ތައިލެންޑުގެ 20 އަހަރުގެ ބޫންސަން އޭޝިއަން ގޭމްސްގެ ރެކޯޑާ އެކު ސްޕްރިންޓް ދެ އިވެންޓުން ރަން މެޑަލް ހޯދައިފި

Sep 27, 2026, 8:31 PM
ތައިލެންޑުގެ ސްޕްރިންޓަރު، ޕުރިޕޯލް ބޫންސޮން: އޭނާ ވަނީ އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރުގެ ގޭމްސް ރެކޯޑް މުގުރާލައި، ދެ އިވެންޓުން ރަން މެޑަލް ހޯދައިފައި.

ތައިލެންޑުގެ ސްޕްރިންޓަރު، ޕުރިޕޯލް ބޫންސޮން: އޭނާ ވަނީ އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރުގެ ގޭމްސް ރެކޯޑް މުގުރާލައި، ދެ އިވެންޓުން ރަން މެޑަލް ހޯދައިފައި.

ނަގޯޔާ، ޖަޕާން (ސެޕްޓެމްބަރު 27) - ޖަޕާނުގެ އައިޗީ/ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ އެތުލެޓިކްސްގައި، ތައިލަންޑުގެ 20 އަހަރުގެ ސްޕްރިންޓަރު، ޕުރިޕޯލް ބޫންސަން، 100 މީޓަރާއި 200 މީޓަރު ދުވުމުން ގޭމްސް ރެކޯޑަކާ އެކު ރަން މެޑަލް ހޯދައިފި އެވެ. 

މިދިޔަ ހުކުރު ދުވަހު ބޫންސަން ވަނީ، 100 މީޓަރުގެ ފައިނަލް ހީޓުގައި، 9.90 ސިކުންތުން ރޭސް ނިންމައި، ގޭމްސް ރެކޯޑަކާ އެކު މި އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ބޫންސަން ވަނީ ސެމީ ފައިނަލުގައި 9.91 ސިކުންތުން ދުވެ، 2018 ވަނަ އަހަރު ޖަކާޓާގައި ބޭއްވި އޭޝިއަން ގޭމްސްގައި، ޗައިނާގެ ސޫ ބިންގްޓިއާން ހެދި ރެކޯޑް މުގުރާލައިފަ އެެވެ. ސޫ އެ ފަހަރު އިވެންޓު ނިންމީ، 9.92 ސިކުންތުންނެވެ. ފައިނަލް ހީޓުގައި، ބޫންސަން ވަނީ އޭނާ ސެމީ ފައިނަލް ނިންމި ޓައިިމިން އަށް ވުރެ އެއް މިލި ސިކުންތު އަވަސްކޮށް ނިންމައިފަ އެވެ. އޭޝިއާގެ އެންމެ ބާރު ދުވުންތެރިއަކީ، 2021 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ނިންމި ޓައިމިންއާ އެކު ސޫ އެވެ. އޭނާ ވަނީ އެ ފަހަރު 100 މީޓަރު އިވެންޓުގެ ސެމީ ފައިނަލުގައި، 9.83 ސިކުންތުން ދުވެފަ އެވެ. 

ބޫންސަން ފަހަތުން މި ފަހަރުގެ އޭޝިއަން ގޭމްސްގެ 100 މީޓަރު ފައިނަލުގައި ނިންމީ އޮމާންގެ ދެ ދުވުންތެރިންނެވެ. އެ ގޮތުން ދެ ވަނަ އަށް ދިޔަ އަލީ އަލް ބަލޫޝީ ވަނީ 10.4 ސިކުންތުން ރޭސް ނިންމައިފަ އެވެ. އަދި، ތިން ވަނަ ހޯދި މަލްހަމް އަލް ބަލޫޝީ ވަނީ 10.11 ސިކުންތުން ރޭސް ނިންމައިފަ އެވެ. 

Advertisement
ތައިލެންޑުގެ ސްޕްރިންޓަރު، ޕުރިޕޯލް ބޫންސޮން: އޭނާ ވަނީ އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރުގެ ގޭމްސް ރެކޯޑް މުގުރާލައި، ދެ އިވެންޓުން ރަން މެޑަލް ހޯދައިފައި.
ތައިލެންޑުގެ ސްޕްރިންޓަރު، ޕުރިޕޯލް ބޫންސޮން: އޭނާ ވަނީ އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރުގެ ގޭމްސް ރެކޯޑް މުގުރާލައި، ދެ އިވެންޓުން ރަން މެޑަލް ހޯދައިފައި.

ސަތޭކަ މީޓަރު ރޭހުން އެއް ވަނަ ހޯދިތާ ދެ ދުވަސް ފަހުން، ބޫންސަން މި ވަނީ، އޭޝިއަން ރެކޯޑަކާއި ގޭމްސް ރެކޯޑު ޓައިމިން އަކާ އެކު، 200 މީޓަރު ރޭހުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.  ބޫންސަން އެއް ވަނަ ހޯދި ޓައިމިން އަކީ 19.88 ސިކުންތުން ރޭސް ނިންމައިގެންނެވެ. 

ދުއިސައްތަ މީޓަރު އިވެންޓުގެ ސެމީ ފައިނަލުގައި، ބޫންސަން ވަނީ، 20.10 ސިކުންތުން ނިންމައި، ގޭމްސް ރެކޯޑް އާ ކޮށްފަ އެވެ. އަދި، ފައިނަލަށް ނުކުމެ، ސެމީ ފައިނަލަށް ވުރެ 0.22 ސިކުންތު އަވަހަށް ނިންމައި، ބޫންސަން ވަނީ، 19.88 ސިކުންތުގެ ޓައިމިންއަކާ އެކު، ޗައިނާގެ ޒީ ޒެންޔޭ، 2019 ގައި ހެދި އޭޝިއާގެ ރެކޯޑާ ހަމަކޮށްފަ އެވެ.

ބޫންސަން، 200 މީޓަރުގެ އިވެންޓުން ރަން މެޑަލް ހޯދުމަކީ ބައިގަރުނުގެ ތެރޭގައި މި އިވެންޓުން ތައިލެންޑަށް ލިބުނު ތާރީހީ ކާމިޔާބެކެވެ. އެ ގޮތުން، ބޫންސަން އަކީ މިދިޔަ 52 އަހަރު ތެރޭ އޭޝިއަން ގޭމްސްގެ މި އިވެންޓުން ރަން މެޑަލް ހޯދި ތައިލެންޑުގެ ފުރަތަމަ ސްޕްރިންޓަރެވެ. މީގެ ކުރިިން، ތައިލެންޑަށް އެންމެ ފަހުން މި އިވެންޓުން ރަން މެޑަލް ހޯދައިދިނީ 1974 ވަނަ އަހަރުގެ ގޭމްސްގައި، އަނަތު ރަތަނަޕޯލް އެވެ.  

މި ފަހަރުގެ ގޭމްސްގެ 200 މީޓަރު ރޭހުގައި، ބޫންސަންގެ ފަހަތުން ދެ ވަނަ ހޯދި ޗައިނާގެ ޔޯވެން ހުއަންގެ ޓައިމިން އަކީ 20.45 ސިކުންތެވެ. އަދި، ތިން ވަނަ އަށް ދިޔަ ޖަޕާނުގެ މިޒުކޫބޯގެ ޓައިމިން އަކީ، 20.56 ސިކުންތެެވެ. 

ސަތޭކަ މީޓަރު އިވެންޓުގައި އޭޝިއަން ގޭމްސްގައި ވާދަކުރި 38 އެތުލީޓުންގެ  ތެރެއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު، 34 ވަނައިގައި އޮތީ 10.85 ސިކުންތުގެ ޓައިިމިން އަކާ އެކު އެވެ. ދެން ރާއްޖޭން ވާދަކުރި އިބާދުﷲ އާދަމް އޮތީ 36 ވަނައިގައި 11.06 ސިކުންތުގެ ޓައިމިން އަކާ އެކު އެވެ. 

ދުއިސައްތަ މީޓަރު އިވެންޓުގައި، 31 ދުވުންތެރިން ރޭންކު ކުރެވުނުއިރު، ރާއްޖޭގެ އިބްރާހިމް ނާހިލް ނިޒާރު، 28 ވަނައިގައި އޮތީ 22.62 ސިކުންތުގެ ޓައިމިން އަކާ އެކު އެވެ. އަދި، 29 ވަނައިގައި އޮތް ރާއްޖޭގެ ޒުއިޒު މުހައްމަދު ސުއާދުގެ ޓައިިމިން އަކީ، 22.70 ސިކުންތެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox