ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާ ފެނާންޑޭސް އެސިސްޓް ރެކޯޑް މުގުރާލައިފި

May 24, 2026, 10:25 PM
ބްރައިޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެނާންޑޭސް އުފާފާޅުކުރަނީ.

ބްރައިޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެނާންޑޭސް އުފާފާޅުކުރަނީ.

ބްރައިޓަން (މެއި 24) - އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދި، މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް، ލީގުގެ އެސިސްޓް ރެކޯޑް މުގުރާލައި، ތާރީހުން ޖާގަ ހޯދައިފި އެވެ.

ފުޓްބޯޅަ ލިޔުންތެރިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ފެނާންޑޭސް ވަނީ މި ސީޒަނުގައި 21 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

މި ސީޒަން ފެށިއިރު، ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް  އޮތީ މެންޗެސްޓާ ސިޓީ އަށް ކުރިން ކުޅުނު ކެވިން ޑި ބްރޭނާ އާއި އާސެނަލްގެ ކުރީގެ ތަރި، ތިއަރީ އޮންރީ އަތުގަ އެވެ. ފެނާންޑޭސް، އެ ރެކޯޑް މުގުރާލީ، މި ފަހަރުގެ ސީޒަނުގެ ފަހު މެޗުގައި، ޔުނައިޓެޑުން މިރޭ ރަށުންބޭރުގައި 3-0 އިން ބްރައިޓަން ބަލިކުރި މެޗުގަ އެވެ. 

އެމެކްސް ސްޓޭޑިއަމްގައި ޔުނައިޓެޑުން ކުޅުނު މެޗުގައި، 33 ވަނަ މިނިޓްގައި ޕެޓްރިކް ޑޯގޫ ބޮލުން ގޯލަށް ބޯޅަ ފޮނުވާލީ ފެނާންޑޭސް ނެގި ކޯނަރަކުންނެވެ. މިއާ އެކު، ފެނާންޑޭސަށް ވަނީ ޕްރިމިއާ ލީގުގެ ތާރީހީ އެސިސްޓް ރެކޯޑް ހާސިލްކުރެވިފަ އެވެ. 

ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ ގޮތުގައި އެ ޓީމާ ހަވާލުވެ، ކުރި ކާމިޔާބު މަސައްކަތުން އެ ޓީމުގެ ދާއިމީ ކޮންޓްރެކްޓެއް ލިބުނު ކޯޗު، މައިކަލް ކެރިކް، ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ފަހުން ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލު ކުރީގައި އޮވެ އެވެ. އެ ގޮތުން، ޔުނައިޓެޑަށް ދެ ވަަނަ ލަނޑު ޖަހައިދިނީ 44 ވަނަ މިނިޓްގައި އަމަދު ޑިއާލޯ ދިން ބޯޅައަކުން ބްރަޔަން އެމްބެއުމޯ ޖެހި ގޯލުންނެވެ. 

'ދެ ވަނަ ހާފުގައި ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ފެނާންޑޭސް ވަނީ ޑޯގޫ ދިން ބޯޅައަކުން ޔުނައިޓެޑަށް ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. މި ލަނޑާ އެކު، ކެރިކް ހަވާލުވި ފަހުން، ޔުނައިޓެޑުން މި ވަނީ 17 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެ، ލީގުގެ ތިން ވަނައިގައި އޮވެ، ސީޒަން ނިންމާލައި، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox