މަގާމުގެ ޒިންމާ އަދާކުރަނީ މިނިވަންކަމާއެކު އެއްވެސް ނުފޫޒެއް ނެތި: އާހިދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ބައެއްގެ ނުފޫޒު މިހާތަނަށް އައިސްފައި ނުވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ބައެއްގެ ނުފޫޒު މިހާތަނަށް އައިސްފައި ނުވާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މަސައްކަތް ކުރައްވަނީ އިދިކޮޅު އެމްޑީޕީގެ އޯޑަރަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައި މިނިވަން މުއައްސަސާއެއްގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިވަންކަމާއެކު އެއްވެސް ނުފޫޒެއް ނެތި ކަމަށް ކޮމިޝަނަރު މިއަދު ވިދާޅެއްޖެ އެވެ. 

އާހިދު އަދަދު އަށް ވިދާޅުވީ މިހާތަނަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހޭދަކުރި ދުވަސްވަރުގައި އެއްވެސް ފަރާތެއްގެ އޯޑަރެއް ނުވަތަ ތުރެޓެއް ވެސް އައިސްފައި ނުވާ ކަމަށާއި އޭނާ މަސައްކަތްކުރާ ގޮތް ދަންނަ މީހުންނަށް އެނގޭނެ ކަމަށެވެ. 

"އަހަންނަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނޫނީ އެއްވެސް ފަރާތެއްގެ ތުރެޓެއްވެސް ނެތް އައިސްފައި. އޯޑާއެއް ނުވެސް ކުރޭ. ވަރަށް ގިނަ ފަރާތްތަކަށް އެނގޭނެ އަހަރެން މިއީ ކާކު ކަމާއި ކިހިނެއްކަން ވޯކްކުރަނީ. އެހެންވެ ކަންނޭނގޭ މިހާތަނަށް އައިރު އެކަހަލަ އެއްޗެއް ބުނެފައި ނެތީވެސް. އޯޑާއެއް ނޫނިއްޔާ ނުފޫޒެއް ނޫނީ ތުރެޓެއް ނުކޮށް އޮތީވެސް،" އާހިދު ވިދާޅުވި އެވެ. 

އާހިދު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހޭދަކުރި ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާނީ އެއްވެސް ފަރާތަކަށް ބުރަނުވެ، ހަމަހަމަކަން ގާއިމުކުރުމަކީ އެންމެ ބޮޑު އަސާސްގެ ގޮތުގައި ބަލައިގެން ކަމަށެވެ. 

"އަހަރެން މަގާމަށް ހޮވުނީއްސުރެ މިއަދާ ހަމައަށް ޖެހެންދެން މި ހުންނީ މިނިވަން މުސްތަގިއްލު މަގާމެއްގައިތާ، އެހެންވީމަ މިނިވަންކަމާ އެއްކޮށް ނިއުޓްރަލިޓީއާއެއްކޮށް އެއީ އަހަރެން ހުރިހާ ވޯކެއް ކުރިއިރު އެންމެ ބޮޑު އެއް އަސާސެއް ގޮތުގައި ބެލި ކަންތައް އެއީ،" އަދަދު އަށް ދެއްވި އިންޓަވިއުގައި އާހިދު ވިދާޅުވި އެވެ. 

"އެހެންވީމަ އިދިކޮޅޭ ބުނީމަ އެއީ އަސާސާ ހިލާފު މީހެއް ގޮތަށް ގަބޫލުކުރެވޭތީތޯ ބުނެފައި އިނީ. އެ ހުރިހާ ސުވާލުތަކެއް އުފެދޭ. އަދި އޭގެ ތަފްސީލެއް ނުލިބޭތީ މިހާރު އިތުރު ސުވާލުތަކެއްގެ ތެރޭގައި މިހިރީ."

އިންފޮމޭޝަން ކޮމިޝަނަރު މަސައްކަތްކުރަނީ އިދިކޮޅުގެ އޯޑަރަށް ކަމަށް މުއިއްޒު ތުހުމަތުކުރައްވައިފި

ރައީސް މިހެން ވިދާޅުވީ މި ސަރުކާރަކީ ދެފުށް ފެންނަ ސަރުކާރެއްކަން ހާމަކުރައްވަމުން ކަމަށްވިޔަސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މައުލޫމާތު ހާމަނުކޮށްގެން ރައީސް އޮފީހާ ދެކޮޅަށް ގިނަ މައްސަލަތަކެއް ބަލާފަ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނަށް ބޯލަނބާތޯ ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އާހިދަކީ އިދިކޮޅު ސިޔާސީ ފަރާތެކޭ ވިދާޅުވުމުގެ އިތުރުން މުއިއްޒު ވަނީ އޭނާއަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އޯޑަރު އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެ ގާނޫނުގައި ބުނާ ކަންކަން ސަރުކާރުން ތަންފީޒުނުކުރާ ނަމަ އެ ގޮތަށް އޯޑަރު ލިބޭ މީހަކަށް އެ މައުލޫމާތު ހާމަކުރިޔޭ ނުބުނާނެ ކަމަށެވެ.

"އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ސިޔާސީ ގޮތުން އަޅުގަނޑުމެންނާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު މި ކަހަލަ އިއުލާނެއް މިކަން އަޅުގަނޑުމެން ތަންފީޒުނުކުރާނަމަ،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު އާހިދަށް މި ތުހުމަތު އަމާޒުކުރެއްވިއިރު، އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނަވައިގެން އާހިދު ވަނީ އާރުޓީއައި ގާނޫނާ ހިލާފުވެގެން ރައީސް އޮފީސް ޖޫރިމަނާކޮށް، ރައީސް އޮފީހުން ހިފަހައްޓައިގެން އުޅޭ ގިނަ މައުލޫމާތުތަކެއް ދޭން އަންގާފަ އެވެ. ރައީސް އޮފީހުން ވަނީ މީގެ ގިނަ އެންގުންތަކަށް ވެސް ބޯލަނބަން ދެކޮޅު ހަދާފަ އެވެ. 

އެންމެ ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު އަހަރީ ރިޕޯޓުގައި ވެސް ވަނީ އެންމެ ގިނަ ޝަކުވާ ހުށަހެޅީ ރައީސް އޮފީހާ ދެކޮޅަށް ކަމަށެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެކަނި ރައީސް އޮފީހުގެ 64 މައްސަލަ ބަލާފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ. 

އިންފޮމޭޝަން ކޮމިޝަނަރު އާހިދުގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހު އެވެ. އޭނާގެ ދައުރު ހަމަވުމުން އެ މަގާމަށް އައްޔަނުކުރާނީ މި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރާނެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox