފުންޏެއްތޯ ވަޒަން ކުރުމުގެ ގޮތުން

"އެވެސް ސްކޭމެއް [ކަރަންޓް މަޝްރޫއު]. ސްކޭމެކޭ މިދަންނަވަނީ ސްކޭމްތައް ރާވާ މީހުން ކަންކަން ކުރާ ގޮތަށް އެކުރަނީ. ރައްޔިތުންނަށް އޮޅުވާލައި ޕްރޮޖެކްޓްތައް ހަވާލުކުރުމަކީ އެއީ އަޅުގަނޑުމެން ދައްކާ ވާހަކައަކީ. މިއީ ބޮޑެތި ސްކޭމްތަކެއް މިއުޅެނީ. ބަޔަކު ގެންގޮސްގެން ބޮޑު ފަންކްޝަނެއް ބާއްވާފައި. ޖެނެރޭޓަރުތަކުގެ ފޮޓޯ ދައްކައި،" ނިޒާރު ވިދާޅުވި އެވެ. 

ކަރަންޓުގެ މައްސަލަ ހައްލުކުރަން ހަވާލުކުރި މަޝްރޫއުގައި ސޮއިކުރުމަށްފަހު އެ ކުންފުނީގެ ހަބަރެއްވެސް ނުވާ ކަމަށާއި އައްޑޫގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިވަގުތު ކުރިއަށް ނުދާ ކަމަށް ނިޒާރު ވިދާޅުވި އެވެ. 

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން އެ ސިޓީ ހިތަދޫގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓު 31 މިލިއަން ޑޮލަރަށް ހަވާލުކުރި ޑެފިނިޓް ސޮލިއުޝަންސްއަކީ ވެބްސައިޓެއްހާ ހިސާބު ވެސް ނެތް ކުންފުންޏެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox