ގަލަތަސަރާއި އިން ބޮޑު އޮފާއެއް، ޔުނައިޓެޑުން ފެނާންޑޭސް އަށް އާ ކޮންޓްރެކްޓެއް ދެނީ

Aug 18, 2026, 11:23 PM
މެންޗެސްޓާ ޔުނައިޓެޑްގެ ޕްރީ ސީޒަން މެޗެއްގެ ތެރެއިން ފެނާންޑޭސް.

މެންޗެސްޓާ ޔުނައިޓެޑްގެ ޕްރީ ސީޒަން މެޗެއްގެ ތެރެއިން ފެނާންޑޭސް.

މެންޗެސްޓާ (އޮގަސްޓް 19) - ތުުރުކީ ސުޕަ ލީގުގެ ގަދަބާރު، ގަލަތަސަރާއި އިން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ބޮޑު އޮފާއެއް ކުރުމާ އެކު، އެ ޓީމުން އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ. 

ޕްރިމިއާ ލީގުގެ މޮޅު ކުޅުންްތެރިޔާގެ މަގާމު މިދިޔަ ސީޒަނުގައި ހޯދި އުމުރުން 31 އަހަރުގެ ފެނާންޑޭސް، މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ދާދި ފަހުން، ގަލަތަސަރާއި އިން ވަނީ އަހަރަކު 22 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއް ފެނާންޑޭސް އަށް ހުށަހަޅައިފަ އެވެ.  

ޔުނައިޓެޑުން ފެނާންޑޭސްއާ އެކު ހަދާފައި އޮތް އެއްބަސްވުމުގައި، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން، އިނގިރޭސި ނޫން ގައުމެއްގެ ކްލަބަކަށް 70 މިލިއަން ޑޮލަރު ދީފައި ޑީލެއް ކުރިއަށްގެންދެވޭނެ މާއްދާއެއް އޮވެ އެވެ. އެކަމަކު، މިހާރު އެ މުއްދަތު ގޮސްފައިވާއިރު، ފެނާންޑޭސް މެދުވެރިކޮށް ކްލަަބަކުން ބޭނުންނަމަ އެ އަށް ވުރެން ދަށް ފީ އަކަށް ޑީލެއް ކުރިއަށްގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

ދި އެތުލެޓިކުން ރިޕޯޓްކުރާ ގޮތުގައި ޔުނައިޓެޑުން ވަނީ މިހާރު ފެނާންޑޭސްއާ އެކު އާ އެއްބަސްވުމެއް ހެދުމަށް މަޝްވަރާތައް ފަށައިފަ އެވެ. 

ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ފަހަރު ޔުނައިޓެޑުން ފެނާންޑޭސަށް ދެނީ ދެ އަހަރުގެ ޑީލެކެވެ. 

އިނގިރޭސި ނޫސްވެރިންގެ ޖަމިއްޔާ، ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން މިދިޔަ ސީޒަނުގައި ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ ފެނާންޑޭސް އަށެވެ. ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 327 މެޗުން ފެނާންޑޭސް ވަނީ 107 ގޯލު ޖަހައި، 105 ގޯލު ޖަަހަން ފުރުސަތު ތަނަވަަސްކޮށްދީފަ އެވެ. މިދިޔަ ސީޒަނުގައި ފެނާންޑޭސް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އެސިސްޓް ރެކޯޑް މުގުރާލައިފަ އެވެ. އެއީ، 35 މެޗުން 21 ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކޮށްދީގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox