އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ސްކޮޑުގައި ހަ އެތުލީޓުން

Aug 26, 2026, 12:46 PM
އެންމެ ފަހުން ބޭއްވި އައިއޯއައިޖީގެ އިވެންޓެއްގެ ތެރެއިން ގައުމީ އެތުލެޓިކްސް ޓީމުގެ ރިއްފަތު ދުވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)

އެންމެ ފަހުން ބޭއްވި އައިއޯއައިޖީގެ އިވެންޓެއްގެ ތެރެއިން ގައުމީ އެތުލެޓިކްސް ޓީމުގެ ރިއްފަތު ދުވަނީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)

އަންނަ މަހު ޖަޕާނުގެ އައިޗީ-ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓިމުގެ ސްކޮޑުގައި ހިމެނޭ އެތުލީޓުންގެ ނަން އިއުލާނުކޮށްފި އެވެ. 

އަންނަ މަހު 19 އިން އޮކްޓޫބަރު 4 އަށް ކުރިއަށްދާ އޭޝިއަން ގޭމްސްގައި އެތުލެޓިކްސް އިން ރާއްޖެ ތަމްސީލްކުރަނީ، އާދަމް ރިއްފަތު، ހަސަން ސާއިދު، ހުސެއިން ޒީކް ސުއާދު، ޒުއިޒު މުހައްމަދު ސުއާދު، އިބާދުﷲ އާދަމް އަދި އިބްރާހިމް ނާހިލް ނިޒާރު އެވެ. މީގެ ތެރޭގައި، ރާއްޖޭގެ އިތުރުން، ރާއްޖޭން ބޭރުގައި ޓްރެއިނިން ހަދަމުން އަންނަ އެތުލީޓުން ހިމެނެ އެވެ. 

އެތުލެޓިކްސްގައި ރާއްޖޭން ވާދަކުރަން ހަމަޖެހިފައިވާ އިވެންޓްތަކަކީ، އިބާދުﷲ އާއި ސާއިދު، 100 މީޓަރު ދުވުމުގައި، ނާހިލް އާއި ޒުއިޒު 200 މީޓަރު ދުވުމުގައި އަދި ޒީކް އާއި ރިއްފަތު 400 މީޓަރު ދުވުމުގަ އެވެ. މީގެ އިތުރުން، ރިލޭ ދެ އިވެންޓެއްގައި ވާދަކުރަން ވަނީ ނިންމައިފަ އެވެ. އެއީ، ހަތަރެއް ގުނަ 100 މީޓަރާއި ހަތަރެއް ގުނަ 400 މީޓަރު ރޭހުގަ އެވެ. 

އެތުލެޓިކްސް އެސޯސިއޭޝަން (މޯލްޑިވްސް އެތުލެޓިކްްސް)ގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ)، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، އޭޝިއަން ގޭމްސް އަށް ފިރިހެން ޓީމު ފޮނުވަން ނިންމުމަކީ، އެސޯސިއޭޝަނުން އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުކުރަމުން އަންނަ ޕްލޭންގެ ތެރެއިން ކުރިއަށްދިޔަ ކަމެއް ކަމަށެވެ. 

އޭޝިއަން ގޭމްސް އަށް ނެގި ގައުމީ އެތުލެޓިކްސް ޓީމުގެ ސްކޮޑް.
އޭޝިއަން ގޭމްސް އަށް ނެގި ގައުމީ އެތުލެޓިކްސް ޓީމުގެ ސްކޮޑް.

އެ ގޮތުން، ދާދި ފަހުން ސްކޮޓްލެންޑްގެ ގްލާސްގޯގަައި ކުރިއަށްދިޔަ، ކޮމަންވެލްތު ގޭމްސް އަށް ސްކޮޑެއް ނެގުމުގައި ބޮޑަށް ބަލާފައިވަނީ، އަންހެން ރިލޭ ޓީމަށް ފުރުސަތު ލިބޭ ގޮތަށް ކަމަށާއި މި ފަހަރުގެ އޭޝިއަން ގޭމްސްގައި ފިރިހެން ޓީމު ބޭނުންކުރަން ވިސްނީ ކަމަށް މުންތަގިމް ފާހަގަކުރެއްވި އެވެ. 

"ގާތްގާތުގައި ދެ ގޭމްސް (ކޮމަންވެލްތު ގޭމްސް އާއި އޭޝިއަން ގޭމްސް) އޮތީމަ، އެސޯސިއޭޝަނުން ނިންމީ ދެ ރިލޭ ޓީމުގެ ކަންކަން ބެލުމަށް މި ފުރުސަތުގެ ބޭނުންކުރަން. އެއީ، އަންނަ އަހަރުގެ އައިއޯއައިޖީގެ ކަންކަން ޕްލޭން ކުރަމުންގެންދާތީއާ އެކު،" މުންތަގިމް ވިދާޅުވި އެވެ. 

މި އަހަރުގެ މިހާތަނަށް ބެލިޔަސް، ރާއްޖޭގެ އަންހެން އަދި ފިރިހެން އެތުލީޓުން ވަނީ ބަައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި ސީނިއާ މުބާރާތްތަކާއި އުމުރުފުރާ މުބާރާތްތައް ވެސް ހިމެނެ އެވެ. 

އޭޝިއަން ގޭމްސްގައި ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ބުނެފަ އެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިން އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox