ކާނާ ވިހަވި ދެ ކުދިންނަށް އަދިވެސް ފަރުވާދެނީ، އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

ސ. ފޭދޫގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން: ކޭމްޕްގައި ބައިވެރިވި 31 ކުދިން ކާނާވިހަވެގެން ހޮސްޕިޓަލަށް ގެންދިޔަ -- ފޮޓޯ: ފޭދޫ ސްކޫލް

ސ. ފޭދޫގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން: ކޭމްޕްގައި ބައިވެރިވި 31 ކުދިން ކާނާވިހަވެގެން ހޮސްޕިޓަލަށް ގެންދިޔަ -- ފޮޓޯ: ފޭދޫ ސްކޫލް

 އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި ކުރިއަށްދިޔަ ކެޑޭޓް ކޭމްޕެއްގައި ބައިވެރިވަމުންދިޔަ ކުދިންގެ ތެރެއިން ކާނާވިހަވެގެން ފަރުވާދެމުންދިޔަ 31 ކުދިންގެ ތެރެއިން މިވަގުތު ދެ ކުދިންނަށް ފަރުވާދެމުންދާއިރު، މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ. 

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނާވިހަވި ކުދިންގެ ތެރެއިން ދެ ކުދިންނަށް ފަރުވާ ދެމުންދަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. އެ ދެ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.  

ކާނާވިހަވެގެން ޖުމްލަ 31 ކުދިން އައްޑޫ އިކުއެޓޯރިަލް ހޮސްޕިޓަލާއި، މަރަދޫ ހެލްތު ސެންޓަރު އަދި ފޭދޫ ހެލްތު ސެންޓަރަށް ގެންދިޔަ އެވެ. އޭގެތެރެއިން 29 ކުދިން މިހާރު ވަނީ ދޫކޮށްލާފަ އެވެ. 

މިކަމާ ގުޅިގެން އެޗްއާރްސީއެމް އިން ބުނީ ކާނާވިހަވެ ހާލުދެރަވެގެން ކުދިންތަކެއް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށާއި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. 

މި ބާވަތުގެ ކަންކަން ތަކުރާރު ނުވާނެ ގޮތެއްގެ މަތިން ކަންކަން ބައްޓަން ކުރަން ކަމާބެހޭ އިދާރާތަކަށް އެޗްއާރްސީއެމް އިން ގޮވައިލި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox