ނިންމުންތަކުގައި އެއްގޮތްކަން ނުހިފެހެއްޓޭ ކަމަށް ވިދާޅުވެ ޔާމީން ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ފޮޓޯ: ޕީއެންއެފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -- ފޮޓޯ: ޕީއެންއެފް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކުގައި އެއްގޮތްކަން ނުހިފެހެއްޓޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ކޯޓަށް ފާޑުވިދާޅުވެއްޖެ އެވެ. 

ޕީއެންއެފް އިން ބޭއްވި "ފެހި ސިގްނަލް" ޖަލްސާގައި ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން އެކި މައްސަލަތަކުގައި ތަފާތު ގޮތްގޮތަށް އަމަލުކުރުމުގެ ސަބަބުން އިތުބާރުކުރަންވީ މައްސަލައެއް ނޭނގޭ ކަމަށާއި ގާނޫނުގައި ލިޔެގެންވެސް މައްސަލަ ހައްލުކުރަންޖެހިފައި އެބަހުރި ކަމަށެވެ. 

"ސުޕްރީމް ކޯޓުން މައްސަލައެއް ނިންމީމަ ގާނޫނެއް ހެދެންދެން އެ މައްސަލަ ނިންމެވުން އެހެން ގޮތަކަށް ބަދަލުވަންދެން އަޅުގަނޑުމެން ދެކެނީ ނޫނިއްޔާ އަޅުގަނޑުމެން މިހާތަނަށް އަމަލުކުރަމުން އައީ މިއީ އިސްތިގުރާރުވެފައި ހުރި އުސޫލްތައް ކަމަށް. މިއީ ގާނޫނު ކަމަށް. ދެން އެކަން މިއަށްވުރެ ފުރިހަމަ ކުރާ ކަމަށްވާނަމަ ގާނޫނުގެ ވާހަކަ އެގޮތަށް ލިޔަން ޖެހެނީ،" ޔާމީން ވިދާޅުވި އެވެ. 

Advertisement

ޔާމީން ވިދާޅުވީ އެއްވެސް ދާއިރާއަކުން ނިންމާ ކަމަކާ މެދު ފާޑުނުކިޔޭ ގޮތަށް އޮވެގެން ނުވާނެ ކަމަށެވެ. އެއީ ރާއްޖޭގައި ހައްލެއް ހޯދަންޖެހިފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެއް މައްސަލައިގައި ސުޕްރީމް ކޯޓުން ތަފާތު ގޮތްގޮތް އިހްތިޔާރު ކުރާތަން. އެހެންވީމަ ސުޕްރީމް ކޯޓުން ނިންމާ ކޮން މައްސަލައަކަށްތޯއޭ އިތުބާރު ކުރަންވީ. އެއް މައްސަލައިގައި މި ވިދާޅުވަނީ މިހެން ނިންމާފައި އޮތްނަމަވެސް ތިމަންނަމެން އެއާ ދުރަށް ގޮސްފައި ތިމަންނަމެން ވަކި ގޮތަކަށް މައްސަލަ ނިންމަން ބޭނުންވަނީއޭ."

މީގެ އިތުރުން، ފަނޑިޔާރުންނަކީ ވެސް އިންސާނުން ކަމަށްވާތީ، އެ ބޭފުޅުންގެ ކިބައިގައި ވެސް ދަހިވެތިކަމާއި، އެކި ކަހަލަ ބޭނުންތަކާއި މަގްސަދުތައް ހުންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ  މިފަދަ ކަންކަމުގެ ސަބަބުން ގައުމަށް ހިތްދަތި ދުވަސްތަކެއް ކުރިމަތިވަމުންދާ ކަމަށާއި، މި ހިތްދަތިކަން އިތުރުވަނީ މިފަދަ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮންނާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ބަދުނަސީބަކީ، އަޅުގަނޑުމެންގެ ބަދުނަސީބަކީ ސުޕްރީމް ކޯޓަކީ ފަހު ބަސް ބުނާ މުގައްދަސް ތަނެއް ކަމަށް ނިންމައިގެން ތިބޭއިރު ސުޕްރީމް ކޯޓުން އެބޭފުޅުންގެ އަހުދާއި އެބޭފުޅުންގެ ހަވާލުވެފައި އޮތް އަމާނާތާ ހިލާފުވެވަޑައިގަތީމަ ހާދަ ބަދުނަސީބު ބައެކޭ ރައްޔިތުން މިއީ. އެހެންވީމަ މިއަށް އަޅުގަނޑުމެން ހައްލެއް އެބަ ހޯދަންޖެހެއޭ. މި ހައްލު އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެއީ ދެއި އާ ނޮޓް އޭންޖަލްސް. ދެއި އާ އިކުއަލީ ފެލިބޯސް. އަޅުގަނޑުމެން އެކަންޏެއް ނޫން ކުށް ކުރާނީއެއް،" ޔާމީން ވިދާޅުވި އެވެ. 

"ހަމަ އެއީވެސް އިންސާނުން. އެމީހުންގެވެސް އެކި ކަހަލަ ގްރީޑް ހުންނާނެ. ނީޑް ހުންނާނެ. މޯޓިވްސް ހުންނާނެ. އަދި އެ ނޫން ކަންތައްތައްވެސް ހުންނާނެ. އެހެންވީމަ އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ހިތްދަތި ދުވަސްތަކެއް. އެކަމަކު ހިތްދަތިކަން އިތުރުވެގެންދަނީ މިކަންކަމުގައި ސަރުކާރުގެ އަތެއްވާތީ."

ސުޕްރީމް ކޯޓަކީ ފަހު ބަސް ބުނާ މުގައްދަސް ތަނެއްގެ ގޮތުގައި ބަލައިގެން ތިބޭއިރު، އެ ބޭފުޅުންނާ ހަވާލުވެފައިވާ އަމާނާތާ ހިލާފުވުމަކީ ހިތާމަހުރި ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox