ލޫތުގެ ރެކޯޑާ އެކު، ސްވިމިން ޓީމުން އޭޝިއަން ގޭމްސްގައި ތިން ގައުމީ ރެކޯޑް

Sep 26, 2026, 8:39 AM
އޭޝިއަން ގޭމްސްގެ އިވެންޓްގެ ތެރެއިން ލޫތު: އޭނާ ވެސް ވަނީ އަމިއްލަ އަތުގައި ކުރިން ވެސް އޮތް ގައުމީ ރެކޯޑެއް އާ ކޮށްފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޭޝިއަން ގޭމްސްގެ އިވެންޓްގެ ތެރެއިން ލޫތު: އޭނާ ވެސް ވަނީ އަމިއްލަ އަތުގައި ކުރިން ވެސް އޮތް ގައުމީ ރެކޯޑެއް އާ ކޮށްފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޖަޕާނުގެ އައިޗީ/ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ސްވިމިން އިވެންޓުގައި، ލޫތު މުހައްމަދު ހުސެއިން، ފިރިހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކުން ގައުމީ ރެކޯޑް އާ ކޮށްފި އެވެ. 

އައިޗީ/ނަގޯޔާ އަކީ އޭޝިއަން ގޭމްސްގެ މައި ދެ ހޯސްޓުން ކަމުގައި ވިޔަސް، ސްވިމިން އިވެންޓްތައް ކުރިއަށްދަނީ، ޖަޕާނުގެ ވެރި ރަށް ޓޯކިޔޯގަ އެވެ. 

ޓޯކިޔޯ އެކުއަޓިކް ސެންޓަރުގައި އިއްޔެ ކުރިއަށްދިޔަ ފިރިހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކު އިވެންޓުގައި ލޫތު ރޭސް ނިންމީ 30.98 ސިކުންތުންނެވެ. ޖުމްލަ އެކު، 10 ފެތުންތެރިން ފެތި މި ހީޓު ލޫތު ނިންމީ 7 ވަނައިގަ އެވެ.

Advertisement

މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން ވެސް އާ ކުރީ މި ފަހުން ބައިނަލްއަގުވާމީ ގިނަ މުބާރާތެއްގައި ވާދަކޮށްފައިވާ ލޫތު އެވެ..

އެ ގޮތުން، ލޫތު އެންމެ ފަހުން، މި އިވެންޓުގެ ގައުމީ ރެކޯޑް އާ ކުރީ، މި އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ 23 ވަނަ ކޮމަންވެލްތު ގޭމްސްގަ އެވެ. އެ ގޭމްސްގެ މި އިވެންޓުގައި ލޫތުގެ ޓައިމިން އަކީ 31.54 އެވެ.

އޭޝިއަން ގޭމްސްގައި ލޫތުގެ އިތުރުން، ދެން ވާދަކުރި ގައުމީ ސްވިމިން ޓީމުގެ އެތުލީޓުންނަކީ، މެރާލް އައިން ލަތީފް، މުހައްމަދު ރިހާން ޝިހާމް އަދި މަލައިކާ ލިންޑާ އިމްރާން އެވެ. ރާއްޖޭގެ ފެތުންތެރިންގެ އިވެންޓްތައް ނިމިފައިވާއިރު، މި ޓީމުން ވަނީ ޖުމްލަ އެކު، ތިން ގައުމީ ރެކޯޑެއް މި ފަހަރުގެ އޭޝިއަން ގޭމްސްގައި އާ ކޮށްފަ އެވެ. 

މެރާލް އާ ކޮށްފައިވަނީ، ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ.  މެރާލް، މި ރެކޯޑް އާކޮށްފައިވަނީ، އޭޝިއަން ގޭމްސްގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓު، 01:22.06 އިން ފުރިހަމަ ކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2025 ވަނަ އަހަރު ހަންގޭރީގައި ބޭއްވުނު އެ ގައުމުގެ 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި ހަމްނާ އަހުމަދު އެވެ. ސްކޮލަޝިޕެއްގައި ހަންގޭރީގައި ތަމްރީނު ވަމުން އަންނަ ހަމްނާ މި އިވެންޓްގެ ގައުމީ ރެކޯޑް އާ ކުރީ، 01:23.38 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން އާ ކުރި ފުރަތަމަ ގައުމީ ރެކޯޑަކީ،  ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ރިހާން އާ ކުރި ރެކޯޑެވެ.

ގައުމީ ގިނަ ރެކޯޑްތަކެއް މީގެ ކުރިން ވެސް އާ ކޮށްފައިވާ ރިހާން އަކީ ވެސް ސްކޮލަޝިޕެއްގައި ތަމްރީން ވަމުން އަންނަ އެތުލީޓެކެެވެ. އޭނާ މި ފަހަރުގެ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ އޭޝިއަން ގޭމްސްގެ މި އިވެންޓް، 05.06.92 އިން ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް އެންމެފަހުން ވެސް އާކޮށްފައިވަނީ ރިހާން އެވެ. އެއީ، ސްކޮޓްލަންޑްގެ ގްލާސްގޯގައި ދާދި ފަހުން ކުރިއަށްދިޔަ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި 05.09.68 އިން އިވެންޓު ފުރިހަމަ ކޮށްގެންނެވެ.

އޭޝިއަން ގޭމްސްގައި، ރާއްޖޭން ހަތް ކުޅިވަރަކުން ވާދަކުރާއިރު، ގޭމްސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދަކީ، 81 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox