އޭސީސީގެ ރިޕޯޓްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި އެފްއޭމްގެ މައްޗަށް ތުހުމަތެއް

Aug 20, 2026, 9:17 AM
މި އަހަރު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާ.--- ފޮޓޯ: އަދަދު ސްޕޯޓްސް

މި އަހަރު ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި މިންވަރު ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކުރި ދިރާސާގެ ރިޕޯޓުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ފުޓްބޯލް އެސޯސިއޭޝަންގެ މައްޗަށް ސީރީއަސް ތުހުމަތެއް އަމާޒުވެއްޖެ އެވެ. 

އޭސީސީގެ ރިސާޗް އެންޑް ޕޮލިސީ ސެކްޝަނުން ތައްޔާރުކުރި މި ރިޕޯޓް ފާސްކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. މި ދިރާސާ އަށް ބޭނުންކުރި މެތަޑްގައި ރިޕޯޓްގައި ބުނެފައިވާ ގޮތުން މި ދިރާސާ ކުރެވުނީ ޑެސްކް ރިިވިއު ހަދައިގެންނެވެ، ޖަމިއްޔާތަކާއި ޖަމާއަތްތަކުން ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް އަދި އޮޑިޓް ރިޕޯޓްތަކުން މައުުލޫމާތު އެއްކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، މި ރިޕޯޓަށް މައުލޫމާތު އެއްކުރުމަށްޓަކައި، ފޯކަސް ގްރޫޕް އިންޓަވިއު ކުރެވުނު ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ. 

އެ ގޮތުން، މި ދިރާސާ ރިޕޯޓްގެ މައްސަލަތަކުގެ ތެރޭގައި ބުނެފައިވާ ގޮތުގައި، އެފްއޭއެމް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ސަރުކާރުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދޫކުރެވިފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަަމަށާއި، އެ ގޮތުން، އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ފައިސާ އެކިއެކި ކްލަބްތަކުގެ އިސްވެރިންނަށް ދޭ ކަމަށް ވަނީ ހިމަނައިފަ އެވެ. އަދި، މި ކަމަކީ އެފްއޭއެމް އަށް ފައިސާ ދޫކުރާ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެފްއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ ފައިސާ ބޭނުންކުރާކަމުގެ  ޝަކުވާ އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްގައިވަނީ ބަޔާން ކޮށްފަ އެވެ. 

އޭސީސީގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ މި ސީރިއަސް މައްސަލައިގެ ތުހުމަތާ ގުޅިގެން، މޯލްޑިވްސް އޮލިޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ)، ސޯޝަލް މީޑިއާގައި އޭސީސީ އަށް މުހިންމު ސުވާލެއް ވަނީ ކުރިމަތިކޮށްފަ އެވެ. އެ ގޮތުން، ފޭސްބުކްގައި، އޭސީސީގެ ރައީސް، އާދަމް ޝާމިލް އަށް ދަންނަވާފައިވަނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅޭގޮތުން، އޭސީސީ އަށް ހުށަހެޅުނު ފައިސާގެ މައްސަލައާ ގުޅޭ މި ޝަކުވާގެ މައްސަލަ ބެލުމަށް ފަހު، އެ ފަރާތާ ދޭތެރޭ އެޅި ފިޔަވަޅެއް ސާފުކުރުމަށް އެދޭ ކަމަށެވެ. 

އޭސީސީގެ ރިޕޯޓްގައި ދިވެހި ކުޅިވަރާ ބެހޭ ގާނޫނީ އޮނިގަނޑު ދައްކުވައިދޭ ޗާޓެއް ކުރަހާފައިވާއިރު، ކްލަބް ޖަމިއްޔާތަކަށް/އެސޯސިއޭޝަންތަކަށް ޒިންމާވާން ޖެހޭ ބައެއްގެ ގޮތުގައި ހިމަނާފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އޮތީ ވަކި ސަހުސެއްގެ ގޮތުގަ އެވެ. 

އެކާވީސް ކަރުދާހުގެ މި ރިޕޯޓްގައި، އޭސީސީން ވަނީ ރާއްޖޭގެ ކުޅިވަރާ ގުޅުންހުރި ކޮރަޕްޝަނަށް މަގުފަހިވެފައިވާ ގިނަ މައްސަލަތަކެއް ބަޔާންކޮށް، 18 ލަފަޔެއް ހުށަހަޅައިފަ އެވެ. 

ހުށަހަޅާފައިވާ ލަފާތަކަށް އަލިއަޅުވާލާއިރު، މާލީ ޖަވާބުދާރީވުން ހަރުދަނާކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ އެންމެހާ އާމްދަނީއާއި ކުރާ ޚަރަދުތައް ހާމަކުރުން ޤާނޫނުން ލާޒިމްކުރުމަށާއި، ހަރުދަނާ ފައިނޭންޝަލް ރިޕޯޓިންގ ފްރޭމްވަރކެއް އެކުލަވާލުމަށް ވާނީ ލަފާދީފަ އެވެ. އަދި، ގަވާއިދުން މިނިވަން މާލީ އޮޑިޓްތައް ހެދުމާއި، ވެރިންނާއި ހިރާސް ބޮޑު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ވެބްސައިޓުގައި ޝާއިޢުކުރުން ލާޒިމްކުރުން ހިމެނެ އެވެ. މީގެ އިތުރުން، އެކަޑަމީތަކުގެ ފެންވަރާއި، ކޯޗުންގެ ޝަރުތުތަކާއި ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، ކުޅިވަރާބެހޭ ވުޒާރާއިން ޕީރިއޮޑިކް އިންސްޕެކްޝަންތައް ހިންގުމަށްވެސް ވަނީ ހުށަހަޅައިފަ އެވެ.

އަދި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، މަޤާމުތަކަށް ނަޒާހަތްތެރި އަދި ޤާބިލް ފަރާތްތައް އައްޔަންކުރުމަށާއި، ޝަކުވާ ހުށަހަޅައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށް ރިޕޯޓުގައި ބާރުއަޅާފައިވާނެއެވެ. ހަމައެއާއެކު، ދަނޑުތަކުން ލިބެންޖެހޭ ފައިސާގެ އޮޑިޓެއް ހެދުމާއި، ސްކޮލަރޝިޕް ދިނުމާއި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުމަށްވެސް ލަފާދީފައިވާނެއެވެ. އަދި ކުޅިވަރާބެހޭ ޤާނޫނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، މަސްއޫލިއްޔަތުތަކާ ގުޅިގެން ޕަރފޯމަންސް އޮޑިޓް ފުރިހަމަކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާ އިން ހޯދައިފި

ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލި 1-0 އިން ބަލިކޮށް، ވެލާ ޕްރައިވެޓް އައިލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު އަހުމަދު އިމްތިނާހު ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ އަހުމަދު އިމްރާން

ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ތައްޔާރު

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ މުބާރާތުގެ ކާމިޔާބީއާއި އާސިއާން ކަޕްގެ ތަޖުރިބާއާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ކޯޗު ސޮލާނޯ ބުނިގޮތުގައި، ފަހަކަށް އައިސް ޓީމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު މި މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތް

އިންޓަ އާއި ނަޕޯލީ މޮޅުވިއިރު، މިލާނާއި ޔުވެންޓަސް ބަލި

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި ނަޕޯލީ މޮޅުވިއިރު، އޭސީ މިލާނާއި ޔުވެންޓަސް ވަނީ ބަލިވެފައި. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އިންޓަ އޮތްއިރު، މިލާން މިވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވުމާ ކުރިމަތިލާން ޖެހިފައި

ކޮމްޕެނީ ހޮސްޕިޓަލުން ދޫކޮށްލައިފި، ފަރުވާހޯދީ މެނިންޖިއަލް އަށް!

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ތަމްރީނުތަކުގެ ތެރެއިން ހޭނެތިގެން ވެއްޓުމާ ގުޅިގެން، ފަސް ދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން މެނިންޖިއަލް އިރިޓޭޝަނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި. ކޮމްޕެނީގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އޭނާ އަލުން ޓީމާ ގުޅޭނީ ގޭގައި ރިހެބިލިޓޭޝަން ފުރިހަމަކޮށް އެއްކޮށް ފިޓްވުމުން

ޗެލްސީ ބަލިކޮށް ލިވަޕޫލް ލީގު ކަޕް ކުއާޓާ ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް މޮޅުވީ ޗެލްސީގެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އަލްވަރޭޒް މައްސަލައިގައި ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި

އެތުލެޓިކޯ މެޑްރިޑަށް ނޭނގި އެ ޓީމުގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރުމުން، ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ފިޔަވަޅު އެޅީ، ކްލަބަށް ނޭނގި ކުޅުންތެރިޔާއާ މުއާމަލާތް ކުރި މައްސަލަ އެތުލެޓިކޯއިން ހުށަހެޅުމާ ގުޅިގެން

Newsletter

Get the latest news delivered straight to your inbox