ޓީމަށް ތަށްޓެއް ނުލިބި މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ލިބޭނެ ކަމަށް ފެނާންޑޭސް އުންމީދެއް ނުކުރޭ

Aug 26, 2026, 1:53 PM
ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހިފައިގެން ބްރޫނޯ ފެނާންޑޭސް.

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހިފައިގެން ބްރޫނޯ ފެނާންޑޭސް.

ލަންޑަން (އޮގަސްޓް 26) - މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ އެކު އެއްވެސް ތަށްޓެއް ނުލިބި، ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ލިބޭނެ ކަމަށް އުންމީދުނުކުރާ ކަމަށް އެ މަގާމު ލިބުނު ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ. 

ފެނާންޑޭސްގެ ކުރިން އެންމެ ފަހުން، ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔުނައިޓެޑްގެ ކުޅުންތެރިއަކީ، 2010 ވަނަ އަހަރު އެ މަގާމު ހޯދި ވޭން ރޫނީ އެވެ. ޔުނައިޓެޑްގެ 12 ކުޅުންތެރިއަކު މި ޓްރޮފީ މިހާތަނަށް ހޯދާފައިވާއިރު، އެއް ކްލަބަކުން އެންމެ ގިނަ ޓްރޮފީ ހޯދީ ޔުނައިޓެޑްގެ ކުޅުންތެރިންނެވެ. 

ކުޅުންތެރިންގެ ވޯޓުން ހޮވާ ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަގާމަށް ފެނާންޑޭސްއާ ވާދަކުރީ، މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި އާސެނަލްގެ ޑެކްލަން ރައިސް، ޑޭވިޑް ރާޔާ، ގަބްރިއެލް މަގާޅައެސްގެ އިތުރުން، އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕްގެ ޗެމްޕިއަން ހޯދި މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް އަދި ރަޔާން ޗާކީ އެވެ. 

"މިއީ ވަރަށް ބޮޑު ކަމެއް. ކުޅުންތެރިންގެ ވޯޓުން ހޮވައިގެން ދިން މަގާމެއް ވީމަ. އެއީ، ކޮންމެ ހަފްތާއަކު އަހަރެން މި ނުކުންނަނީ މި ކުޅުންތެރިންނާ ދެކޮޅަށް ކުޅެން. މިއީ، އުންމީދު ކުރި މަގާމެއް ނޫން. އެއީ، ޓީމަށް ކާމިޔާބު ސީޒަނެއް ނޫން. އެހެން ކްލަބްތަކާ އަޅާކިޔަންޏާ. އެކަމަކު، އަމިއްލަ އިންޑިވިޖުއަލީ ރަނގަޅަށް ދިޔައީ. ހަގީގަތަކީ އުންމީދު ނުކޮށް ހުރި މަގާމެއް މިއީ،"  ޕީއެފްއޭ އެވޯޑް ހަފްލާ އަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ފެނާންޑޭސް ބުންޏެވެ. 

މީގެ ކުރިން، ތަށްޓެއް ނުލިބި، ގިނަ ކުޅުންތެރިންތަކަކަށް ވަނީ ޕީއެފްއޭގެ އެވޯޑް ލިބިފަ އެވެ. 

އިންޑިވިޖުއަލީ މިދިޔަ ސީޒަނަކީ ފެނާންޑޭސް މޮޅު އަހަރެކެވެ. އެ ގޮތުން، ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، އިނގިރޭސި ފުޓްބޯޅަ ލިޔުންތެރިންގެ އެސޯސިއޭޝަނުން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ފެނާންޑޭސް އެވެ. ފެނާންޑޭސް ވަނީ މިދިޔަ ސީޒަނުގެ ލީގުގައި 21 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ލީގުގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. 

ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 327 މެޗުން ފެނާންޑޭސް ވަނީ 107 ގޯލު ޖަހައި، 105 ގޯލު ޖަަހަން ފުރުސަތު ތަނަވަަސްކޮށްދީފަ އެވެ. 

ޕްރިމިއާ ލީގުގެ މޮޅު ކުޅުންްތެރިޔާގެ މަގާމު މިދިޔަ ސީޒަނުގައި ހޯދި ފެނާންޑޭސް، މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ޓިމުން އަންނަނީ އޭނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން މަސައްކަަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox