އޭޝިއަން ގޭމްސްގެ ސިންގަލްސް އިވެންޓުގައި ރަފާ އަށް މޮޅެއް

Sep 23, 2026, 4:07 PM
އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ރަފާ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ،--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މީޑިއާ

އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ރަފާ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ،--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މީޑިއާ

ޖަޕާނުގެ އައިޗީ/ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގައި، ގައުމީ ޓޭބަލް ޓެނިސް ޓީމުގެ އައިޝަތު ރަފާ ނާޒިމް އަންހެން ސިންގަލްސް މެޗަކުން މޮޅެއް ހޯދިއިރު، މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 އަށް ރަފާ އާއި މޫސާ މުންސިފް އަހުމަދުގެ ޕެއާ އިން ވާދަކޮށްފި އެވެ. 

ނަގޯޔާގެ ސްކައި ހޯލް ޓޮޔޯޓާގައި ކުރިއަށްދާ ޓޭބަލް ޓެނިސްގެ އިވެންޓްތަކުގައި މިއަދު ކުޅުނު ސިންގަލްސް އިވެންޓުގައި ރަފާ ވަނީ، ބަނގްލަދޭޝްގެ ނޮވްރިން މާހީ އަތުން 4-2 ސެޓުން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް ނިމުނީ  09-11، 12-10، 07-11، 11-06، 11-05، 11-09، އިންނެވެ. 

ރަފާ، ދެ ވަނަ ބުރު (ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރު)ގެ މެޗުގައި ކުޅޭނީ ތައިލެންޑުގެ އޮރަވާން ޕަރަނަންގްއާ އެވެ. އޭނާ އަކީ ޓީޓީގެ ސިންގަލްސް ގަދަ 100 ތެރޭގައި ހިމެނޭ ކުޅުންތެރިއެކެެވެ. 

Advertisement

ސިންގަލްސް އިވެންޓުގައި، ގައުމީ ސިންގަލްސް ޗެމްޕިއަން، ފާތިމަތު ދީމާ އަލީގެ މައްޗަށް ނޯތު ކޮރެއާގެ ކުމް ޔޮންގް ކިމް ވަނީ ކާމިޔާބު ހޯދައިފަ އެވެ. ކުމް މި މެޗު ކާމިޔާބުކުރީ ސީދާ 4-0 ސެޓުންނެވެ. 

މިކްސް ޑަބްލަސް އިވެންޓުގައި، ރާއްޖޭގެ މުންސިފް އާއި ތަފާގެ ޕެއާ އިން މޮންގޯލިއާގެ ބިލްގޫން އަންކްބަޔަރު އާއި އަންކްމާ ސެރް-އޮޑްގެ ޕެއާ ބަލިކުރީ ފަހަތުން އަރަ އެވެ.  މެޗުގެ ފުރަތަމަ ދެ ސެޓް ބިލްގޫން އާއި އަންކްމާގެ ޕެއާ އިން ކާމިޔާބުކުރީ 07-11 އަދި 05-11 އިންނެވެ. އެކަމަކު، ފަހަތުން އަރައި، މުންސިފާއި ރަފާގެ ޕެއާ އިން ތިން ސެޓު ގެންގޮސްގެން މެޗުން މޮޅުވީ އެވެ. އެ ތިން ސެޓު ވެސް ކާމިޔާބު ކުރީ 11-09 އިންނެވެ. 

މިކްސް ޑަބަލްސް ގަދަ 16 ގައި މުންސިފް އާއި ރަފާގެ ޕެއާ އިން އިންޑިއާގެ ޝާހް މަނޫޝް އާއި ޑިޔާ ޗިޓަލެގެ ޕެއާއާ ކުޅެގެން ވަނީ 3-0 ސެޓުން ބަލިވެފަ އެވެ. ސެޓުތައް ގެންދިޔައީ، 11-0، 11-7 އަދި 11-6 އިންނެވެ. 

ފިރިހެން ޑަބަލްސް އިވެންޓުގައި މުހައްމަދު ޝައްފާން އިސްމާއިލާއި މުންސިފް ޕެއާ ވާދަކުރީ އީރާނުގެ ބެންޔާމީން ފަރަޖީ އާއި އަރްޔަން ޣައްފާރީގެ ޕެއާއާ އެވެ.  މެޗުގެ ފުރަތަމަ ސެޓު، އީރާނުގެ ޕެއާ ބެންޔާމީން އާއި އަރްޔަންގެ ޕެއާ  ކާމިޔާބުކުރީ 05-11 އިންނެވެ. ދެ ވަނަ ސެޓު މުންސިފާއި ޝައްފާން ހޯދީ 11-08 އިންނެވެ. ތިން ވަނަ ސެޓުވެސް ބެންޔާމީން އާއި އަރްޔަންގެ ޕެއާ އިން ކާމިޔާބުކުރީ 05-11 އިންނެވެ. މުންސިފާއި ޝައްފާން ހަތަރު ވަނަ ސެޓު ވެސް ކާމިޔާބުކުރީ 11-08 އިންނެވެ. ނަތީޖާނެރުމަށް ކުޅުނު ފަހު ސެޓު ވެސް ވަރަށް ވާދަވެރި ކުޅުމަކަށްފަހު ބެންޔާމީން އާއި އަރްޔަންގެ ޕެއާ 08-11 އިން ގެންގޮސް މެޗުން މޮޅުވި އެވެ. 

މިކްސް ޑަބަލްސްގައި ޝައްފާން އާއި ދީމާގެ ޕެއާ އަތުން، އިންޑިއާގެ ހަރްމީތު ދެސާއީ އާއި ޔަޝަސްވިނީ ގޮރްޕަޑޭގެ ޕެއާ ވަނީ މޮޅުވެފަ އެވެ. އެއީ، 3-2 ސެޓުންނެވެ.  މެޗުގެ ފުރަތަމަ ސެޓު ޝައްފާނާއި ދީމާ ކާމިޔާބުކުރީ 11-09 އިންނެވެ. ނަމަވެސް ދެ ވަނަ ސެޓާއި ތިން ވަނަ ސެޓު ޔަޝަޝްވީ އާއި ހަރްމީތުގެ ޕެއާ ކާމިޔާބުކުރީ 06-11 އަދި 07-11 އިންނެވެ. ހަތަރު ވަނަ ސެޓުވެސް ޝައްފާނާއި ދީމާ ކާމިޔާބުކުރީ 11-09 އިންނެވެ.  ނަތީޖާނެރުމަށް ކުޅުނު ފަހު ސެޓު ވާދަވެރި ކުޅުމަކަށް ފަހު ޔަޝަޝްވީ އާއި ހަރްމީތުގެ ޕެއާ އިން ކާމިޔާބުކުރީ 06-11 އިންނެވެ. ޔަޝަސްވިނީ އަކީ މި އަހަރު ސްކޮޓްލެންޑުގައި ބޭއްވި، ކޮމަންވެލްތު ޓީޓީ އިވެންޓުން ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox