ވަކިކުރި 189 މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރަން ހިތަދޫ ފެނަކަ ވައިބާ ކޮމިއުނިޓީ ހާއްސަކޮށްފި

ހިތަދޫ ފެނަކަ ވައިބާ ކޮމިއުނިޓީ ގްރޫޕް

ހިތަދޫ ފެނަކަ ވައިބާ ކޮމިއުނިޓީ ގްރޫޕް

އައްޑޫ ސިޓީގައި މަސައްކަތްކުރާ ފެނަކަ ކޯޕަރޭޝަންގެ 189 މުވައްޒަފުން ވަކިކުރުމާ ގުޅިގެން އެ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރަން ސ. ހިތަދޫ ފެނަކަ ވައިބާ ކޮމިއުނިޓީ ގްރޫޕް ހާއްސަކޮށްފި އެވެ. 

4،000 އަށްވުރެ ގިނަ މީހުން ތިބޭ އެ ވައިބާ ގްރޫޕްގެ ސުޕަ އެޑްމިންއަކު ވަނީ ގްރޫޕްގެ ނަން "ނާއިންސާފުން 189 މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް" އަށް ބަދަލުކޮށް، ގްރޫޕްގެ އައިކަންވެސް ހައްގުތައް ހޯދުމަށް ހިތްވަރުދޭ ލިޔުމެއް ހިމެނޭ ފޮޓޯއަކަށް ބަދަލުކޮށްފަ އެވެ.  އެ ގްރޫޕަކީ ކުރިން ހިތަދޫ ކޮމިއުނިޓީއަށް ބޭނުންވާ މެސެޖުތައް ފޯރުކޮށްދޭން ހިތަދޫ ފެނަކައިން ބޭނުން ކުރަމުންދިޔަ ގްރޫޕެކެވެ. 

ގްރޫޕަށް ސުޕަ އެޑްމިންއަކު ފޮނުވި މެސެޖެއްގައި ބުނީ ކުންފުނި “ރައިޓް ސައިޒް” ކުރުމުގެ ނަމުގައި އެއްވެސް ހަމައެއް އިންސާފެއް ނެތި ހިތަދޫ އަދި މަދޫފޭދޫ ފެނަކަ އޮފީހުން 189 މުވައްޒަފުން ވަކިކޮށް މަގުމަތިކޮށްފައިވާ ކަމަށެވެ. 

Advertisement

އޭނާ ބުނީ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެންމެ ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ މީހުން ކަމަށެވެ. 

މީގެއިތުރުން ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅީ ޕީއެންސީއަށް ނިސްބަތްވާ ތިން މަޖިލިސް މެންބަރުން ކަމަށްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޒާން މަރުޒޫގް އާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ކަމަށް އޭނާ ބުންޏެވެ. 

"މިއީ 3 މެމްބަރުންގެ ޒާތީ އެޖެންޑާއެއްގެ ތެރެއިން ހިންގާފައިވާ ބޮޑު ޖަރީމާއެއް. އަދި އައްޑޫގެ އެތައް ޢާއިލާއަކަށް ދިން ބޮޑު ދެރައެއް،" ގްރޫޕްގެ ސުޕަ އެޑްމިން ފޮނުވި މެސެޖުގައި އިތުރަށް ބުންޏެވެ. 

އައްޑޫގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުގައި މަސައްކަތްކުރާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ގެންދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާ އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ޕީސީބީން އެންގީ މިދިޔަ އޭޕްރިލް މަހު އެވެ. ޕީސީބީގެ އެ އެންގުމަކީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ ސަބަބުން، އެންެގި އެންގުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ސާކިއުލާއާ އެއްގޮތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވަކިކޮށް ނިންމުމަށް އަންގައި މިދިޔަ މަހުގެ 18، ގައި ޕީސީބީން ވަނީ އިތުރު ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާގައި އަންގާފައި ވަނީ ޖުލައި 13. އިން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމުމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox