ކެރިކް ބުނީ ޔުނައިޓެޑްގެ ކަންކަން ހުރީ ހާސްވާންޖެހޭ ވަރަށް ވުރެން ޕޮޒިޓިވްކޮށް ކަމަށް

Aug 16, 2026, 4:26 PM
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް.

މެންޗެސްޓާ (އޮގަސްޓް 16) - އަންނަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނާ ކުރިމަތިލާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކަންކަން ހުރީ ހާސްވާން ޖެހޭ ހާލަތެއްގައި ނޫން ކަމަށާއި ޓީމުގެ ކަންކަން ޕޮޒިޓިވް ކަމަަށް ޔުނައިޓެޑްގެ ކޯޗު، މައިކަލް ކެރިކް ބުނެފި އެވެ. 

ދެ ފަހަރެއްގެ މަތިން ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، އެ ޓީމުގެ ކުރީގެ ކޯޗު ރުބެން އަމޮރިމް މިހާރު ހަވާލުވެ ހުރި އޭސީ މިލާން އަތުން ވަނީ ޕްރީ ސީޒަން މެޗެއްގައި 4-2 އިން ބަލިވެފަ އެވެ. އެ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއިރު، ކެރިކް ބުނީ ފެނުނީ އޭނާ ވެސް އެދޭ ލެވަލްގެ ކުޅުމެއް ނޫން ކަމަށެވެ. 

އެކަމަކު، ޔުނައިޓެޑުން މި ފަހަރުގެ ޕްރީ ސީޒަނުގައި މިހާތަނަށް ކުރި ހުރިހާ މަސައްކަތާ މެދު ޖުމްލަކޮށް އެއްޗެއް ބުނާކަމަށްވާނަމަ، ހަމައެކަނި މި މެޗުގެ ނަތީޖާ އާއި ކުޅުމަށް ބަލައިގެން ގޮތެއް ނިންމުން އިންސާފުވެރި ނުވާނެ ކަމަށް ކެރިކް ގަބޫލުކުރެ އެވެ. 

Advertisement

މިދިޔަ ސީޒަނުގައި ވަގުތީ ކޯޗަކަށް ޓީމާ ހަވާލުވެ، ދާއިމީ ކޮންޓްރެކްޓެއްގައި މި ވަގުތު ހުރި ކެރިކް ބުނީ، މިލާނާ ކުޅުނު މެޗުގައި އެ ނަތީޖާ ނުކުތުމާއި ކުޅުން އެ ފެނުނު ލެވަލްގައި ހުރުމުގެ ސަބަބުތަކެއް ވާ ކަމަށެވެ. 

"ބައެއް ކުޅުންތެރިން އެ ކުޅެނީ ޕްރީ ސީޒަނުގެ ފުރަތަމަ މިނިޓްތައް. މިއީ ތަފާތު ސަބަބުތައް، މި ދައްކަނީ އުޒުރެއް ނޫން. އަހަރެމެން ކުޅުނީ ރަނގަޅަށޭ ނުބުނަން،" ޔުނައިޓެޑާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ކެރިކް ބުންޏެވެ. 

"ޖުމްލަކޮށް ބަލަންޏާ އަހަރެމެން އަންނަ ހަފްތާ އަށް (ޕްރިމިއާ ލީގުގެ އާ ސީޒަނަށް) ތައްޔާރު. ހާސްވެގެން އުޅެން ޖެހޭ ވަރުގެ ކަމެއް އޮތް ކަމަށް ނުފެނޭ. އަހަރެމެން ޓްރެއިނިންގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން. ބައެއް މެޗުތަކުގައި ވަރަށް ރަނގަޅަށް ކުޅެފައި ވެސް އެބަހުރި. އަހަރެމެންގެ ކަންކަން ޕޮޒިޓިވް، ރަނގަޅު ރޫހެއް އޮތީ،" 

ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ޔުނައިޓެޑުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހަލް ސިޓީއާ އެވެ.

ޔުނައިޓެޑުން މި ފަަހަަރުގެ ޕްރީ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ވްރެކްސަމް އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ރޮސެންބާގް އަތުން 5-0 އިން ކުރިހޯދި އެވެ. ތިން ވަނަ މެޗުގައި އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކުރި ޔުނައިޓެޑުން ހަތަރު ވަނަ މެޗުގައި ޕީއެސްޖީއާ 1-1 އިން ވީ އެއްވަރެވެ. އޭގެ ފަހުން، ލީޑްސް ޔުނައިޓެޑާ 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޔުނައިޓެޑް މޮޅުވިއިރު، ރޭ ކުޅުނު މެޗުން މިލާން އަތުަން ބަަލިވީ އެވެ. 

ޔުނައިޓެޑާ އެކު، ކެރިކް ހަދާފަައިވާ އެއްބަސްވުން ހަމަވާއިރު، ފުރަތަމަ ދެ އަހަރު ތެރޭ ހާސިލްކުރާ ކަންކަމަށް ބަަލައި، އިތުރު އެއް އަހަރު އޭނާ އެ ޓީމުގައި މަޑުކުރެވޭ ގޮތަށް މާއްދާއެއް މިހާރު އޮތް ކޮންޓްރެކްޓްގައި ވަނީ ހިމަނައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox