ޔުނައިޓެޑުން 88 މިލިއަން ޑޮލަރު ދީފައި ބަލޭބާ ގަނެފި

Aug 26, 2026, 8:45 AM
ބްރައިޓަންގެ މިޑްފީލްޑަރު ކާލޯސް ބަލޭބާ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު،

ބްރައިޓަންގެ މިޑްފީލްޑަރު ކާލޯސް ބަލޭބާ، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު،

މެންޗެސްޓާ (އޮގަސްޓް 26) - މެންޗެސްޓާ ޔުނައިޓެޑުން 88 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު، ބްރައިޓަން އެންޑް ހޯލްވް އަލްބިއަން އަށް ކުޅޭ ކެމަރޫންގެ މިޑްފީލްޑަރު، ކާލޮސް ބަލޭބާގެ ޑީލް ނިންމައިފި އެވެ. 

މި ޓްރާންސްފާގައި އެއްބަސްވެފައި އޮތީ އުމުރުން 22 އަހަރުގެ ބަލޭބާ އަށް އެންމެ ފުރަތަމަ ޔުނައިޓެޑުން 80 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އަދި، ބާކީ އަށް މިލިއަން ޑޮލަރަކީ ޔުނައިޓެޑްގައި ބަލޭބާ ދައްކާ ކުޅުމަށް ބަލާފައި ޔުނައިޓެޑުން ދައްކާނެ ބައެކެވެ. 

ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑާ އެކު ސޮއިކުރި ބަލޭބާ އަކީ މިދިޔަ ސީޒަނުގަައި ވެސް ޔުނައިޓެޑުން ގަންނަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. ބަލޭބާ، އެ ޑީލް ކުރިއަށްގެންދަން ބޭނުންވި ނަމަވެސް، ބްރައިޓަން އިން އޭނާ ވިއްކާލަން ކީ އަގު 100 މިލިއަން ޑޮލަރަށް ވުރެން މަތި ވުމުން، ޔުނައިޓެޑުން އެ ޑީލް މަޑުޖައްސާލީ އެވެ. 

"ވަރަށް އާދަޔާހިލާފު އިހުސާސެއް ކުރެވެނީ. ޔުނައިޓެޑަށް ސޮއިކުރެވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން. އޯލްޑް ޓްރެފޯޑްގައި ކުޅުމަކީ އަބަދުވެސް ހާއްސަ ކަމެއް. ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ހުރެ އެކަން ކުރުން ވާނީ ޝަރަފަކަށް،" ބަލޭބާ ބުންޏެވެ. 

ފްރާންސްގެ ލިލް އިން 2023 ވަނަ އަހަރު ބްރައިޓަންއާ ގުޅުނު ބަލޭބާ މި ވަގުތު ހުރީ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަން ކުޅުމާ ދުރުގަ އެވެ. އެއީ، ބްރައިޓަން އިން އޮސްޓްރިއާގައި ކުރިއަށްގެންދިޔަ ޕްރީ ސީޒަން ޓްރެއިނިން ތެރެއިން ލިބުނު އަނިޔާއެކެވެ. 

ޔުނައިޓެޑުން ބަލޭބާގެ ޑީލް ނިންމާފައިވާއިރު، މިއީ، މި ސީޒަނަށް އެ ޓީމުން ގެނައި ތިން ވަނަ މިޑްފީލްޑަރެވެ. މީގެ ކުރިން، އެސްޓަން ވިލާގައި ހުރި ބެލްޖިއަމްގެ މިޑްފީލްޑަރު، ޔޫރީ ޓީލަމަންސް އާއި ޗެލްސީގައި ހުރި ބްރެޒިލްގެ މިޑްފީލްޑަރު، އަންޑްރޭ ސަންޓޯސް ވެސް ވަނީ ޔުނައިޓެޑަށް ބަދަލުވެފަ އެެވެ. މި ތިން މިޑްފީލްޑަރުންނަށް ޔުނައިޓެޑުން، ޖުމްލަ އެކު، 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުން ވަނީ ހަތް އަހަރަށް ފަހު ލީގަށް ޕްރޮމޯޓްވި ހަލް ސިޓީ އަތުން 2-0 އިން ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox