އަބްދުލްއަޒީޒްގެ ނަން އަނބުރާ ގެންދިޔުމަށް ކުޑޫ ގޮވާލައްވައިފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އައްޔަންކުރަން މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ  ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްއަޒީޒް ޖަމާލްގެ ނަން އަނބުރާ ގެންދިޔުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ގޮވާލައްވައިފި އެވެ.

ކުޑޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަބްދުލްއަޒީޒް މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވިއިރު ގާނޫނު ތަންފީޒުކުރުން އޮތީ ވަރަށް ބަލިކަށި ހާލަތެއްގައި ކަމަށްވާއިރު، ގާނޫނުގައި ސަރީހަކޮށް ލާޒިމުކޮށްފައިވާ ގޮތާ ހިލާފަށް އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމުގެ ބަދަލުގައި އޭނާ ސިއްރު މަޝްވަރާތަކަށް އިސްކަން ދެއްވި ކަމަށެވެ. 

ކުޑޫ ފާހަގަކުރެއްވި ގޮތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އަބްދުލްއަޒީޒްގެ ދައުރުގައި ކުރިއަށް ގެންދިޔަ އާރްޓީއައި އެސެސްމަންޓް ހޯދުންތަކަށް ބަލާއިރު ހުށަހެޅުނު މައްސަލަތަކުގެ 53 ޕަސަންޓު ބޭރުކޮށްލާފައިވާ ކަމަށާއި 16 އިންސައްތަ މައްސަލައަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. 

Advertisement

މީގެއިތުރުން އަސާސީ ހައްގަކަށް އެދޭއިރު ސަބަބު ބަޔާންކުރަން ނުޖެހޭ ނަމަވެސް، "މަހޯލި" ފޯމުތައް މެދުވެރިކޮށް މައުލޫމާތު ބޭނުންވާ ސަބަބު ލިޔަން މަޖުބޫރުކުރުވުމުން ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހިފެހެއްޓުމުގެ ފުރުސަތު ފަހިވެގެންދިޔަކަން ފާހަގަކޮށް ކުޑޫ ބުނީ އިދާރާތަކުން އިސްނަގައިގެން މައުލޫމާތު ހާމަކުރެވޭތޯ ބެލުމުގެ ޒިންމާވެސް އޭނާގެ ދައުރުގައި އޮތީ މުޅިން ދޫކޮށްލެވިފައި ކަމަށެވެ. 

ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން، އައި ކޮމިޝަނަރުންގެ ދައުރުގައި އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ފެށުމުން އާރްޓީއައި ނިޒާމަކީ އަމަލީގޮތުން ބޭނުންކުރެވޭ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ވަސީލަތަކަށްވީކަން ކުޑޫ ފާހަގަކުރެއްވި އެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަނުކުރަން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި

ކޮމިޓީގެ ފަސް މެންބަރުންގެ ތާއީދާއެކު މި ނަން ފާސްކުރިއިރު، އޭނާ މިހާރު ހުންނެވި ސިޔާސީ މަގާމުން އިސްތިއުފާ ދެއްވާނެ ކަމުގެ އިގުރާރުގައި ވަނީ ސޮއިކުރައްވާފައެވެ. ނަމަވެސް، އޭނާ ކުރިން އެ މަގާމުގެ އެއް ދައުރު ފުރިހަމަކުރައްވާފައިވާތީ، ގާނޫނީ ގޮތުން އިތުރު ދައުރަކަށް އައްޔަނުކުރެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ހޯދިފައިވާ ކުރިއެރުންތައް ރައްކާތެރިކޮށް ދަމަހައްޓަން ޖެހިފައިވާއިރު، އަލުން ކުރީގެ ސިއްރުވެރި އުސޫލުތައް އިހްތިޔާރުކުރައްވާނެ ކަމަށް ވިދާޅުވާ އަބްދުލްއަޒީޒް މަގާމަށް އައްޔަންކުރުމަކީ މުޅި ނިޒާމު ފަހަތަށް ސޮއްސައިލާނެ ކަމެއް ކަމަށެވެ. 

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަބްދުލްއަޒީޒްއާ މިއަދު އިންޓަވިއުކުރައްވައި، އޭނާއަށް 75 ޕަސަންޓަށްވުރެ މަތިން މާކްސް ދެއްވުމަށްފަހު، އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. 

އަބްދުލްއަޒީޒް ޖަމާލުއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އެހެންކަމުން، އިންފޮމޭޝަން ކޮމިޝަަނަރުގެ މަގާމަށް އިތުރު ދައުރަކަށް އޭނާ އައްޔަނުރެވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އަބްދުލްއަޒީޒާ ގުޅިގެން ޝަކުވާތައް ހުށަހަޅަން ހަ ގަޑިއިރުުގެ ކުޑަ ވަގުތުކޮޅެއް ދިނުމަށް ފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އިއްޔެ އިރުއޮއްސި 6:00 ޖެހިއިރު، އެ ފުރުސަތު ބަންދުކޮށްފަ އެވެ. 

އާރުޓީއައި ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ބަޔާންކުރާ މާއްދާގައި އޮންނަނީ އެ މަގާމަށް އައްޔަންކުރާ މީހެއްގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އަދި، ދައުރު 10 އަހަރަށް އިތުރުކުރެވެނީ އެ މަގާމުގައި ހުރި މީހެއްގެ މަގާމުގައި އިތުރު ދައުރެއް ބަހައްޓަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށް ވެސް ގާނޫނުގައި އޮވެ އެވެ.

ގާނޫނުގައި މިހެން އޮތުމުން އަބްދުލްއަޒީޒަށް އިތުރު ދައުރަކަށް ނާދެވޭނެ ކަމަށް ގަބޫލުކުރާ މީހުން ބުނަނީ، އޭނާ ކުރިން އެ މަގާމުގައި އެއް ދައުރު ފުރިހަމަކުރައްވާފައިވާތީ އިތުރު ދައުރަކަށް ނާދެވޭނެ ކަމަށެވެ.

މި މައްސަލައިގައި އަދަދު ނޫހުން ވާހަކަ ދެއްކި ގާނޫނީ މާހިރުން ވެސް ބުނީ ގާނޫނުގެ އެ މާއްދާގެ އިބާރާތް އޮތް ގޮތުން މާނަކުރެވެނީ އިތުރު ދައުރެއް ނުދެވޭނެ ގޮތަށް ކަަމަށެވެ. 

އާ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން އުޅޭއިރު، ރައީސް އޮފީހާއި ބައެއް ވުޒާރާތަކާއި ބައެއް އިދާރާތަކުގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަަނުކުރާ މައްސަލަ ވަރަށް ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox