ނުއަގުގައި ހުޅުމާލޭން ގޯތި ދިނުމުގެ މުއާމަލާތް އޭސީސީން ނުހުއްޓުވި!

އޭސީސީގެ ރައީސް އާދަމް ޝާމިލް: ނުއަގުގައި ދޭ ގޯތީގެ މުއާމަލާތް ހުއްޓާލަން ނާންގާ ކަމަށް އެ ކޮމިޝަނުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

އޭސީސީގެ ރައީސް އާދަމް ޝާމިލް: ނުއަގުގައި ދޭ ގޯތީގެ މުއާމަލާތް ހުއްޓާލަން ނާންގާ ކަމަށް އެ ކޮމިޝަނުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ނުއަގުގައި މީހަކަށް ގޯއްޗެއް ވިއްކި މައްސަލައިގައި އެ ގޯތި ވިއްކުމުގެ މުއާމަލާތް ހުއްޓާލަން ނާންގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ. 

އެ ގޯތި ވިއްކުމުގެ މުއާމަލާތް ހުއްޓާލަން ނާންގާ ކަމަށް އޭސީސީން އަދަދު އަށް ބުނުމުގެ އިތުރުން އެއްވެސް އިތުރު ތަފްސީލެއް އެ ކޮމިޝަނުން ދީފައެއް ނުވެ އެވެ. 

ސޯޝަލް މީޑިއާގައި ލީކުވެފައިވާ ހައުސިން މިނިސްޓްރީގެ މެމޯއެއްގައި ބުނެފައިވާ ގޮތުން ޒާހިރު އަށް ހުޅުމާލެއިން 1250 އަކަފޫޓުގެ ބިމެއް ވިއްކަން ނިންމާފައި ވަނީ 468،750ރ. އަށެވެ. އެއިރުން އަކަފޫޓަކަށް ޖެހެނީ އެންމެ 375ރ. އެވެ. 

Advertisement

ހުޅުމާލޭގައި އެންމެ ފަހުން ވިޔަފާރި އުސޫލުން ބިން ވިއްކާފައި ވަނީ 4000ރ. އާއި 4500ރ. ދެމެދުގެ އަގެއްގަ އެވެ.  އެހެންކަމުން އަހުމަދު ޒާހިރަށް ބިން ވިއްކާފައި ވަނީ މާކެޓު އަގަށް ވުރެ ބޮޑު ޑިސްކައުންޓެއް ދީފަ އެވެ. 

 އެކަމުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް އަދި އަދަދު އާ ވާހަކަ ދައްކަމުން ބުނީ ޒާހިރަށް ނުއަގުގައި ގޯތި ވިއްކަން ހައުސިން މިނިސްޓްރީއަށް އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ޒާހިރަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރެކެވެ.

ނަމަވެސް މިކަމާ ގުޅިގެން ހައުސިން އިން ބުނީ އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް އަގުހެޔޮކޮށް ހުޅުމާލެއިން ގޯއްޗެއް ވިއްކީ، 2003 ވަނަ އަހަރު އޭނާއަށް ހުޅުމާލޭގެ އެއްވަނަ ފިޔަވަހިން ގޯއްޗެއް ވިއްކަން އޭރުގެ ސަރުކާރުން ނިންމާފައި އޮތް ނިންމުމަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން، ޒާހިރުއަށް ގޯއްޗެއް ވިއްކާފައި އޮތީ ޑިސެމްބަރު 22، 2003، ގައި އޭރުގެ ސަރުކާރުން "މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕެމްންޓު ބޯޑު" މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ތެރެއިން ހުޅުމާލޭގެ ރަށު ތެރެއިން ވިއްކި 56 ގޯތީގެ ދަށުންކަން ރަސްމީ ލިޔެކިޔުންތަކުން ފެންނަން އޮތް ކަމަށް މިނިސްޓްރީން ބުންޏެވެ. 

މީގެއިތުރުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވީ  ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ މިނިސްޓްރީން ގޮތް ކަނޑަނާޅައި އެފަދަ މައްސަލަތައް އެޓާނީ ޖެނެރަލް އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ހައުސިން މިނިސްޓްރީން މީގެ ފަހުން މިފަދަ މައްސަލަތަކުގައި ދެން އަމަލުކުރާނީ އޮފީސް ފޯ ސިވިލް ރައިޓްސް އިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް މުއްތަލިބު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox