ދިވެހި އިންޝުއަރެންސަށް 10 އަހަރު ފުރުން ފާހަގަ ކުރަން އިންގިލާބީ ޑިޖިޓަލް ބަދަލެއް

Aug 16, 2026, 11:59 AM
ދިވެހި އިންޝުއަރެންސުން ބޭއްވި ގާލާ ނައިޓުގެ ތެރެއިން -- ފޮޓޯ: އިމްތިޔާސް މޫސާ / އަދަދު

ދިވެހި އިންޝުއަރެންސުން ބޭއްވި ގާލާ ނައިޓުގެ ތެރެއިން -- ފޮޓޯ: އިމްތިޔާސް މޫސާ / އަދަދު

ދިވެހި އިންޝުއަރެންސް ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާސެލޯ ނަސަންދުރާގައި ކުލަގަދަ ކޯޕަރޭޓް ގާލާ ނައިޓެއް ބާއްވައިފި އެވެ.

މި ހަފުލާގައި އެ ކުންފުނީގެ ކަސްޓަމަރުންނާއި، ވިޔަފާރީގެ ބައިވެރިންނާއި، ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީތައް ފާހަގަކުރެއްވި އެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ދިވެހި އިންޝުއަރެންސްގެ ކުރިމަގަށް އަމާޒުކޮށްގެން ވަރަށް މުހިންމު ދެ އިސްނެގުމެއް ވަނީ އިފުތިތާހުކޮށްފަ އެވެ. އެއީ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އަމާޒުކޮށްގެން ތައާރަފުކުރި ދިވެހި ޑިޖިޓަލް އަދި އިޖުތިމާއީ ޒިންމާގެ ދަށުން ތައާރަފުކުރި ތައުލީމީ ޕްރޮގްރާމް ދިވެހި ފަށަނެވެ.

ދިވެހި ޑިޖިޓަލް އަކީ އިންޝުއަރެންސްގެ ހިދުމަތްތައް ކުރިއަށްވުރެ ފަސޭހަ، އަވަސް އަދި ގާތުން ލިބޭނެ މަގު ފަހިކޮށްދިނުމަށް ފެށި މަޝްރޫއެކެވެ. މި ނިޒާމު ރަސްމީކޮށް އިފުތިތާހުކުރުމާއެކު، ކަސްޓަމަރުންނަށް މިހާރު އޮންލައިންކޮށް އިންޝުއަރެންސް ޕޮލިސީތަކަށް އެދި ހުށަހެޅޭނެ އެވެ.

މީގެ ސަބަބުން ކަރުދާސް ފޯމު ފުރުމާއި އަތުން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބޮޑަށް މަދުވެގެންދާނެ އެވެ. ކުންފުނީގެ އަމާޒަކީ 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން ހުރިހާ އިންޝުއަރެންސް ޕްރޮޑަކްޓްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވެސް ވަނީ ރޭވިފަ އެވެ.

މި ރަސްމިއްޔާތުގައި އިފުތިތާހުކުރި ދެވަނަ މަޝްރޫއު ކަމަށްވާ ދިވެހި ފަށަން އަކީ އިންޝުއަރެންސް އަދި މާލީ ދާއިރާއިން މީހުން ބިނާކުރުމަށް ފެށި ތައުލީމީ ހަރަކާތެކެވެ. ފަށަން މި ނަމަކީ ދޯނިފަހަރުގެ ބަނޑުފިލާގެ މައިގަނޑު އަސާސަށް ކިޔާ ނަމަކަށްވާއިރު، މި ޕްރޮގްރާމުގެ މަގުސަދަކީ މުޖުތަމައުގައި މާލީ ހޭލުންތެރިކަމުގެ ވަރުގަދަ ބިންގަލެއް އެޅުމެވެ.

މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ގަވަނަންސް އިންސްޓިޓިއުޓާ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ ދަށުން، މާލީ ގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ ތަމްރީނާއި މައުލޫމާތު ފޯރުކޮށްދެވޭނެ އެވެ.

އަހަރީ ދުވަހުގެ މި ހަފުލާގައި ދިވެހި އިންޝުއަރެންސްގެ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ފަރާތްތަކުގެ އަގުވަޒަންކޮށް ވަނީ އެވޯޑު ދީފަ އެވެ. މީގެ ތެރޭގައި ކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ ބައިވެރިންނާއި އިތުބާރުހުރި ކަސްޓަމަރުން ހިމެނެ އެވެ. މި އެވޯޑުތަކަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހު އެ ފަރާތްތަކުން ބެހެއްޓި ގާތްކަމާއި ދިން އެއްބާރުލުމަށް ދެވުނު ޝަރަފެކެވެ.

ދިވެހި އިންޝުއަރެންސުން ބުނި ގޮތުގައި މި ފާއިތުވި ދިހަ އަހަރަކީ އިތުބާރާއި ވަރުގަދަ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ދަތުރެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ތަރައްގީކޮށް، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox