ޑޮލަރަށްވަމުން އެދަނީ ތިންރޮށީގެ ވާހަކައިގައި ވީގޮތެވެ.

ވަރަށް އިހުޒަމާނުގައި ބޭނުންކުރި އަރަބި ރޮށީގެ ވައްތަރެއް

ވަރަށް އިހުޒަމާނުގައި ބޭނުންކުރި އަރަބި ރޮށީގެ ވައްތަރެއް

އިސްރާއީލީ ރިވާޔަތެއްގައިވެ އެވެ. ޢީސާގެފާނު މީހަކާއެކު ދަތުރަކު ނުކުންނެވި އެވެ. މީގެ ދެކަލުން ދަތުރުކުރަމުން ގޮސް ކޯރެއްގެ އައްސޭރީގައި ޖައްސާލި އެވެ. އަދި ދަތުރުގެ ކޮއްތުގެ ގޮތުގައި ގެނައި ތިން ރޮށީގެ ތެރެއިން ދެރޮށި ދެކަލުން ވެގެން ކާލައިފި އެވެ. އެޔަށްފަހު ޢީސާގެފާނު ކޯރާ ދިމާއަށް ވަޑައިގެން ފެންފޮދެއް ހިއްޕަވައިގެން އެނބުރި ވަޑައިގެންފައި ބެއްލެވިއިރު، ބާކީ އޮތް ރޮށްޓެއް ނެތެވެ. ދެން އެކުވެރިޔާއަށް ވިދާޅުވި އެވެ. ބާކީ އޮތް ރޮށި ކޮބާހެއްޔެވެ؟ އެމީހާ ދެންނެވި އެވެ. ނޭނގެ އެވެ.

ދެން މީގެ ދެކަލުން ވަކި ހިސާބަކަށް ދެވުނު ތަނާ ފުއްލާއަކާ ދިމާވި އެވެ. އޭތި ކަތިލައި ފިހެގެން މީގެ ދެކަލުން އޭގެ އެއްބައި ކައިފި އެވެ. އެޔަށްފަހު ޢީސާގެފާނު އެޔަށް ވިދާޅުވި އެވެ. ﷲ ގެ އިޒުނަފުޅާއެކު ދިރިގެން ތެދުވާށެވެ. ދެން އެސޮރު އަލުން ދިރިގެން އިހު ހުރި ފަދައިންވެއްޖެ އެވެ. ދެން ވިދާޅުވި އެވެ. ކަލެޔަށް މި މުއުޖިޒާތްވެސް ފެނިއްޖެ ނޫންހެއްޔެވެ؟ ބާކީ އޮތް ރޮށި ނެގީ ކާކުހެއްޔެވެ؟ އެމީހާ ދެންނެވި އެވެ. ނޭނގެ އެވެ.

އަނެއްކާވެސް މީގެ ދެކަލުން ދަތުރުފުރިހަމަކުރަމުން ގެންދިޔަ އެވެ. އެހެންގޮސް ސަހަރާއެއްގެ ތެރޭގައި މަޑުކުރި އެވެ. ޢީސާގެފާނު ނިކަން ގިނަ ވެލި އެއްކުރައްވައި އެއްތަނަކަށް ޖަމާކުރައްވާފައި، ﷲ ގެ އިޒުނަފުޅާއެކު ރަންކަމުގައިވުމަށް އެވެލިތަކަށް ވިދާޅުވި އެވެ. އެހިނދު އެވެލިތައް ރަންކަމުގައިވެއްޖެ އެވެ. ދެން އެރަންތައް ތިންބަޔަށް ބައްސަވައިފި އެވެ. އަދި އެމީހާއަށް ވިދާޅުވި އެވެ. މިއިން އެއްބައި ތިމަންކަލޭގެފާނަށެވެ. އަނެއް ބައި ކަލެޔަށެވެ. ތިންވަނަ ބައި ތިންވަނަ ރޮށި ނެގި މީހާއަށެވެ.

Advertisement

މިހެން ވިދާޅުވުމުން އެއްކަލަ މީހާ ދަންނަވައިފި އެވެ. ތިންވަނަ ރޮށި ކާލީ ވެސް ތިމަންނަ އެވެ. ދެން ޢީސާގެފާނު ވިދާޅުވި އެވެ. އެހެންވީމާ ހުރިހާ ރަނެއް ކަލެޔަށެވެ. ތިމަންކަލޭގެފާނު ދެން މި ވަކިވަޑައިގަތީ އެވެ.

ދެން އެއްކަލަ މީހާ މި ރަންތައް ސަހަރާ ތެރޭން ގެންދާނެ ގޮތަކާމެދު ވިސްނާފިކުރުކުރަމުންދަނިކޮށް، އެހެން ދެމީހަކާ ދިމާވެ އެ ދެމީހުންގެ ހިތަށް މިތަކެތީގެ ދަހިވެތިކަން ވަދެ އެދެމީހުން ވެގެން މިކަލޭގެއާ ކުރިމަތިލާން އުޅެގެންފި އެވެ. މިކަލޭގެ ބިރުން ބުނެފި އެވެ. އިހަށް މައިތިރިވާށެވެ. މި މިހިރީވެސް ތިންބަޔަށެވެ. ތިން މީހުންނަށް ތިންބަޔެވެ. ތިން މީހުންވެގެން މިކަމާ އުޅޭނީ އެވެ.

ދެން މީގެ ތިން މީހުން މިތަކެތި ރަށު ތެރެއަށް ގެންދާނެ ގޮތަކާމެދު ފިކުރު ހިންގަން ތިބެފައި، ބަނޑުހައިވީމާ، އެންމެން ސައްލާކޮށްފައި ނިންމީ އެކަކު ގޮސް ކާއެއްޗެއް ގަނެގެން އަންނަންދެން އަނެއް ދެމީހުން އެތަކެތި ބަލަހައްޓަން ތިބުމަށެވެ. ކާއެއްޗެހި ގަންނަން ރަށު ތެރެއަށް ދިޔަ މީހާ ހިތަށް އެރި އެވެ. މިޔަށް ވިހައެއް ލައިގެން ގެންގޮސް އެ ދެމީހުންނަށް ދެނިކޮށް އެދެމީހުން މަރުވެދާނެ އެވެ. ހުރިހާ ރަނެއް އަހަރެން ހޯދައިނުގަންނަންވީ ކީއްވެހެއްޔެވެ؟

ރަންތަކާ ހަވާލުވެ ތިބި ދެމީހުންކުރެ އެކަކު ބުނެފި އެވެ. އޭނާ ކާއެއްޗެހި ހިފައިން އައީމާ އޭނާ ގަތުލުކޮށްލަންހިނގާށެވެ. މިތަކެތި ދެބަޔަށް ބަހާލީމާ ދެމީހުންނަށްވެސް ލިބޭވަރު ގިނަވާނެ އެވެ. ދެން މިކަމަށް ދެމީހުން އެއްބަސްވެގެން ތިއްބާ އޭނާ ކާތަކެތި ހިފައިން އައުމާއެކު ދެމީހުންވެގެން އޭނާ ގަތުލުކޮށްފި އެވެ. އަދި އޭނާ ގެނައި ތަކެތި ކެއުމާއެކު ދެމީހުންވެސް ވިހަވެގެން ދެމީހުންވެސް ގަތުލުވެއްޖެ އެވެ.

ދެން ޢީސާގެފާނު އެނބުރިވަޑައިގަންނަމުން ރަންތަކުގެ މަތީގައި މި ތިން މީހުން މަރުވެފައި ތިއްބާ ފެނިވަޑައިގެން ވިދާޅުވިކަމުގައިވެ އެވެ. ދުނިޔެއަކީ މި އެވެ. އެޔާމެދު ސަމާލުވާށެވެ!

އިސްވެ ދިޔައީ އިސްރާއީލީ ރިވާޔަތެއްގައި ކިޔާ ވާހަކައެކެވެ. އަހަރެމެންގެ އިލްމުވެރިން ވިދާޅުވާ ގޮތުން އިސްރާއީލީ ރިވާޔަތްތައް ތެދުކުރުމެއްވެސް ނުވެ އެވެ. އަދި ދޮގުކުރުމެއް ވެސް ނުވެ އެވެ. ނަމަވެސް ވިސްނާފިކުރުކުރުމުގެ ބޭނުމަށް އެކަހަލަ އިބުރަތްތެރި ވާހަކަތައް ކިޔައިދިނުމަކީ މައްސަލައެއް ނޫންކަމަށްވެސް އިލްމުވެރިން ވިދާޅުވެ އެވެ.

އާދޭހެވެ! ޑޮލަރަށް ވަމުން އެދަނީ މި ތިންރޮށީގެ ވާހަކައިގައި މިވީ ކަހަލަ ގޮތެކެވެ. ޑޮލަރު ލިބޭ މީހުންވެސް ޑޮލަރުން ލިބޭހާ ފައިދާ ނަގައިގަންނަން ހިފައިގަންނަނީ ތިޔަހެންނަކުން ނޫނެވެ. އަނެއްކޮޅުން ސަރުކާރުން ޑޮލަރާ މެދު ގެންގުޅޭ ސިޔާސަތުތަކުންވެސް ފެންނަނީ އަމާނާތްތެރި ވަފާތެރި މަންޒަރުތަކެއް ނޫނެވެ. އެދޭތެރެ މެދުގައި އާދައިގެ ރައްޔިތުން ފިތިފައިތިބޭއިރު، ކަމުގެ ނާޖާއިޒު ފައިދާއާއި މަންފާ ލިބިގަނެވޭ ހިސާބުގައި ތިބޭ މީހުން ދަހިވެތިކަމުގައި އަމަލުކުރަމުންދަނީ ހަމަ ތިން ރޮށީގެ ވާހަކައިގައި އުޅުނު މީހާ ފަދައިންނެވެ.

ހުރިހާ ދިމާއަކަށް ކޮރަޕްޝަން ވަދެ، މުދާ އެއްކުރުމުގެ ދަހިވަތިކަން އެންމެންގައި އިންތިހާއަށް ބޮޑުވީމާ، ވާނެ ގޮތަކީ، އެއްވެސް މީހަކަށް މަންފާއެއް ނުވެ، އެންމެން އެންމެނާ ވެގެން މުދާވެރިކަމާ ހިފާ އޮޅުލަންތިއްބައި ގައުމު ފަނާވެދާނީ އެވެ. އެންމެން ހަލާކުވެދާނީ އެވެ.

 ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަން ބޭނުންވަނީ ކޮންމެހެންނަކުން ދީން އެސިފަތަކަށް ގޮވާތީ އެކަންޏަކު ނޫނެވެ. އަހަރެމެންގެ ދީން އެ ސިފަތަކުން އަހަރެމެން ސިފަ ޖެހިގަތުމަށް އަންގަވާފައިވަނީ، އެއީ އަހަރެމެންގެ ސަލާމަތްތެރިކަން އޮތީ އެސިފަތަކުން ސިފަޖެހިގަނެގެން ތެދުވެރި އަމާނާތެރިންކަމުގައި ވުމުންކަމަށްވާތީ އެވެ. އޭގައި އޮތީ އަހަރެމެންގެ ދެދުނިޔޭގެ ނަސްރާ ކާމިޔާބު ކަމަށްވާތީ އެވެ.

ހިޔާނާތްތެރިވާ މީހާ މިއަދު ގައުމަށް ހިޔާނާތްތެރިވެފައި މާދަމާ އޭނާގެ ހިޔާނާތުގެ ބައިވެރިންނަށް ހިޔާނާތްތެރިނުވާންވީ ވަކި ކީއްވެހެއްޔެވެ؟ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަން ހައެއްކަ މީހަކު ވެގެން އެހެން މީހުންގެ ނިސްބަތުގައި ދޫކޮށްލަނީ ތިމާމެންގެ އަންބޮނޑި ބޮޑުކޮށްލަންކަމަށްވަނީނަމަ، މާދަމާ އެ ހައެއްކަ މީހުން އެކަކު އަނެކަކަށްވުރެ އަންބޮނޑި ބޮޑުކޮށްލުމަށް އެކަކު އަނެކަކަށް ހިޔާނާތްތެރިނުވާންވީ ސަބަބެއް ނޯންނާނެ އެވެ.

ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަން ފަދަ ސިފަތަކަކީ އިންސާނުން އެންމެން އެކީގައި ދިރިއުޅުމަށްޓަކައި އިންސާނީ މުޖުތަމައުތަކުގައި ދެމިއޮންނަންޖެހޭ "އިތުބާރު" ނަގަހައްޓައިދޭ އަސާސްތަކެވެ. މިދެންނެވުނު އިތުބާރު ދެމި އޮތުމަށްޓަކައި މި އަސާސްތައް މުޖުތަމައެއްގައި، ނަގަހައްޓައިދެނީ އެ މުޖުތަމައެއްގެ ބޮޑުންނެވެ. މިޒަމާނުގައި ނަމަ ދައުލަތްތަކުގެ ސަރުކާރުތަކުންނެވެ. ސަރުކާރެއް ހިންގަން ތިބޭ ބަޔަކު އިންތިހާއަށް ދޮގުހަދަން ފަށައިފިނަމަ، އެންމެންނަށް އެނގޭނެހެން ހިޔާނާތްވާން ފަށައިފިނަމަ، ދެންނެވުނު އިތުބާރު އެ މުޖުތަމައަކުން އެކީއެކަށް ނެތިގެންދާނެ އެވެ. އެހާރުން ދެން ހައްލުވާނެ ހައްލުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ އެވެ.

ތައުބާ ސޫރަތުގެ 119 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! އަދި ތެދުވެރިންނާއެކުގައި ވާށެވެ!" ނިކަން ވިސްނަވާށެވެ! ހަމަ އެކަނި ތެދުވެރިވުމަކުންވެސް ނުފުދެ އެވެ. އުޅެންވީވެސް ގާތްކުރަންވީ ވެސް ތެދުވެރިންނެވެ. އެކަން ގުޅެނީ ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވުމާވެސްމެ އެވެ. ކިތަންމެ ދީންވެރިކަމަށް ހެދުނަސް އިންތިހާއަށް ދޮގުހަދާ މީހަކީ ﷲ އަށް ތަޤުވާވެރިވާ މީހަކަށް ނުވާނެކަން މިއާޔަތުން ވެސް ދަލީލު ލިބެ އެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox