ޑޮލަރުގެ ތާށިކަމަކީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ، އޭގެ އަގު ރިސޯޓު މުވައްޒަފުން ދައްކަން ޖެހޭ ހަމައެއް ނެތް: ޓީމް

ރިސޯޓު މުވައްޒަފުންތަކެއް ޓޫރިސްޓުންގެ ލަގެޖު ލޯންޗަށް އަރުވަނީ: ސަރުކާރުން އިއުލާނުކުރި ބަދަލުތަކަށް ގިނަ ރިސޯޓު މުވައްޒަފުން އަންނަނީ ދެކޮޅު ހަދަމުން -- ފޮޓޯ: އަދަދު ފައިލް

ރިސޯޓު މުވައްޒަފުންތަކެއް ޓޫރިސްޓުންގެ ލަގެޖު ލޯންޗަށް އަރުވަނީ: ސަރުކާރުން އިއުލާނުކުރި ބަދަލުތަކަށް ގިނަ ރިސޯޓު މުވައްޒަފުން އަންނަނީ ދެކޮޅު ހަދަމުން -- ފޮޓޯ: އަދަދު ފައިލް

ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަކީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސިޔާސީ ނިންމުންތަކުގެ ނަތީޖާ ކަމަށާއި އޭގެ އަގު ރިސޯޓު މުވައްޒަފުން ދައްކަން ޖެހޭ އެއްވެސް ހަމައެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ބުނެފި އެވެ.

ޑޮލަރުން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ޑޮލަރު މާރުކޮށް އާމްދަނީ ހޯދާ ކަމަށް ތުހުމަތުކޮށް 2030 ވަނަ އަހަރު އަންނަވާއިރަށް ޑޮލަރުން މުސާރަދިނުން މަނާކުރަން މަރުަކަޒީ ބޭންކުން ވަނީ އަމާޒު ހިފާފަ އެވެ. އޭގެ އިތުރުން، ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ވެސް ގާނޫނު ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ޓީމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ބަދަލު ގެނެސްފިނަމަ މިހާރު ޑޮލަރުން ދޭ މުސާރަ އާއި ސާވިސް ޗާޖު ރުފިޔާއިން ދޭން މަޖުބޫރުވާނެ ކަމަށް ރިސޯޓުތަކުން ބުނަމުންދާ ކަމަށެވެ. އެފަދަ ހާލަތެއްގައި ވެސް މިފަދަ އަމާޒަކަށް ސަރުކާރުން މަސައްކަތްކުރުމަކީ ކަންބޮޑުވުމެއް ކަމަށް ޓީމްއިން ބުނެފައިވެ އެވެ. 

Advertisement

"މި ބަދަލުގެ ސަބަބުން މުވައްޒަފުންނަށް ލިބޭ އާމްދަނީގެ އަދަދު އިންތިހާއަށް ދަށްވެ، މާލީ ގޮތުން ނުއުފުލޭ ވަރުގެ ބޮޑު ބުރަޔަކާ ކުރިމަތިލާން ޖެހޭނެ. ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމުގެ ބުރަޔާއި ޒިންމާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ބޮލުގައި އެޅުވުމަށް ކުރާ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށް ދަންނަވަން،" ޓީމްގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ރިސޯޓު މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުަރިމަތިވި ހާލަތެއްގެ އަގު މުވައްޒަފުން ދައްކަން ޖެހޭ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށް ޓީމްއިން ބުނެފައިވެ އެވެ. ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ނެތި މުސާރަ ޑޮލަރަށް ބަދަލުކުރަން ތާއިދުނުކުރާކަން ޓީމްއިން ވަނީ ހާމަކޮށްފަ އެވެ.

"ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާގެ މަގުން، މުވައްޒަފުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރަށް ދެވޭނަމަ، ދިވެހި ރުފިޔާއިން މުސާރަ ލިބުމުގެ ކަންބޮޑުވުމެއް އޮންނާނެ ކަމަށް ނުދެކޭކަމާ، ނަމަވެސް މިފަދަ ޔަގީންކަމެއް ނެތި ޑޮލަރުން ލިބޭ އާމްދަނީ ރުފިޔާއަށް ބަދަލުކުރުމަކީ ރިސޯޓު މުވައްޒަފުންނާއި ސިނާއަތަށް ދެވޭނެ ނުހަނު ބޮޑު ގެއްލުމެއް،" ޓީމްގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ރިސޯޓު މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް އަޅަން ޖެހޭނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް ޓީމްއިން ވަނީ ބުނެފަ އެވެ.  ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވެސް ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox