ގިނަ ކަންބޮޑުވުންތަކެއް އޮއްވައި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަނުކުރަން ރުހުން ދީފި

އޮގަސްޓު 24، 2026: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށްޓަކައި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުއާ އިންޓަވިއުކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން

އޮގަސްޓު 24، 2026: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށްޓަކައި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުއާ އިންޓަވިއުކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން

މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވިއިރު އެކަށީގެންވާ ގޮތެއްގައި ގާނޫނު ތަންފީޒުނުކުރާކަމުގެ ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އެ މަގާމަށް އަނެއްކާ ވެސް އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި އޭނާ އެ މަގާމަށް އައްޔަނުކުރަން 47 މެންބަރުން ވޯޓު ދެއްވި އެވެ. އޭނާ އައްޔަނުކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެެވެ. 

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އަބްދުލްއަޒީޒްގެ ދައުރުގައި ކުރިއަށް ގެންދިޔަ އާރްޓީއައި އެސެސްމަންޓް ހޯދުންތަކަށް ބަލާއިރު ހުށަހެޅުނު މައްސަލަތަކުގެ 53 ޕަސަންޓު ބޭރުކޮށްލާފައިވާއިރު 16 އިންސައްތަ މައްސަލައަށް އެއްވެސް ޖަވާބެއް ވެސް ދީފައި ނުވެ އެވެ. 

"މަހޯލި" ފޯމުތައް މެދުވެރިކޮށް މައުލޫމާތު ބޭނުންވާ ސަބަބު ލިޔަން މަޖުބޫރުކުރުވުމުން ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހިފެހެއްޓުމުގެ ފުރުސަތު ވެސް އޭނާގެ ދައުރުގައި ފަހިވެގެންދިޔަ އެވެ. 

އަބްދުލްއަޒީޒް ޖަމާލުއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާގެ ނަމަށް ޝަކުވާ ހުށަހެޅުމަށް މަޖިލީހުން ދިނީ އެންމެ ހަ ގަޑިއިރުގެ މުއްދަތެކެވެ. 

އާރުޓީއައި ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ބަޔާންކުރާ މާއްދާގައި އޮންނަނީ އެ މަގާމަށް އައްޔަންކުރާ މީހެއްގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އަދި، ދައުރު 10 އަހަރަށް އިތުރުކުރެވެނީ އެ މަގާމުގައި ހުރި މީހެއްގެ މަގާމުގައި އިތުރު ދައުރެއް ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށް ވެސް ގާނޫނުގައި އޮވެ އެވެ.

ގާނޫނުގައި މިހެން އޮތުމުން އަބްދުލްއަޒީޒަށް އިތުރު ދައުރަކަށް ނާދެވޭނެ ކަމަށް ގަބޫލުކުރާ މީހުން ބުނަނީ، އޭނާ ކުރިން އެ މަގާމުގައި އެއް ދައުރު ފުރިހަމަކުރައްވާފައިވާތީ އިތުރު ދައުރަކަށް ނާދެވޭނެ ކަމަށެވެ.

މި މައްސަލައިގައި އަދަދު ނޫހުން ވާހަކަ ދެއްކި ގާނޫނީ މާހިރުން ވެސް ބުނީ ގާނޫނުގެ އެ މާއްދާގެ އިބާރާތް އޮތް ގޮތުން މާނަކުރެވެނީ އިތުރު ދައުރެއް ނުދެވޭނެ ގޮތަށް ކަަމަށެވެ. 

މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅަކު މިފަދަ މަގާމަކަށް އައްޔަނުކުރާއިރު ރައީސް އޮފީހާއި ބައެއް ވުޒާރާތަކާއި ބައެއް އިދާރާތަކުގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަަނުކުރާ މައްސަލަ ވަރަށް ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox