މޮންގޯލިއާ ކުޅުންތެރިއަކު ބަލިކޮށް ނަބީ އޭޝިއަން ގޭމްސް ދެ ވަނަ ބުރަށް

Sep 25, 2026, 9:43 AM
އޭޝިއަން ގޭމްސްގައި މިއަދު ކުޅުނު މެޗުގެ ތެރެއިން ނަބީހާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އޭޝިއަން ގޭމްސްގައި މިއަދު ކުޅުނު މެޗުގެ ތެރެއިން ނަބީހާ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޖަޕާންގެ އައިޗީ/ނަގޯޔާގައި މިއަދު ފެށި ބެޑްމިންޓަން އިވެންޓްގެ އަންހެން ސިންގަލްސްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، އައިމިނަތު ނަބީހާ އަބްދުއް ރައްޒާގު (ނަބީ)، ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ. 

ޖަޕާނުގެ އިޗިނޯމިޔާ ސިޓީ މުނިސިޕަލް ޖިމްނޭސިއަމްގެ ތިން ވަނަ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ނަބީ ވާދަކުރީ މޮންގޯލިއާގެ ސެލްމެގް-އޯޑް އެންހްލެންއާ އެވެ. މުބާރާތުގެ އަންހެން ސިންގަލްސްގެ ފުރަތަމަ ބުރުގައި، ނަބީ ވަނީ މި މެޗުން ފަސޭހަ ކަމާ އެކު، 21-08، 21-3 އިން މޮޅުވެފަ އެވެ. 

ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުގައި ނަބީ ކުޅެން ޖެހޭނީ، ހޮންގް ކޮންގްގެ ލޯ ސިން ޔެން ހެޕީއާ ދެކޮޅަށެވެ. 

އަންހެން ސިންގަލްސްގައި ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ފަށާނީ ދެ ވަނަ ބުރުންނެވެ. ފުރަތަމަ ބުރުން ކުރިއަށް ދިއުމުގެ ޑްރޯއެއް ލިބިފައިވާ ނަބާ، ދެ ވަނަ ބުރުގައި ވާދަކުރަން ޖެހެނީ، ސިންގަޕޫރުގެ ޔިއޯ ޖިއާ މިންއާ އެވެ. 

ނަބާ އާއި ނަބީގެ އިތުރުން، އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނެނީ، ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު އެވެ. ފިިރިހެން ސިންގަލްސްގައި ނިބާލް ވެސް ދެ ވަނަ ބުރުން ފަށަން ޖެހޭއިރު، ވާދަކުރަނީ ސްރީ ލަންކާގެ ނެޓަސިންހޭ ޕުލިކުއްޓީއާ އެވެ. އަދި، ޒަޔާން ވަނީ ފުރަތަމަ ބުރުގެ މެޗުން މޮންގޯލިއާގެ މުންކްބަޓް ބަޓްޑަވާ އަތުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 21-12، 21-17 އިންނެވެ.

ފިރިހެން ޑަބަލްސްގައި މިއަދު ޒަޔާން އާއި ނިބާލްގެ ޕެއާ އިން ކުޅޭނީ ދެކުނު ކޮރެއާގެ ކަންގް މިން އާއި ކީ ޑޮންގްގެ ޕެއާއާ ދެކޮޅަށެވެ. އަންހެން ޑަބަލްސްގައި މިއަދު، ރާއްޖޭގެ ނަބާ އާއި ނަބީގެ ޕެއާ، ތައިލެންޑުގެ އައިމްސާދު ނުންތަކާން އާއި ސުދްޖައިޕްރަޕަރަތު ޖެނިކާގެ ޕެއާއާ ދެކޮޅަށް ނުކުންނާނެ އެވެ.  

މިކްސް ޑަބަލްސްގައި ނިބާލް އާއި ނަބީގެ ޕެއާ ވަނީ ފުރަތަމަ ބުރުގެ މެޗުން އިންޑިއާގެ ކަޕީލާ ދްރޫވް އާއި ތަނީޝާ ކްރާސްޓޯ އަތުން 21-08، 21-07 އިން ބަލިވެފަ އެވެ. އަދި، ފުރަތަމަ ބުރުގައި، ނަބާ އާއި ޒަޔާންގެ ޕެއާ ކުޅުނު މެޗުން އިންޑޮނޭޝިއާގެ ނިކޯލަސް ޖަކީން އާއި ސިތީ ފަދިއާ ސިލްވާ ރަމަދަންތީ މޮޅުވީ، 21-08، 21-14 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox