އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް

Oct 4, 2026, 3:13 PM
ޗައިނާގެ ދެ ސްޕްރިންގްބޯޑް އެތުލީޓަކުން މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރަން މެޑަލް ހޯދުމަށް ފަހު،

ޗައިނާގެ ދެ ސްޕްރިންގްބޯޑް އެތުލީޓަކުން މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރަން މެޑަލް ހޯދުމަށް ފަހު،

އައިޗީ-ނަގޯޔާ، ޖަޕާން (އޮކްޓޫބަރު 4) - ޖަޕާންގެ އައިޗީ އާއި ނަގޯޔާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ އެންމެ ކުރީގައި އޮވެ، ޗައިނާ އިން ކާމިޔާބު އަހަރެއް ނިންމާލައިފި އެވެ. 

މިދިޔަ މަހުގެ 19 އިން މި މަހުގެ ހަތަރު ވަނަ ދުވަހުގެ (މިއަދުގެ) ނިޔަލަށް ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ޗައިނާ އިން ޖުމްލަ އެކު، 341 މެޑަލް ހޯދި އެވެ. އެއީ، 169 ރަން މެޑަލާއި 89 ރިހި މެޑަލާއި 83 ލޯ މެޑަލް އެވެ. ޗައިނާ އަކީ އޭޝިއާ އިން ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސްގައި ތަފާތު ދައްކާ ގައުމެކެވެ. އަދި، އެކި ކުޅިވަރުގެ ވަސީލަތްތައް ޒަމާނީ މޮޑެލް އިން ކުރިއަށްގެންދިއުމަށްޓަކައި، ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް އޭޝިއަން ގޭމްސް ވެސް ގިނަ ފަަހަރުތަކެއް މަތިން ހޯސްޓްކޮށްފައިވާ ގައުމެކެވެ. 

މެޑަލް ތާވަލުގެ ދެ ވަނައިގައި އޮތީ މި ފަހަރުގެ ގޭމްސް ބޮޑު ތަކުލީފުތަކަކާ އެކު ވެސް ހޯސްޓްކުރި ޖަޕާން އެވެ. އެ ގޮތުން، ޖަޕާނުން ޖުމްލަ އެކު، 269 މެޑަލް ހޯދިއިރު، އޭގެ ތެރެއިން ރަން މެޑަލްގެ އަދަދަކީ 83 އެވެ. އަދި، ރިހި މެޑަލަށް ބަލާއިރު، 95 މެޑަލް ހިމެނޭއިރު، ލޯ މެޑަލްގެ 91 މެޑަލް ހޯދި އެވެ. ތިން ވަނައިގައި އޮތް ދެކުނު ކޮރެއާ އިން ޖުމްލަ އެކު، 150 މެޑަލް ހޯދިއިރު، ރަން މެޑަލްގެ ނިސްބަތް މަދެވެ. އެ ގައުމަށް 39 ރަން މެޑަލް ލިބުނުއިރު، ރިހި މެޑަލް ލިބުނީ 43 އެވެ. އަދި، ލޯ މެޑަލްގެ 68 މެޑަލް ވަނީ ލިބިފަ އެވެ. 

Advertisement

ސަތޭކަ އަށް ވުރެން ގިނަ މެޑަލް ހޯދީ ގަދަ ތިނެއްގައި އޮތް، ޗައިނާ، ޖަޕާން އަދި ދެކުނު ކޮރެއާ އެވެ. 

މެޑަލްގެ އަދަދަށް ބަލާއިރު، ހަތަރެއްގައި އޮތް އިންޑިއާ އާއި ފަހެއްގައި އޮތް އުޒްބެކިސްތާނަށް ރަން މެޑަލްގެ ލިބުނީ 21 މެޑަލް އެވެ. އެކަމަކު، އިންޑިއާ އިން ޖުމްލަ މެޑަލްގެ އަދަދު އުޒްބެކިސްތާނަށް ވުރެން އިތުރެވެ. އިންޑިއާ އިން 85 މެޑަލް ހޯދީ 21 ރަން މެޑަލްގެ އިތުރުން، 27 ރިހި މެޑަލް އާއި 37 ލޯ މެޑަލް ހޯދައިގެންނެވެ. އުޒްބެކިސްތާނަށް 21 ރަން މެޑަލްގެ އިތުރުން ދެން ލިބުނީ 25 ރިހި މެޑަލް އާއި 24 ލޯ މެޑަލް އެވެ.  

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ޖުމްލަ 40 ގައުމަކުން މެޑަލް ހޯދި އެވެ. އެންމެ މަދުން މެޑަލް ހޯދި ގައުމުތަކަކީ، ބަންގްލަދޭޝް، ބްރުނާއި ދާރުއްސަލާމް، ލާއޯސް އަދި ސީރިއާ އެެވެ. މީގެއިން ކޮންމެ ގައުމަކަށް ވެސް ލިބިފައިވަނީ އެއް ލޯ މެޑަލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox