އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެރާލް ގައުމީ ރެކޯޑެއް އާ ކޮށްފި

Sep 23, 2026, 11:03 AM
ގައުމީ ސްވިމިން ޓީމުގެ މެރާލް: އޭނާ ވަނީ ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ގައުމީ ރެކޯޑެއް އާ ކޮށްފައި.

ގައުމީ ސްވިމިން ޓީމުގެ މެރާލް: އޭނާ ވަނީ ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި ގައުމީ ރެކޯޑެއް އާ ކޮށްފައި.

ޖަޕާނުގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ސްވިމިން އިވެންޓުގައި، ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގެ މެރާލް އައިން ލަތީފް ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

އެ ގޮތުން، މެރާލް އާ ކޮށްފައިވަނީ، ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ. 

މެރާލް، މި ރެކޯޑް އާކޮށްފައިވަނީ، އޭޝިއަން ގޭމްސްގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓު، 01:22.06 އިން ފުރިހަމަ ކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2025 ވަނަ އަހަރު ހަންގޭރީގައި ބޭއްވުނު އެ ގައުމުގެ 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި ހަމްނާ އަހުމަދު އެވެ. ސްކޮލަޝިޕެއްގައި ހަންގޭރީގައި ތަމްރީނު ވަމުން އަންނަ ހަމްނާ މި އިވެންޓްގެ ގައުމީ ރެކޯޑް އާ ކުރީ، 01:23.38 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މީގެ ކުރިން، މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގެ މުހައްމަދު ރިހާން ޝިހާމް، ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް ވަނީ އާ ކޮށްފަ އެވެ.

ގައުމީ ގިނަ ރެކޯޑްތަކެއް މީގެ ކުރިން ވެސް އާ ކޮށްފައިވާ ރިހާން އަކީ ވެސް ސްކޮލަޝިޕެއްގައި ތަމްރީން ވަމުން އަންނަ އެތުލީޓެކެެވެ. އޭނާ މި ފަހަރުގެ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ އޭޝިއަން ގޭމްސްގެ މި އިވެންޓް، 05.06.92 އިން ފުރިހަމަކޮށްގެންނެވެ.

މި ރެކޯޑް އެންމެފަހުން ވެސް އާކޮށްފައިވަނީ ރިހާން އެވެ. އެއީ، ސްކޮޓްލަންޑްގެ ގްލާސްގޯގައި ދާދި ފަހުން ކުރިއަށްދިޔަ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި 05.09.68 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރާ ސްވިމިން ޓީމުގައި، މެރާލް އާއި ރިހާންގެ އިތުރުން ދެން ހިމެނެނީ، ލޫތު މުހައްމަދު ހުސެއިން އަދި މަލައިކާ ލިންޑާ އިމްރާން އެވެ.

އޭޝިއަން ގޭމްސްގައި، ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާއިރު، ގޭމްސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ، 81 އެވެ. އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޝޫޓިން ގައުމީ ޓީމުން ވެސް ވަނީ ގައުމީ ރެކޯޑްތަކެއް އާ ކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox